ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުމުންދޫ ބަނދަރު ސަރަޙައްދުންނާއި ރަށުގެ ޚާއްޞަ ސަރަހައްދު ތަކުން ވަގުތީ ގޮތުން ގާޑިޔާ ހަދައިގެން ވިޔަފާރި ކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމާ ގުޅޭ

                                                   ނަންބަރު: (IUL)267/267/2020/11

އިއުލާން 

 

ކުމުންދޫ ބަނދަރު ސަރަޙައްދުންނާއި ރަށުގެ ޚާއްޞަ ސަރަހައްދު ތަކުން ވަގުތީ ގޮތުން ގާޑިޔާ ހަދައިގެން ވިޔަފާރި ކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމާ ގުޅޭ          

 

              މިކައުންސިލްގެ ނަންބަރު: (IUL)267/267/2020/8 ޢިއުލާނުގެ މަޢުލޫމާތުތަކެއް ބަދަލުވުމާގުޅިގެން އެ ޢިއުލާން ބާތިލްކުރުމަށްފަހު އަލުން ކުމުންދޫ ބަނދަރު ސަރަޙައްދުންނާއި ރަށުގެ ޚާއްޞަ ސަރަހައްދު ތަކުން ވަގުތީ ގޮތުން ގާޑިޔާ ހަދައިގެން ވިޔަފާރި ކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.                 

 

                          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްތަކުގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

05 މާރޗް 2020 ވާ ބުރާސްފަތި ދުވަހު 13:00 ގައި

17 މާރޗް 2020 ވާ އަންގާރަ ދުވަހު 13:00 ގައި

       

            މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. 

          މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.                   

                              01  ރަޖަބް     1441

                              25  ފެބުރުވަރީ   2020 

25 ފެބުރުވަރީ 2020
ހޯދާ