މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވަގުތީ)

 

ވަޒީފާގެ ފުރުޞަތު

މަޤާމް:                 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މާޤާމުގެ ނަންބަރު:          J-322303

ބޭނުންވާ އަދަދު:           1 (އެކެއް)

މަޤާމުގެ ގިންތި:           ވަގުތީ ( ވަޒީފާ އަށް ޢައްޔަން ކުރެވޭ ދުވަހުން ފެށިގެން 19 އޭޕްރީލް 2020 ގެ ނިޔަލައް)

މަޤާމުގެ ރޭންކް:           އެމް. އެސް. 02

މާޤާމުގެ ކްލެސިފިކޭޝަން:     ސީނިއަރ އޮފިސަރ ގްރޭޑް 2  

ސެކްޝަން :             ކޮލިޓީ އެޝުއަރެންސް ސަރވިސް ސެކްޝަން

ވަޒީފާއޮތް އޮފީސް:          މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:    މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ،ވެލާނާގެ 2 ވަނަ ފަންގިފިލާ، މާލެ

މަޤާމުގެ މުސާރަ:           6295.00 ރުފިޔާ

ސަރވިސް އެލަވަންސް:       2000.00 ރުފިޔާ

އިތުރު އިނާޔަތްތައް:         1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                     2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                     3-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                            

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޯސް އެޕްރޫވް ކުރުމާއިގުޅޭގޮތުން ހުށަހަޅާ ލިޔުންތައް ބަލައިގަތުމާއި އެންޓްރީ ނެގުމާއި ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުން އަދި އެލިޔުންތަކަށް ޖަވާބުދިނުން.
  2. ކޯސް އެޕްރޫވް ކުރުމަށްޓަކައި ކޯސް ޑޮކިއުމެންޓްގެ "އެޑްމިނިސްޓްރޭޓިވް ރިވިއު" ކުރުން.  
  3. އެޑްމިނިސްޓްރޭޓިވް ރިވިއު " ގެ ނިންމުންތަކާއި އެކަޑެމިކް ރިވިއުގެ ނިންމުންތައް ކޯސް ހުށައެޅި ފަރާތައް އެންގުމާއި ކޯސް ޑޮކިއުމަންޓް އެޕްރޫވް ކޮށްދިނުން.   
  4. އެޕްރޫވް ކޮށްދޭ ކޯސް ތަކުގެ ރަޖިސްޓްރީ އެއް އެކުލަވާލައި ބެލެހެއްޓުން.
  5. އެޕްރޫވްކޮށްދީފައިވާ ކޯސްތަކުގެ ޑޮކިއުމަންޓާއި މަޢުލޫމާތު ބެލެހެއްޓުން.  
  6. ކޯސް އެޕްރޫވްކުރުމާއި ކޯސް އެޕްރޫވްކުރުމާއިގުޅޭގޮތުން މަޢުލޫމާތު އެއްކުރުމާއި އެމަޢުލޫމާތަށް އެދޭފަރާތްތަކަށް މަޢުލޫމާތުދީ އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން.
  7. އިންސްޓިޓިއުޝަނަލް ސްޕަރވިޝަން އާއި އިންސްޓިޓިއުޝަނަލް އޮޑިޓާގުޅޭ މަސައްކަތުގައި ފަންނީ އަދި ޕްރޮފެޝަނަލް ބައިވެރިވުމާއިއެހީތެރިކަން ފޯރުކޮށްދިނުން.
  8. އިންޓަރނަލް ކޮލިޓީ އެޝޫރެންސް، އިންޓަރނަލް އަދި އެކްސްޓަރނަލް ސްޕަރވިޝަން އަދި އިންސްޓިޓިއުޝަންތައް އޮޑިޓްކުރުމާގުޅޭ މަސައްކަތްކުރާ މުވައްޒަފުން ސަލާމް ބުނުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ކޯސް އޮޑިޓް ކުރުމުގެ މަސައްކަތް ކުރުމަށް ޙަވާލުކުރެވިއްޖެނަމަ އެ މަސައްކަތްތައް ކުރުން.    
  9. މި އޮތޯރިޓީގެ އިމޭޖް ރަނގަޅުގޮތުގައި ހިފެހެއްޓުމާށާއި އިމޭޖް އިތުރަށް ރަނގަޅުކުރުމަށް އެހީވެދީނުން އަދި މިއޮތޯރިޓީގެ ސިއްރު ހިފެހެއްޓުން.
  10. އޮފީހު މުވައްޒަފަކު ސަލާމުގައި ހުރެއްޖެނަމަ، އެ މުވައްޒަފެއްގެ މަސައްކަތުން ހަވާލުކުރެވޭ މަސައްކަތެއް ކުރުން.
  11. އެމް. ކިއު. އޭގެ ސިއްރު ހިފެހެއްޓުން.
  12. އޮފީހާއި ސެކްޝަނުގައި މަސައްކަތްކުރާ އެހެން މުވައްޒިފުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

 

އެހެނިހެން

އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން. އަދި ހަވާލުކުރެވިފައިވާ މަސައްކަތަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

މާޤާމުގެ ޝަރުޠުތައް:

 

ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ގެ ކޮޕީ)

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ  ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ  އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ ގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަރު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ  ނަމަ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާ ގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގާދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި،  މަސައްކަތުގެ ދާއިރާއިން ލިބޭ ކުރުމުއްދަތުގެ ތަމްރީން    

ނ.  މަޤާމުގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ތަޖްރިބާ

ރ. ލިބިފައިވާ ހުނަރު ( އިންޓަރވިއު، ޕްރެޒެންޓޭޝަން، ޕްރެކްޓިކަލްސް)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ފެބްރްއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ( ވެލާނާ ބިލްޑިންގ، 2 ވަނަ ފަންގިވިލާ، އަމީރު އަހުމަދު މަގު) އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް (([email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާރްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާ  ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-   %45

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 01 މާރިޗު 2020 – 05 މާރިޗު 2020އާ ދެމެދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ވެލާނާގެ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

ވަޒީފާއަށް  ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ "ޝީޓް  A2 ފޯމު" އާންމު ކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 05 ދުވަހުގެ ތެރޭގައި " ވަޒީފާ އަށް ކުރިމަތިލީ ފަރާތްރަކަށް ޕްއިންޓް ލިބުނު ގޮތުގެ ޝީޓް( A2  ފޯމު)" އާންމުކޮށް ފެންނާނެހެން  މި އިދާރާގައި އަދި އަދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 05 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާ އަށް ހުށަހަޅަންވާނެއެވެ.

 

އިތުރުމަޢުލޫމާތު:   

މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި އޮތޯރިޓީގެ ނަންބަރު ،3026652 ފޯނަށް ގުޅުއްވުން އެދެމެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ  މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުސޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިޝް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " ޢައްޔަންކުރުމުގެ އުޞޫލާގުޅޭ"  http://www.csc.gov.mv/dv/recruitment-usoolu" އިން ލިބެންހުންނާނެއެވެ.

 

24 ޖުމާދަލްއާޚިރާ1441

19 ފެބްރްއަރީ 2020

19 ފެބުރުވަރީ 2020
ހޯދާ