ތ. ގުރައިދޫ ޞިއްޙީ މަރުކަޒު، ތ. ގުރައިދޫ
ދިވެހިރާއްޖެ
ތަރުޖަމާން

މަޤާމް :ތަރުޖަމާން
ބޭނުންވާ އަދަދު :1

މަޤާމް

ތަރުޖަމާނު

މަޤާމުގެ ނަންބަރު

J-253823

ބޭނުންވާ އަދަދު

01 ( އެކެއް )                           

މަޤާމުގެ ގިންތި

ދާއިމީ

މަގާމްގެ ރޭންކް

ޖީ އެސް 3

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ތ.ގުރައިދޫ ޞިއްޙީމަރުކަޒު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް

-/700 ރުފިޔާ

އެހެނިހެން އެލަވަންސް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • މަސައްކަތަށް ނިކުންނަ ކޮންމެދުވަހަކު ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

މަޤާމްގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

  1. ޞިއްޙީމަރުކަޒަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންނަށް އެއްވެސް ތަފާތު ކުރުމެއްނެތި ހިތްހެޔޮކަމާއި އިހްލާސްތެރިކަމާއި ލޯތްބާއި ހަމްދަރުދީއާއިއެކު ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުން
  2. ބަލިމީހާއަށް ކަމޭހިތައި އިހްތިރާމާއެކު ބަލިމީހާގެ ވާހަކަތައް ރަނގަޅަށް އަޑުއަހައި އެވާހަކަތައް ޑޮކްޓަރަށް ކިޔައިދީ ޑޮކްޓަރުގެ ވާހަކަތައް ބަލިމީހާއަށް ރަނގަޅަށް އޮޅުންފިލުވައި ދިނުމާއެކު މަގުދައްކައި ދިނުން
  3. ޑޮކްޓަރުން ބަލިމީހުން ބަލާގަޑީގައި ،ރައުންޑް  ގަޑީގައި ބަލިމީހާގެ ބައްޔާއި ބެހޭގޮތުން އެއްކުރެވޭ ހުރިހާ މަޢުލޫމާތެއް ބަލިމީހާ އަދި އެހީތެރިޔާނޫން ފަރާތްތަކަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ފިޔަވައި އެހެން މަޢުލޫމާތުތައް އިޚްލާސްތެރިކަމާއެކު ސިއްރުކުރުން
  4. ބައެއް ފަހަރު ދިމާވާ ކަންކަމުގައި ބަލިމީހާގެ ޙާލަތު ބަލިމީހާއަށާއި އެހީތެރިންނަށް އަންގައިދޭއިރު އެފަރާތަކަށް ނަފްސާނީ ގޮތުން ކުއްލިއަކަށް ދިމާވެދާނެ ކަމަކުން ރައްކާތެރިވުމުގެ ގޮތުން އެވަގުތަކު ސިއްރުކުރަންޖެހޭ ކަންތައްތައް ސިއްރުކުރުން
  5. ދިމާވާ ބައެއް ޙާލަތްތަކުގައި މަރުކަޒަށް ޒިޔާރަތް ކުރައްވާ ބަލިމީހުން ރަޖިސްޓްކޮށް ،ބޭސްސިޓީ ހައްދައި ނަންބަރު ދޫކުރުން
  6. ކޮންސަލްޓޭޝަން ރޫމްގައި ބޭނުންކުރާ ކޮންސިއުމަބަލްސް ހޯދުމާއި ،އިންސްޓްރޫމަންޓްސް ހަމަކުރުމާއި އެގްޒަމިނޭޝަން ކިޓްތައް ހަމަކޮށް ކޮންސަލްޓޭޝަން ރޫމްގެ ސާފްތާހިރުކަމާއި ތަރުތީބް ފުރިހަމަކޮށް ބެލެހެއްޓުން
  7. ޑެއިލީ ރިޕޯރޓްއާއި މޯބިޑިޓީ ރިޕޯރޓްއާއި ބެހޭ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމާއި މެޑިކޯލީގަލް ކޭސްތަކުގައި ރެކޯޑް ބެލެހެއްޓުމާއި ރިޕޯރޓް ތައްޔާރުކޮށް ބެލެހެއްޓުން
  8. ޚިދުމަތް ލިބިގަންނަ މީހުންނަށް ދޭންޖެހޭ އިޙްތިރާމްއާއި ގަދަރުކުރުމާއި އަދި ސިއްރު ހިފެހެއްޓޭނެ ގޮތަށް ޚިދުމަތްތައް ބައްޓަން ކުރުން
  9. ޞިއްޙީމަރުކަޒަށް އެކި ބޭނުންތަކުގައި އަންނަ މީހުންނަށް ހިތްހެޔޮކަމާއި އެކު މުޢާމަލާތް ކުރުމާއި އަދި އެމީހަކު އައި ބޭނުމެއް ކުރެވޭނެ މަގުތަނަވަސްކޮށް ދިނުމުގައި އެހީތެރިވުން
  10. ޙާއްސަ ކުލިނިކު ތަކުގައި ޑޮކްޓަރ އަދި ރެޖިސްޓަރޑް ނަރުހުންނަށް އެހީތެރިވުން
  11. އޮންކޯލަށް ގޮވާލެވިއްޖެ ކޮންމެ ވަގުތެއްގައި ހާޞިރުވެ އެމަސައްކަތެއް ކުރުން

މަޤާމްގެ ޝަރުތުތައް

 ސާނަވީ  ނުވަތަ އެއާ  އެއްފެންވަރުގެ އިމްތިޙާނަކުން 2  މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު  އޭގެ އިތުރުން "ސެކެންޑަރީ  ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން((www.csc.gov.mvއަދި މިމަރުކަޒުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން .
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)މަތީ ތަޢުލީމުދޭ ،ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ،  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ .

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ،އެސެޓްފިކެޓްގެ ކޮޕީ .
  3. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ .

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ،ދައުލަތުގެ މުއައްސަސާއެއްގައި ،ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ،އަދާކޮށްފައިވާ ވަޒީފާ ،އަދި ވަޒީފާގެ މުއްދަތާއި ،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން .

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދާކުރި މުއްދަތާއި ،ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން،ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،އަދި ވަޒީފާގެ މުއްދަތާއި ،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ ފޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.  ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް  އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 މާރޗް 2020 ވާ އަންގާރަ ދުވަހުގެ  13:30ގެ ކުރިން  ތ.ގުރައިދޫ ޞިއްޙީމަރުކަޒަށެވެ.ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް ([email protected]) ކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ އެބައިވެސް ހިމެނުން) އޮންނާނެ ތަނާއި ،މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،  2020 މާރޗް 04 ން 11 އާ ދެމެދު، ތ. ގުރައިދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު  ގޮތުގެ ޝީޓް  (  A2 ފޯރމް) އާންމުކުރުން  

އިންޓަރވިއު ބާއްވާތާ ބަންދުނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާ އަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2  ފޯރމް) " އާންމުންނަށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާ އަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780078 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

23 ފެބުރުވަރީ 2020
ހޯދާ