މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
" ޤައުމީ ޒުވާނުންގެ ދުވަސް" 2020

                        އިޢުލާން

" ޤައުމީ ޒުވާނުންގެ ދުވަސް" 2020

  މި އަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުއެވެ. މިނިސްޓްރީގެ ފަރާތުން މި ދުވަސް މިއަހަރު ފާހަގަ ކުރުމަށް ބޭނުންވަނީ ޒުވާނުންގެ ޢީދެއްގެ ގޮތުގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ ޒުވާނުން ބައިވެރިކުރުމަކީ މި ދުވަސް ފާހަގަ ކުރުމުގެ އެއް މަގުސަދެވެ. އެހެން ކަމުން މިފަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ގަސްތުކޮށްފައިވަނީ އަތޮޅުތެރޭގައެވެ.

 

   ވީމާ މި ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް 10 މާރިޗު  2020 އަންގާރަ ދުވަހު  11:00 އަށް މާފަންނު އިޖްތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ) ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ރަށެއްގައި މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކާއި ،ރަސްމީ ޖަލްސާ ބޭއްވިގެން ދާނެއެވެ. ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މާފަންނު އިޖްތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ) ގެ ކައުންޓަރ އަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚަކީ 30 އޭޕްރިލް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ކުރިންނެވެ.  

  ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 ފެބުރުވަރީ 2020
ހޯދާ