މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Centre for Space Science and Technology Education in Asia and the Pacific Training Programs 2020-2021

Centre for Space Science and Technology Education in Asia and the Pacific

Training Programs 2020-2021

12th Post Graduate Course on Space and Atmospheric Science (SAS)

ޕްރޮގްރާމް

* މި ޕްރޮގްރާމްގެ ޝަރުތުތަކާއި މަޢުލޫމާތު އަދި އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް http://www.mohe.gov.mv  އަދި www.cssteap.org  އިން ލިބެން ހުންނާނެއެވެ.

ކޯހުގެ ޝަރުތުތަކާއި، އިތުރު މަޢުލޫމާތު:

1. އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

2. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ.

3. ޕާސްޕޯޓް ކޮޕީ (ޑޭޓާ ޕޭޖް)

4. ޕާރސަނަލް ޕްރޮފައިލް

5. މެޑިކަލް ރިޕޯޓް ކޮޕީ

6. ހުށައަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރައްވާފައެވެ. އަދި ކިޔެވި ޔުނިވާރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ލިޔުމެއް ނަމަ އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސަސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

7. މި ކޯހަށް ހޮވޭ ކެނޑިޑޭޓުންގެ ކޯސްފީއާއި، ސްޓައިޕެންޑް، ދެކޮޅު ޓިކެޓް އަދި ކޯހުގެ އިތުރު ޚަރަދު ހަމަޖައްސަންޖެހޭނީ ކެނޑިޑޭޓް އަމިއްލައަށެވެ.

8. "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

9. އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 22 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ: https://myedu.egov.mv  ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން http://www.mohe.gov.mv  އަދި 3026950 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

19 ފެބުރުވަރީ 2020
ހޯދާ