ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ/ އެސޯސިއޭޓް ލެކްޗަރަރ (ކޮންޓްރެކްޓް)

މަޤާމް :ލެކްޗަރަރ/ އެސޯސިއޭޓް ލެކްޗަރަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ނަންބަރު:   MNU-HR/2020/61 

ތާރީޙް: 23 ފެބުރުވަރީ 2020

މަޤާމު:

ލެކްޗަރަރ (ހާފް ޓައިމް)

ބޭނުންވާ އަދަދު:

2

ދާއިރާ

ދިވެހި ލެންގުއޭޖް

އޮފީސް:

ފެކަލްޓީ އޮފް އެޑިއުކޭޝަން (ކ.މާލެ)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 06 މަސް ދުވަހުގެ ނިޔަލަށް)

ސްޕައިން ޕޮއިންޓް:

40

ގްރޭޑް:

7

މުސާރަ:

މަހަކު 8,458.33 ރ

ސަރވިސް އެލަވަންސް:

މަހަކު 3,625.00 ރ

މަސައްކަތު ގަޑި:

ހަފަތާއަކު 20 ގަޑިއިރު

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ސަނަދާއި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން އަދި މި ދެ ސަނަދުގެ ޖުމްލަ ކިޔެވުން މަދުވެގެން 04 އަހަރުގެ ފުލްޓައިމް އިކްއިވަލަންޓް ކްރެޑިޓް (ރާއްޖޭގެ އެމް.އެން.ކިޔު.އެފފް މިންގަނޑުން 480 ކްރެޑިޓްސް) ހާސިލްކޮށްފައިވުން.

ލެކްޗަރަރގެ (ސްޕައިން ޕޮއިންޓް 04) މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރ (ސްޕައިން ޕޮއިންޓް 37)ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ (ހާފް ޓައިމް)

ބޭނުންވާ އަދަދު:

2

ދާއިރާ

ދިވެހި ލެންގުއޭޖް

އޮފީސް

ފެކަލްޓީ އޮފް އެޑިއުކޭޝަން (ކ.މާލެ)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 06 މަސް ދުވަހުގެ ނިޔަލަށް)

ސްޕައިން ޕޮއިންޓް:

37

ގްރޭޑް:

6

މުސާރަ:

މަހަކު 7,582/93 ރ

ސަރވިސް އެލަވަންސް:

މަހަކު 3,249/83 ރ

މަސައްކަތު ގަޑި:

ހަފަތާއަކު 20 ގަޑިއިރު

އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަގާމްގެ ޝަރުތު:

އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދެއް ގުޅޭ ދާއިރާއިން ޙާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން.
  • ޙަވާލުކުރެވޭ މާއްދާ ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ތާރީޚްތަކުގައި ކެމްޕަސްތަކަށާއި އޯ.އާރ.ސީ ތަކަށް ދަތުރުކުރުން.
  • ކިޔަވައިދޭ ފިލާވަޅުތައް ފެކަލްޓީއިން ހަމަޖައްސާފައިވާ ފޯމެޓަށް ތައްޔާރުކުރުން.
  • ކިޔަވާދޭން ބޭނުންވާ މެޓީރިއަލްތައް ތައްޔާރުކުރުމަށް ދިވެހިން ތަރުޖަމާ ކުރަން ޖެހިއްޖެ ހާލަތެއްގައި ތަރުޖަމާ ކުރުން.
  • މާއްދާ ކޯޑިނޭޓްކުރުން.
  • މާއްދާތަކުގެ އިމްތިޙާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އެގްޒޭމް ޕޯޓަލް އަށް އަޕްލޯޑުކުރުން.
  • އިމްތިޙާނަށްފަހު ޙަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އެގްޒޭމް ކޯޑިނޭޓަރާ ޙަވާލުކުރުން.
  • ދަރިވަރުންގެ ޓީޗިންގ ޕްރެކްޓިސް އޮބްޒާރވް ކުރުމާއި އެސެސްކުރުން، މެންޓަރކުރުން އަދި މިކަމާގުޅޭ އެހެނިހެން ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ލެކްޗަރތަކާއި، ޓިއުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި އަދި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވާ ހިންގުން.
  • މާއްދާ ކޯޑިނޭޓްކުރުމުގެ ޒިންމާ ޙަވާލުކުރެވިއްޖެނަމަ އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވާ ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި އަދި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނެ ގޮތް ހަމަޖެއްސުން.
  • ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކުގައި ހަފްތާއަކު 20 ގަޑިއިރު ހޭދަކުރުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކާއި މާއްދާތަކުގެ ޕެނަލްތައް ފަދަ އެކިއެކި ބައްދަލުވުންތަކާއި އެފަދަ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
  • ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްކުރުން.
  • ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އަދި "ކޯޑް އޮފް ކޮންޑަކްޓް" އާއި އެއްގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2020 ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-1.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345405 ނަމްބަރު ފޯނަށެވެ.
23 ފެބުރުވަރީ 2020
ހޯދާ