ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޕްރެންޓިސްޝިޕް

އެޕްރެންޓިސްޝިޕްގެ ފުރުޞަތު

މިކުންފުނީގެ މަސައްކަތްތަކާއި ގުޅޭ މިދަންނަވާ ދާއިރާތަކުން އެޕްރެންޓިސްޝިޕް ފުރިހަމަ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

  • އެޕްރެންޓިސް

ދާއިރާ:

  • އިންޖިނިއަރިންގ
  • ބިޒްނަސް

ފުރުޞަތުގެ ޢަދަދު:

  • 10 (ދިހައެއް)

އެޕްރެންސިސްޝިޕްގެ މުއްދަތު:

  • 05 (ފަހެއް) މަސް

އެލަވަންސް:

  • -/3,000ރ (ތިންހާސް ރުފިޔާ)

ފެންވަރު ނުވަތަ ޝަރުޠު:   

  • ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން. ނުވަތަ؛
  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން މަދުވެގެން 3 (ތިނެއް) މާއްދާއިން ދައްވެގެން "ސީީ" ފާސް ލިބިފައިވުން.
  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސި މާއްދާއިން ދައްވެގެން "ސީީ" ފާސް ލިބިފައިވުން. ނުވަތަ؛
  • TOEFL  އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

         މިއެޕްރެންޓިސްޝިޕް ފުރުސަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްރެންޓިސްޝިޕަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ވަނަވަރާއި، އެޓެސްޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީ.ކާޑުގެ ކޮޕީ އެޕްރެންޓިސްޝިޕަށް އެދޭ ފޯމާއިއެކު މިކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ[email protected]  އަށް 05 މާރިޗު 2020 ގެ 14:30 ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

30 ޖުމާދަލްއާޚިރާ 1441

24 ފެބުރުވަރީ 2020

25 ފެބުރުވަރީ 2020
ހޯދާ