ކުމުންދޫ ސްކޫލް
ދިވެހިރާއްޖެ
ކުމުންދޫ ސްކޫލްގެ ދަރިވަރުންގެ ފާޚާނާ ސީލިންގ ކުރުމާއި ކަރަންޓް ވައިރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

 

ކުމުންދޫ ސްކޫލްގެ ދަރިވަރުންގެ ފާޚާނާ ސީލިންގ ކުރުމާއި ކަރަންޓް ވައިރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

1. ކުމުންދޫ ސްކޫލްގެ ދަރިވަރުންގެ ފާޚާނާ ސީލިންގ ކުރުމާއި ކަރަންޓް ވައިރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS96/2019/474 (04 ޑިސެމްބަރު 2019) 2 ވަނަ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށައެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

2. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ފެބުރުއަރީ 23 އިން 2020 މާރިޗު 02 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

4. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރިޗު 02  ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 މާރިޗު 03 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

 

6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2020 މާރިޗު 09 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ކުމުންދޫ ސްކޫލް

ހދ. ކުމުންދޫ، ދިވެހިރާއްޖެ

ފޯން: 6520531

 އީ-މެއިލް:[email protected]  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

26 ޖުމާދަލްއާޚިރާ 1441

20 ފެބުރުވަރީ 2020
ހޯދާ