މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ

 (IUL)10-C/10/2020/18 :ނަންބަރު

 

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

 J-309963

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒް /  ޕީސް އެންޑް ސެކިއުރިޓީ ސެކްޝަން/ ކ. މާލެ

މުސާރަ:

މަހަކު 8,835.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

 1. ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ  ލޯ އެންފޯސްމެންޓް / ޕޮލިޓިކަލް ސައިންސް / ސެކިއުރިޓީ ސްޓަޑީސް / ސޯޝިއޮލޮޖީ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
 2. ސަޕޯޓިންގ ކޯ އެލަވަންސް 2: މަޤާމުގެ ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1,100.00ރުފިޔާ ހަމަޖެހޭނެއެވެ.
 3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ޕީސް އެންޑް ސެކުރިޓީ ސެކްޝަންގެ އެންމެހާ މަސައްކަތްތައް އޯވަސީ ކުރުން އަދި ސެކްޝަންގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި އަރުވަންޖެހޭ ފަންނީ ލަފަޔާ މަޝްވަރާއެރުވުމާއި ސެކްޝަން ހިންގުން
 2. ގައުމުގެ މަސްލަހަތު ރައްކާތެރިކުރުމަށް ކަމާގުޅޭ މުއައްސަސާއިން ކުރެވެމުންދާ ކަންކަތައްތަކުގެ މަޢުލޫމާތު އެއްކުރުވުން
 3. ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މިންވަރާއި މި ކަންތައްތައް މެނޭޖްކުރެވެމުންދާ ގޮތްބެލެހެއްޓުމުގެ މަސައްކަތް ކުރުވުން
 4. ކުށްމަދުކުރުމަށް ގާއިމްކުރެވިފައިވާ ވަސީލަތްތައް (ސެކިއުރިޓީ ކެމެރާ/މަގުތައް ޕެޓްރޯލް ކުރުން) ފަދަ ކަންކަން ކުރެވޭގޮތް ބަލާ މޮނިޓަރކުރުމުގެ މަސައްކަތް ކުރުވުން
 5. ފުލުހުން ކުރާމަސައްކަތްތަކާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް މިނިސްޓްރީތެރޭގައި ނިޒާމެއް ގާއިމްކުރުން
 6. ޤައުމުގެ މަޞްލަޙަތާއި އަދި ސުލްހަމަސަލަސްކަން ގާއިމުކުރުމަށްކުރެވޭ މަސައްކަތްތަކާއި ގުޅޭ ތަފާސް ހިސާބުތައް ކަމާގުޅޭ ފަރާތްތަކުން ހޯދައި އިސްލާހު ކުރުމުގެ މަސައްކަތްކުރުވުން
 7. ރާއްޖޭގައި ކުށްމަދުކުރުމަށް ބޭނުންވާ ދިރާސާތަކާއި ޕްލޭން ކުރުމަށްޓަކާއި ކަމާގުޅޭ ވުޒާތަކުން މައުލޫމާތު އެއްކުރުވުން
 8. ޤައުމުގެ މަޞްލަޙަތާއި އަދި ސުލްހަމަސަލަސްކަން ގާއިމުކުރުމަށްކުރެވޭ މަސައްކަތްތަކާއި ގުޅޭ ތަފާސް ހިސާބުތައް ކަމާގުޅޭ ފަރާތްތަކުން ހޯދާ އަދި އެ މަސައްކަތުގެ ނަތީޖާތަކުގެ ދިރާސާކޮށް އެ ނަތީޖާތައް ބަލާ ވަޒަންކޮށް އެކަމުގައި ފިޔަވަޅު އަޅާ އިސްލާހުކުރަން ޖެހޭ ކަންތައްތަކުގައި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އިސްލާހު ކުރުމުގެ މަސައްކަތްކުރުވުން
 9. ރާއްޖޭގައި ކުށްމަދުކުރުމަށް ބޭނުންވާ ދިރާސާތަކާއި ޕްލޭން ކުރުމަށްޓަކާއި ކަމާގުޅޭ ވުޒާތަކުން މައުލޫމާތު އެއްކުރުވުން 
 10. ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދިރާސާކޮށް، ދެނެގަނެ ކުށަށް އެންމެ ފަސޭހައިން އަރައިގަންނަނީ ކޮންބައެއްތޯ ފާހަގަކޮށް، އެފަދަ ފަރާތްތައް ކުށްކުރުމުން ދުރުހެލިކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަދަ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ ފަރާތްތަކަށް ހުށަހަޅައި ޢަމަލުކުރާ މިންވަރު ބެލުމާއި ދޭންޖެހޭ ފަންނީ ލަފާ މުވައްޒަފުންނަށް ފޯރުކޮށްދިނުން
 11. ކުށްކުރާ މިންވަރާއި، ކުށްކުރުން މަދުކުރުމާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކާއި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްތައް މުރާޖާކޮށް، ކުށްމަދުކުރުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް ކަމާގުޅޭ ފަރާތްތަކަށް ހުށަހަޅައި އެއަށް ޢަމަލުކުރާ މިންވަރު ވަޒަންކުރުވުން
 12. ސެކްޝަންގެ އިސްވެރިޔާގެ ހައިސިއްޔަތުން މިނިސްޓްރީ ތަމްސީލްކުރަންޖެހޭ ބައްދަލުވުނުންތަކާއި ކޮމިޓީތަކުގައި ބައިވެރިވުން  
 13. ސެކްޝަންގެ އެންމެހާ އިދާރީ މަސައްކަތްތަކާއި، ބަޖެޓާއި އަހަރީ ރިޕޯރޓާއި އެކްޝަންޕްލޭން އަދި ޕްރޮގުރެސް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރުވުން އަދި ސެކްޝަންގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރެއިޒް ކުރުން
 14. މީގެ އިތުރުންވެސް މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

 1. ލޯ އެންފޯސްމެންޓް / ޕޮލިޓިކަލް ސައިންސް / ސެކިއުރިޓީ ސްޓަޑީސް / ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް / ސޯޝަލް ސައިންސް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 2. ލޯ އެންފޯސްމެންޓް / ޕޮލިޓިކަލް ސައިންސް / ސެކިއުރިޓީ ސްޓަޑީސް / ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް / ސޯޝަލް ސައިންސް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 މާރިޗު 2020 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިމްތިޙާނާއި، އިންޓަވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނާއި، އިންޓަވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނީ، 2020 މާރިޗު 15 އާއި 25 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރީގައި އަދި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސް "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

25 ޖުމާދަލްއާޚިރާ 1441

19 ފެބުރުވަރީ 2020
ހޯދާ