ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

ފެކަލްޓީ އޮފް އާޓްސް

ފަޅުމަތީމަގު، މައްޗަންގޮޅި

މާލެ، ދިވެހިރާއްޖެ     

ފޯން:3345177(960)

ފެކްސް:3306075(960)

mnu.edu.mv. www

                                                                          ނަންބަރ: 153-FA/2020/07

އިޢުލާން

"ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން"

މި ފެކަލްޓީގެފަރާތުން ހިންގާ ބައެއް ކޯސްތަކުގެ ތިރީގައިމިވާ މާއްދާތައް ކިޔަވައި ދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ.

ކޯސް

މާއްދާ ކޯޑް

މާއްދާ

ކެމްޕަސް

 

އެޑްވާސް ސެޓްފިކެޓް އިން ލެންގުވިޖް ޔޫޒް

DHI017

ދިވެހި 1

ލ. ގަން

HIS001

މޯލްޑިވިއަން ހިސްޓްރީ އެންޑް ޖޯގުރަފީ

ލ. ގަން

 

ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާ ގަޑިތައް: ކިޔަވައިދެއްވަން ޖެހިވަޑައިގަންނަވާނީ ތިރީގައިވާ ގަޑިތަކުގެ ތެރެއިން ކޮންމެ ހަފުތާއަކުވެސް ކޮންމެވެސް 4 ގަޑިއެއްގައެވެ.

ދުވަސް

ވަގުތު

 

ބުރާސްފަތި

16:00 – 18:00

20:00 – 22:00

 

ހުކުރު

14:00 – 16:00

16:00 – 18:00

 

ހޮނިހިރު

08:00 – 10:00

10:00 – 12:00

12:00 – 14:00

 

 

ޝަރުޠު: ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 5ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:  50 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

              މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 01 މާރިޗް 2020 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން، މި ފެކަލްޓީގެ އިދާރާއަށް ނުވަތަ ލ. ގަން ކެމްޕަހަށް އެޕްލިކޭޝަން ފޮނުއްވުން އެދެމެވެ. އީމެއިލުން ފޮނުވާ އެޕްލިކޭޝަންވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

އެޕްލިކޭޝަނާއެކު ހުށައަޅުއްވަން ޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345177 ނުވަތަ 3345279 ނަންބަރާ ގުޅުއްވުން އެދެމެވެ.

30 ޖުމާދަލްއާޚިރާ 1441

23 ފެބުރުވަރީ 2020

23 ފެބުރުވަރީ 2020
ހޯދާ