ވައިކަރަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

މަޤާމް: އެޓެންޑެންޓް
މަޤާމުގެ ނަންބަރު: J-255359
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް. 2
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
ވަޒީފާ އަދާކުރަން ޖެހޭ ތަން: ވައިކަރަދޫ ޞިއްޙީ މަރުކަޒު، ހދ. ވައިކަރަދޫ
މުސާރަ: -/3470 ރުފިޔާ 
ސަރވިސް އެލެވަންސް: -/1000 ރުފިޔާ 
އެހެނިހެން އެލަވަންސް: 1. ސަޕޯޓިންގ ކޯ އެލަވަންސް 1  ގޮތުގައި މަހަކު -/1200ރ
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1. ވޯޑް، ލެބޯޓްރީ، ކޮންސަލްޓޭޝަން ރޫމް، ރިސެޕްޝަން، ޑެލިވަރީ ރޫމް އަދި ކެޝުއަލްޓީ ރޫމް ކޮންމެ ދުވަހަކު ކުނިކަހާ މޮޕްލުމާއި ކުޑަދޮރުތައް، މޭޒުތަކާއި ގޮނޑިތައް ފޮޅާ ސާފުކުރުން
2. ވޯޑް، ވެއިޓިންގ އޭރިއާ އަދި ޑެލިވަރީ ރޫމްގެ ފާހާނާތައް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި ޑަސްބިންތައް ހުސްކުރުން 
3. ބަލި މީހުންނަށް ނާރސިންގ ކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާ މަސައްކަތްތައްކުރުން
4. ވޯޑު، ޑެލިވަރީ ރޫމް އަދި ކެޝުއަލްޓީ ފަދަ ތަންތަނުގައި ނާސިންގ ކެއަރ ދެވޭ ބަލި މީހުންގެ ކަންތައްތަކުގައި ނަރުހުންނަށް އެހީތެރިވުން
5. ވޯޑް، ލެބޯޓްރީ، ކޮންސަލްޓޭޝަން ރޫމް، ރިސެޕްޝަން، ޑެލިވަރީ ރޫމް ކެޝުއަލްޓީ ރޫމްގެ ޑަސްބިންތައް ހުސްކޮށް ކޮތަޅު ލެއްވުމާއި ނައްތާލަންޖެހޭ ކުނި ހަމަޖެހިފައިވާ އުސޫލްގެ ދަށުން ނައްތާލުން
6. ލެބޯޓްރީގައި ބޭނުންކުރާ ޓެސްޓް ޓިއުބް، ސްލައިޑް އަދި ޓިޕް ފަދަ ތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން
7. ވޯޑު، ޑެލިވަރީ ރޫމް، ކެޝުއަލްޓީ އަދި ކޮންސަލްޓޭޝަން ރޫމްގެ އެނދުތަކުގެ ބެޑްޝީޓް ބަދަލުކުރުމާއި އެނދުތައް ޑިސްއިންފެކްޓްކުރުން
8. ވޯޑް ،ލެބޯޓްރީގައި ބޭނުންކުރާ ކަފަ އަދި ގޯޒްހެދުމާއި އޮޓޯކްލޭވް ކުރުން
9. ވޯޑް، ލެބޯޓްރީ، ކޮންސަލްޓޭޝަން ރޫމް، ރިސެޕްޝަން، ޑެލިވަރީ ރޫމް ކެޝުއަލްޓީގެ ތެރޭގައި ހުންނަ ފަރުނީޗަރ، މެޝިނަރީތައް ކޮންމެ ދުވަހަކު ފޮޅާ ސާފުކުރުން
10. ބަލިމީހުންނަށް ބޭނުންކުރާ އިކްއިޕްމެންޓްސް ފަދަ ތަކެތި ދޮވެސާފުކުރުމާއި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރަލައިޒްކުރުން
11. މަރުކަޒުގެ ވޯޑްގައި ބެހެއްޓިފައިވަ ފެންކޫލަރުން ފެންހުސްވިޔަނުދީ ބެލެހެއްޓުން
12. ވަޒީފާގެ ގޮތުން މުވައްޒަފަށް އެންގޭ އޮފީހުގެ އެތެރޭގެ ސިއްރުތަކާއި ބަލިމީހުންގެ ތަފާތު ކަންކަން އާންމުންނަށް ހާމަނުކުރުން
13. މުވައްޒަފަކު ޗުއްޓީ ނެގުމުންނާއި ސަލާމް ބުނާ ދުވަސްތަކުގައި އެމުވައްޒަފެއްގެ މަސައްކަތްތައްކުރުން
14. ޙާއްސަ ދުވަސްތައް ފާހަގަކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން
15. މަރުކަޒުގެ އިސްވެރިން އަންގަވާ ކަންތައްތަކުގައި އެހީތެރިވުމާއި އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި އެހީތެރިވުން
މަޤާމުގެ ޝަރުޠުތައް: ލިޔަންކިޔަން އެނގުން. 
ވަޒީފާއާ ގުޅޭ ދާއިރާތައް: ފޮޅާ ސާފުކުރުން
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ 
(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: 
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން
(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 
2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 
3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 މާރިޗު 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ހދ.ވައިކަރަދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2020 މާރިޗު މަހު ހދ. ވައިކަރަދޫ ޞިއްޙީމަރުކަޒުގައެވެ. 
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކޮށް ފެންނާނޭހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކށް  ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520540 ނަންބަރު ފޯނަށެވެ.  އީ-މެއިލް ކުރާނީ [email protected] އަށެވެ. 

                   23 ފެބްރުއަރީ 2020

23 ފެބުރުވަރީ 2020
ހޯދާ