ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޮލަންޓިއަރުން ހޯދުން

 

މަސައްކަތުގެ ޢަމަލީ ތަޖްރިބާ ހޯދުމުގެ ގޮތުން ، މިހޮސްޕިޓަލްގެ ތިރީގައި ދެންނެވިފައިވާ ދާއިރާތަކުގައި 

ވޮލަންޓިއަރކޮށް މަސައްކަތްކޮށް އެ ދާއިރާތަކުން ޢަމަލީ ތަޖުރިބާ އާއި ތަމްރީން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 

އެފުރުޞަތު ހުޅުވާލަމެވެ. މި ކަމަށްބޭނުންވަނީ މަސައްކަތަށް ޝަވްޤުވެރިކަން ހުރި ޤާބިލް ފަރާތްތަކެވެ. 

  • ރިސެޕްޝަން
  • އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް ހެލްތް ޔުނިޓް
  • ފިޒިއޮތެރަޕީ

ވޮލަންޓިއަރުން ނެގުމަށް ހަމަޖެހިފައިވާ ދާއިރާތައް

ޅ. އަތޮޅު ހޮސްޕިޓަލް        

މަސައްކަތް ކުރަންޖެހޭ ތަން:

-          ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް " ނުވަތަ " ހަޔަރ ސެކަންޑަރީ ސްކޫލް " ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.

ޝަރުތުތައް:

1- ވޮލަންޓިއަރކޮށް މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާސިޓީ އާއި ތަޢްލީމީ ސެޓްފިކެޓްތައް

2- ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް އެނގޭ ފަދަ ކޮޕީއެއް.

4- މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

5- މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ:

ހުށަހަޅަންޖެހޭ ލިޔުންތައް:

-  ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

-  ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

-  ވޮލަންޓިއަރުން ހޮވުމުގައި ޢަމަލްކުރެވޭނީ މެރިޓް އުޞޫލުންނެވެ.                            

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 މާރޗް 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ސިޓީއާއި ލިޔުންތައް އީ މެއިލް ([email protected] ) އަދި ފެކްސް ( 6620247 ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އެދެންވީ ގޮތާއި ސުންގަޑި:

ވޮލަންޓިއަރުން ހޮވުމަށް ބޭއްވޭ އިންޓަރވިއު  އޮންނާނީ 10 މާރޗް 2020 އިން 20 މާރޗް 2020 އާއި ދެމެދު ޅ. އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވޮލަންޓިއަރުންނަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ޢާއްމުކޮށް ފެންނާނެހެން ޅ. އަތޮޅު ހޮސްޕިޓަލް ގަޔާއި އަދި ހޮސްޕިޓަލްގެ ވެބްސައިޓް ނުވަތަ ފޭސްބުކް ޕޭޖްގައި ޢާންމުކުރެވޭނެއެވެ. ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޅ. އަތޮޅު ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620151  ނަމްބަރ ފޯނާއެވެ. ފެކްސްކުރާނެ ނަމްބަރަކީ 6620247، އީ މެއިލް ކުރާނީ  [email protected]  އަށެވެ.

އިތުރު މަޢްލޫމާތު ހޯދުން:

 

30 ޖުމާދަލް އާޚިރާ 1441

24  ފެބްރުއަރީ   2020

           

 

 

 

24 ފެބުރުވަރީ 2020
ހޯދާ