ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު އިމާމުން ނުވަތަ މުދިމުން، އަދި މަސައްކަތު މީހުން ވަގުތީ ގޮތުން ގެންގުޅެންޖެހޭ ޙާލަތް ތަކުގައި ވޭޖުގެ އުޞޫލުން މަސައްކަތް ކުރުމަށް އެކުލަވާލާ ޕޫލުގައި ރަޖިސްޓްރީ ވުމަށް އެދޭ މީހުން ހޯދުން

 

މަގާމު:

އިމާމު ނުވަތަ މުދިމު (ވަގުތީ) ވޭޖު

 

 

ބޭނުންވާ ޢަދަދު:

05

 

 

ބޭނުންވާ އޮފީސް:

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ

 

 

މަސައްކަތްކުރާ ދުވަސްތަކަށް އުޖޫރަދެވޭގޮތް:

1.       މުދިމުގެ މަގާމުގެ ޝަރުތު ހަމަވާ (ޤްރުއާން ރީއްޗަށް ކިޔަވަން އެނގުން، ބަންގިގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން) 

ކޮންމެ ނަމާދު ވަގުތަކަށް 53.00 ރުފިޔާ

2.       އިމާމުގެ ޝަރުތު ހަމަވާ ފަރާތް ތަކަށް 

ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިފާ

 

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޮޅަދޫ މަސްޖިދުއްނޫރު / ނުވަތަ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި.

 

 

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  • ކައުންސިލްގެ އިދާރާއިން ހަމަޖައްސާމިސްކިތެއްގައި ކޮންމެ ނަމާދެއްގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައްބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއިއެކު، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދު ކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް ކައުންސިލްގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯ ބެލުން.
  • ކައުންސިލްގެ އިދާރާއިން އަންގައިފި ހިނދެއްގައި،ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިންކަށުނަމާދުކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.
  • މިސްކިތްތަކުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ،އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަންނިމެންދެން މިސްކިތުގައި މަޑުކުރުން.
  • މިސްކިތުގެ މަސައްކަތު މީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިންރާވާ އުސޫލެއްގެމަތިން ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރުވުމާއި،އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

 

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

 

 

މުދިމު

ޖީ.އެސް 1

އެސިސްޓެންޓް

އޮފިސަރގްރޭޑް 1

·      އިމާމުވެ ނަމާދުކުރަން އެނގޭމީހެއްތޯ ބެލުމާއި،އަދި އިމާމްވެ ނަމާދު ކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤްރުއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި،މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިހާނުން ފާސްވެފައިވުން،ނުވަތަ

·      ހުކުރު ކުރުމުގެ ހުއްދަލިބިފައިވުން

·      (މަތީގައިވާ މަޤާމަށް ޝަރުޠުތައް ފުރިހަމަނުވާފަރާތްތަކުންވެސް މި މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ.ނަމަވެސް މި މަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުޠު ހަމަވާފަރާތްތަކުން ކުރިމަތިލާފައި ނުވާނަމައެވެ.)

 

 

އިމާމު

ޖީއެސް 3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

·        މުދިމުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ

·        ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

މަގާމު:

މަސައްކަތު ވޭޖު (ވަގުތީ)

ބޭނުންވާ ޢަދަދު:

05

ރޭންކް

އެސް.އެސް 1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަސައްކަތްކުރާ ދުވަސްތަކަށް އުޖޫރަދެވޭގޮތް:

މަސައްކަތްކުރާ ގަޑިއަކަށް: 45:00 ރުފިޔާ (ދުވާލަކު 5 ގަޑިއިރު)                                                  

ބޭނުންވާ އޮފީސް:

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޮޅަދޫ މަސްޖިދުއްނޫރު / ނުވަތަ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި.

 

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 

 

 

 

 

 

                            

ކޮންމެ ނަމާދެއްގެ ކުރިން ކުރިން ނަމާދުކުރުމަށް މިސްކިތް ސާފުކޮށް ތައްޔާރުކުރުމާއި ނަމާދުކޮށް ނިމުމުން މިސްކިތް ސާފުކުރުމާއި އަދި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ފާޚާނާ ތަކާއި އިސްކުރުބަރި ދޮވެ ސާފުކުރުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނިއުކާލުމާއި، މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ދޮރުތަކުގެ ބިއްލޫރިތަކާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅައި ސާފުކުރުން. އަދި ހޮޅިބުރިތަކާއި ފަންކާތައް މިސްކިތުގެ އިމާމު ނުވަތަ މުދިމު ހަމަޖައްސާ އުޞޫލެއްގެ މަތިން ދިއްލުމާއި ނިއްވުން. އަދި މިސްކިތުގެ ފުރާޅާއި، މުންނާރާއި، ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން މީގެ އިތުރުން ރަސްމީ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް އިމާމު ނުވަތަ މުދިމު އަންގާ ގޮތެއްގެ މަތިން ކުރުން

 

 

މަސައްކަތް ޙަވާލު ކުރުމަށް ހަމަޖެހިފައިވާ އުޞޫލު:

މި މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ޝަރުތު ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން އިމާމު ނުވަތަ މުދިމު މަޤާމަށް ކުރިމަތިލާ އެންމެ ޤާބިލް  5 ފަރާތް،އަދި މަސައްކަތު މަޤާމަށް ކުރިމަތިލާ އެންމެ ޤާބިލް  5 ފަރާތް، ވޭޖުގެ އުޞޫލުން މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕޫލުގައި ރަޖިސްޓްރީކޮށް އެއްބަސްވުމުގެ ދަށުން މިސްކިތުގެ ދާއިމީ މުވައްޒަފަކު ސަލާމް ބުނުމުންނާއި، އަހަރީ ޗުއްޓީ ނެގުމުންނާއި، ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން ނުވަތަ ޙާޟިރު ނުވާ ދުވަސްތަކުގައި، ވަގުތީ ގޮތުން މިސްކިތުގެ މުދިމު ނުވަތަ އިމާމު އަދި މަސައްކަތު މަޤާމުގެ މަސައްކަތް، ކަނޑައެޅޭ ތަރުތީބެއްގެ ދަށުން ކައުންސިލުން ޙަވާލުކުރާ ދުވަސްތަކުގައި މަސައްކަތް ކުރާގޮތަށެވެ.

 

 

ވޭޖު އެންޕްލޯއިމަންޓް އުޞޫލުން މަސައްކަތް ކޮށް ދިނުމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމްމި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައްކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސް ވުމެއްއޮތްމުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލްކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ:

(ށ) މަތީތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ:

7. މަސައްކަތުގެ ތަޖްރިބާގެ ލިޔުން ތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ދައުލަތުގެމުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤަޢުމީނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައިވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރިމުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެމުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައިގެން

·         މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް ކަށަވަރު ކުރުމަށް ކުރެވޭ އިންޓަރވިއުއަށް ބަލައިގެން

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 މާރިޗު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާއަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިއިދާރާގެ އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއްކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމުބަލައިގަނެވޭނެއެވެ. 

 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޯދުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2020 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާގައި.  (އިންޓަވިއު އޮންނާނީ ކުރިމަތިލާ މީހުންގެ ތެރއިން މި މަޤާމަށް ޝަރުޠު ހމަވާ މީހުން ގެ ޢަދަދު ބޭނުންވާ ޢަދަދަށްވުރެ އިތުރުވާނަމައެވެ.އަދި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކަށް އިންޓަރވިއު އޮންނަ ތާރީޚާއި ގަޑި އެންގޭނެ)

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑިގައި މިއިދާރާގެ ނަންބަރު: 6500031 ފޯނާއި ގުޅުއްވުން އެދެމެވެ.

 

 

 

19 ފެބުރުވަރީ 2020
ހޯދާ