ފީވަކު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު މަޤާމަށް މީހެއް ބޭނުންވެއްޖެ

ފީވަކުސްކޫލް                                          

ފީވައް،                                           

ދިވެހިރާއްޖެ                                               ނަންބަރު:GS-108/IUL/2020/01  

 

ވަޒީފާގެ ފުރުޞަތު

 

 

 

 

މަޤާމް:                    މަސައްކަތު

ބޭނުންވާ ޢަދަދު:              01 (އެކެއް)

މާޤާމުގެ ގިންތި:              ވަގުތީ

މަޤާމުގެ ރޭންކް:              އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:        ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:        ފީވަކު ސްކޫލް / ށ. ފީވައް

މުސާރަ:                   3,100.00ރ. (މީލާދީ މަހަކަށް)

ސަރވިސް އެލެވަންސް:          1,000.00ރ. (މީލާދީ މަހަކަށް)

އެހެނހިހެން އެލެވަންސް:         1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދްމަތް

                            2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

                            3-- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

                            4- ސަޕޯޓިންގ ކޯ އެލެވަންސް 2 - 1200.00ރ. (މީލާދީ މަހަކަށް)

މަޤާމުގެ މައިގަނޑު

މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:      1  ސްކޫލުގެ ފާޚާނާތައް ދުވާލަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން

2 ކްލާސްރޫމްތައް ދުވާލަކު އެއްފަހަރު ކުނިކަހާ ހިރަފުސް ފޮޅާ ސާފުކޮށް ބެލެހެއްޓުން

3 ކޮންމެ މަހަކު ދެފަހަރު ޢިމާރާތްތަކުގައި ހުރި ފެންލައިޓްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން

4 ސްޕަވައިޒަރުގެ ލަފާގެ މަތިން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ބެހޭ ވަޞީލަތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން

5 ކޮންމެ މަހަކު އެއްފަހަރު ފަންކާތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން

6 ދަރިވަރުންނަށް ރައްކާތެރި އަދި ސާފު މާހައުލެއް ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން އިދާރާއިން އަންގާ ގޮތެއްގެ މަތީން ކުރުމާއި އަދި ސްކޫލާއި ގުޅުންހުރި އެހެނިހެން ކަންކަން އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރަމުން ގެންދިއުން

7 ސްކޫލުގެ ގޯތި ތެރެއާއި ގޯތިން ބޭރު ސްކޫލު ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

8 ލައިބްރަރީ އެސިސްޓެންޓުގެ ލަފާގެ މަތިން ލައިބްރަރީގެ ފޮތްތަކާއި ހަރު ފަދަ ތަކެތި ފޮޅާ ސާފުކޮށް ބެލެހެއްޓުން

9 އޮފީސް ތެރެއާއި ކޮމްޕިއުޓަރ ލެބް ފޮޅާ ސާފުކޮށް ބެލެހެއްޓުން

10 ގަސް އިންދާފައިވާ ބެޑްތަކުގައި ހުންނަ ކުނިތައް ނަގާ ސާފުކޮށް ބެލެހެއްޓުން

11 އޮފީސްތެރެއާއި ، ސްޓާފް ރޫމް ، ކްލާސްރޫމްތަކާއި އަދި އެހެނިހެން ރޫމްތަކުގައި ހުންނަ ގޮނޑި ، މޭޒު ، ޑެސްކު ފަދަ ތަކެތި ފޮޅާ ސާފުކޮށް ބެލެހެއްޓުން

12 ކްލާސް ރޫމްތަކުގައި ބާއްވާ ބައްދަލުވުން ތަކަށް ،އެބައްދަލުވުން ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ ތަންތަން ތައްޔާރު ކުރުން އަދި ނިމުމުން ކުލާސްރޫމްތައް ތަރުތީބުކުރުން

13 ކުރިޔަށް އޮންނަ ދުވަހުގެ ކިޔެވުމުގެ ސެޝަން ފެށުމުގެ ކުރިން އެސެމްބްލީ ބާއްވާ ސަރަހައްދު ކުނިކަހާ ސާފުކުރުން

14 ޙަވާލުވެފައިވާ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން

15 ސްކޫލުގެ މަސައްކަތް ތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތުތައް:            1- ލިޔަންކިޔަން އެންގުން

ހުށަހަޅަންޖެހޭ ލިޔުންތައް:         1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމާ، އެ ސެޓުފިކެޓުގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ އަދަދު  ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:      

ދާއިރާ

ބެލޭނެ ބައިތައް

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް އަދި މަސައްކަތު ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން

އިމްތިޙާން

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާ

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

 

މަޤާމަށް  އެދެންވީގޮތާއި ސުންގަޑި:   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 މާރިޗް 04 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ފީވަކުސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި،

މުއްދަތު:                    މިމަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ، 2020 މާރިޗް 04 ވާ ބުދަ ދުވަހުގެ ރޭ 08:30ގައި މި ސްކޫލް އޭވީ ރޫމްގައެވެ.

ޝޯޓް ލިސްޓްކުރުން:            މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540543 އަށެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

                        30 ޖުމާދަލްއާޙިރާ 1441ހ.

                        24 ފެބްރުވަރީ  2020މ.

24 ފެބުރުވަރީ 2020
ހޯދާ