މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާއި ގުޅޭ.

އިޢުލާން

 

ދަނޑުބިން ދޫކުރުމާއި ގުޅޭ.

 

  މިއަހަރުގެ ރަމަޟާންމަހާ ދިމާކޮށް ރ.ވާދޫގައި ކާނާގެ ބާވަތްތައް އިތުރުކުރުމުގެ ގޮތުންނާއި އަދި ކާނާގެ ބާވަތްތައް ފަސޭހައިން ރަށުން ލިބޭނެގޮތް މަގުފަހިކޮށް ކޮށްދިނުމުގެ ގޮތުން ދަނޑުވެރިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިރަމަޟާން މަހުގެ ނިޔަލަށް ވަގުތީ ދަނޑުބިން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ ދަނޑުވެރިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވައިގެން ނުވަތަ މިއިދާރާއަށް ވަޑައިގެން ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓު ކުރުމަށް ހަމަޖެހިފައިވަނީ 2020 ފެބްރުވަރީ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2020 ފެބްރުވަރީ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރަސްމީ ވަގުތުތަކުގައެވެ.

19 ފެބުރުވަރީ 2020
ހޯދާ