ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ މަޤާމަށް މުއައްޒަފަކު ހޯދުމަށް

ވަޒީފާގެ ފުރުޞަތު

 

 

މަޤާމު

ޕްރިންޓަރ

މަޤާމުގެ ނަންބަރ


J-230909

ބޭނުންވާ އަދަދު

01 

މަޤާމުގެ ގިންތި

ދާއިމީ  

މަޤާމުގެ ރޭންކް

އެސް. އެސް. 3  

މަޤާމުގެ ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 3   

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ތާޖުއްދީން  ސްކޫލް  / ކ. މާލެ

މުސާރަ

3875.00 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް

  1.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3.  ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޟޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯރޓިންގ ކޯ އެލަވަންސް (މަހަކު -/1200ރުފިޔާ)

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް  

  • ޗާޕްކުރުމަށް އަދި ފޮޓޯކޮޕީ ނެގުމަށް ޙަވާލުކުރެވޭ ލިޔެކިއުންތައް ޕްރިންޓް ކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން
  • ޓެސްޓްޕޭޕަރުފަދަ މުހިންމު ލިޔެކިއުންތައް ޗާޕްކުރުމުގައި ސަމާލުކަންދިނުން. އަދި ސީނިއަރ މެނޭޖްމެންޓުން އަންގާގޮތެއްގެ މަތިން އެމަސައްކަތްކުރުން.
  • ޗާޕުކުރުމާ ފޮޓޯކޮޕީ ނެގުމަށް ބޭނުންކުރާ މެޝިންތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެޑްމިނިސްޓްރޭޓަރ ގެ ލަފާގެ މަތިން ކުރުން
  • ޗާޕް މެސިން އަދި ފޮޓޯކޮޕީ މެޝިނަށް ބޭނުންވާ ކާޑްރިޖް ފަދަ ތަކެތި ދުރާލާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ހަމަޖެހިފައިވާ އުޞޫލްތަކާއެއްގޮތަށް ކުރުން. އަދި މި ތަކެތީގެ ސްޓޮކް ބެލެހެއްޓުން
  • ޗާޕު ކުރުމާ ފޮޓޯކޮޕީ ނެގުމުގެ އިތުރުން ކިޔަވައިދިނުމާގުޅުންހުރި އިދާރީ މަސައްކަތްތައް ކުރުން.
  • އޮފީހުގެ އެއްވެސް މުއައްޒަފަކު ޗުއްޓީ އެއް ނެގުމުގެ ސަބަބުން މަސައްކަތެއް ޙަވާލުކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުން. 
  • ސްކޫލްގައި ފާހަގަކުރާ އެކި އެކި މުނާސަބަތު ތަކާ ދުވަސްތައް ފާހަގަކުރުމުގެ މަސައްކަތުގައި ބައިވެރިވެ މަސައްކަތްކުރުން. އަދި ސްކޫލްގެ ރަސްމީ މަސައްކަތުގެ ތެރެއިން މަސައްކަތެއް ޙަވާލުކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުން. 

މަޤާމުގެ ޝަރުތު

1.މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން

ނުވަތަ

ގްރޭޑް 7 ނިންމާފައިވުން. (މި ޝަރުތު ހަމަކުރުމުގައި ބަލާނީ ސްކޫލުން ދޫކޮށްފައިވާ ލީވިންގ ސެޓްފިކެޓް ނުވަތަ 7 ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލުން ދޫކޮށްފައިވާ ލިއުމަށް ރިޢާޔަތްކޮށެވެ.

 

 

ގުޅޭ ވަޒީފާގެ ދާއިރާ ތައް

-          ކްލެރިކަލް ސަޕޯޓް

 

 

 

 

 

ހުށަހަޅަންޖެހޭ  ލިއުންތައް

1-            ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިސްކޫލްގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.

2-             ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 -       ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  

          ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-       ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،

       އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުންދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވަނަމަ، އެސެޓްފިކެޓް ގެ ކޮޕީ

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 (ހ) ސިވިލްސަރވިސް  ގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ

ޤަޢުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމުއިއްޔާ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދަޢުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިއުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-  މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. (އިންޓަރވިއު ކޮށްގެން)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2 މާރޗް 2020 ވާ  ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތާޖުއްދީން  ސްކޫލަށެވެ. ވަޒީފާ އަށް އެދޭފޯމާއި ލިއުންތައް އީ މެއިލް hr@thaajuddeenschool.edu.mv   މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާފިނަމަ އެކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާ އަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

    މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު/އިމްތިހާނު އޮންނާނީ 3 މާރޗް 2020 އާއި  12 މާރޗް 2020 އާއި ދެމެދު ގެ ތާރީޚެއްގައި ތާޖުއްދީން  ސްކޫލްގައެވެ.

ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2) ޢާއްމުކުރުން.

    އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2ފޯމް)" ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ  A2  ފޯމް ޢާއްމު ކުރާދުވަހުންފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ: 3317318 ނަމްބަރު ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ،  hr@thaajuddeenschool.edu.mv  އެވެ 

ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި  އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލްތައް އަދި އެ އުޞޫލްތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނު ކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/dv/recruitment-usooluއިން ލިބެން ހުންނާނެއެވެ.

20 ފެބުރުވަރީ 2020
ހޯދާ