މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

           އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ ބޭފުޅަކު ބޭނުންވެގެން މިއިދާރާއިން ކުރެވުނު ނަންބަރު: (IUL)335-AS/335/2020/8 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

           އިމްތިހާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާ އެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެވެ.

  • ބޭނުންވާ އަދަދު: 1

ޝަރުތު

   *  ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

   *  ދޫކުރި ތާރީހުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.

   *  އުމުރުން 55 އަހަރު ނުވުމާއި އެކު ރަނގަޅު ސިއްޙަތެއްގައި ހުރުން.

   *  ޑްރައިވިންގ ސްކޫލަކާއި އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައި ނުވުން.

   އުޖޫރަ

  • A1,A ގިންތިގެ އުޅަނދެއް އިމްތިޙާން ކުރާނަމަ -/15 ރ.
  • އެހެނިހެން ގިންތީގެ އުޅަނދެއް އިމްތިހާން ކުރާނަމަ -/25 ރ.

    އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސަންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސަންސްގެ މުއްދަތަށާއި، އަދި ގިނަ ވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. މިގޮތުން އެގްޒަމިނަރުން ހޮވުމުގައި މި އިދާރާއަށް ފެނިއްޖެނަމަ ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 27 ފެބްރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއިން ދޫކުރާފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 

19 ފެބުރުވަރީ 2020
ހޯދާ