އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް ރިޕްރެޒެންޓޭޓިވް

ވަޒީފާގެ ފުރުޞަތު

މަޤާމް: ކަސްޓަމަރ ސަރވިސް ރިޕްރެޒެންޓޭޓިވް

މަޤާމުގެ ބާވަތް: ދާއިމީ

ބޭނުންވާ ޢަދަދު: 1

މަޤާމުގެ ޝަރުތު:

  1. މަޤާމާގުޅޭ ދާއިރާއަކުން ޑިޕްލޮމަރ ޙާޞިލުކޮށްފައިވުން،
  2. ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 03 (ތިނެއް) މާއްދާއިން ދަށްވެގެން (ސީ) ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 01 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
  3. ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން 04 (ހަތަރެއް) މާއްދާއިން ދަށްވެގެން (ސީ) ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 02 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލޯނު އެޕްލިކޭޝަންސްތައް ބަލައިގަނެ ކްރެޑިޓް ޑިޕާޓްމެންޓަށް ފޮނުވުން.
  2. ޖެމްސް އަދި އޮފީހުގެ ކައުންޓަރަށް އަންނަ ލިޔެކިއުންތައް ބަލައިގަނެ، އެންޓަރކުރަންޖެހޭ ލިޔެކިޔުންތައް އެންޓަރކޮށް ކަނޑައެޅިފައިވާ ސެކްޝަންތަކަށް ރޫޓްކުރުން.
  3. އޮފީހުން ދޫކުރާ ލޯނުތަކާބެހޭ މަޢުލޫމާތާއި އަދި އޮފީހުން ދޭ އެހެނިހެން ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  4. އޮފީހަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދީ، މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެންމެ އެދެވިގެންވާ ފެންވަރެއްގައި މި ޚިދުމަތް ފޯރުކޮށްދިނުން.
  5. ކަސްޓަމަރުންގެ ފަރާތުން އަންނަ ޝަކުވާތަކަށް ޖަވާބުދީ، ކްރެޑިޓް ޑިޕާޓްމެންޓާއިގުޅިގެން އެފަދަ ޝަކުވާތައް ޙައްލުކުރުން.
  6. ކަސްޓަމަރުންނާގުޅޭ މަޢުލޫމާތުތައް ހޯދުމަށް ކްރެޑިޓް ޑިޕާޓްމެންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކްރެޑިޓް އެނަލިސްޓުން ކަސްޓަމަރުންނާއެކު ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުން.
  8. އޮފީހަށް ޚިދުމަތް ހޯދުމަށް ނުވަތަ ބައްދަލުވުންތަކަށް އަންނަ މެހެމާނުން ރިސީވްކުރުމާއި މެހެމާންދާރީ އަދާކުރުން.
  9. އޮފީހުން ބޭރަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ އެންމެހާ އިދާރީ މަސައްކަތް ކުރުން.
  10. ކަސްޓަމަރ ސަރވިސްގެ އެންމެހާ ރިކޯޑްސްތައް ބެލެހެއްޓުމާއި ފައިލް ކުރަންޖެހޭ ރިކޯޑްތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  3. މުޢާމަލާތް ކުރުމުގެ ހުނަރު (ދިވެހިބާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރެވޭ މިންވަރު).
  4. މައިކްރޮސޮފްޓް އެޕްލިކޭޝަންސް ފަރިތަކަމާއެކު ބޭނުންކުރަންއެނގޭ މިންވަރު.
  5. މަސައްކަތާގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.

މުސާރައާއި ޢިނާޔަތްތައް:

  • 8,000ރ އާއި 9,000ރ އާއި ދެމެދު.

މަސައްކަތްކުރަންޖެހޭ ގަޑި:

  • ހެނދުނު 08:00 އިން ހަވީރު 16:00 އަށް.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި).
  • ވަޒީފާއަދާކުރި/ކުރަމުންދާ ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:

  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެނގޭގޮތަށް  " އެސް.ޑީ.އެފް.ސީ ގެ ކަސްޓަމަރ ސަރވިސް ރިޕްރެޒެންޓޭޓިވްގެ މަޤާމަށް އެދި" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ.
  • މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 04 މާރޗް 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިންސިޓީ ހުށަހެޅުއްވުން އެދެމެވެ.
  • އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3306999 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ހުށަހަޅަންވީ ތަން

ހ.ސަކީނާ މަންޒިލް ތިންވަނަ ފަންގިފިލާ،

މެދުޒިޔާރަތްމަގު،

މާލެ،ދިވެހިރާއްޖެ،

 

19 ފެބުރުވަރީ 2020
ހޯދާ