ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާގެ މުނިސިޕަލް ސަރވިސް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމަށް

މަޤާމް :މުނިސިޕަލް ސަރވިސް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާނު

މަޤާމް:                        މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:                  J-322660

މަގާމުގެ ރޭންކް:                   އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:              ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް:        މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ / ބ. ކަމަދޫ

މުސާރަ:                       -/5610 ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް:              -/2000 ރުފިޔާ (މަހަކު)

ބޭނުންވާ ޢަދަދު:                  1 (އެކެއް)

ގިންތި:                        ދާއިމީ

އެހެނިހެން އެލަވަންސް:               1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

                           2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                           3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

                           4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ (މަހަކު).

 

މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، ހިމާޔަތްކުރެވިފައިވާ ދިރުންތައް ހިފާ ގެންގުޅޭ ފަރާތްތައް ހޯދައި ކައުންސިލްގެ ސަމާލުކަމަށް ގެނެސް، މިފަދަ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ފޮނުވައި، މިކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން.

2. ރަށުގައި މަސައްކަތްކުރަން އަންނަ ބިދޭސީންނާއި ރަށުގައި ޤާއިމުވެ ތިބޭ ބިދޭސީންގެ ދަފްތަރު ބަލަހައްޓައި، ލޭބަރ ޤާނޫނާއި އަދި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޚިލާފަށް ރަށުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުގެ މަޢުލޫމާތު ހޯދައި ކައުންސިލްގެ ސަމާލުކަމަށް ގެނެސް، އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަމާގުޅުން ހުރި މުޢައްސަސާތަކަށް ރިޕޯޓުކުރުމުގެ މަސައްކަތް ކުރުމާއި އަދި މި ކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން.

3. ރުއްގަހުގެ ބަދަލު ދިނުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަދި ރުއްގަހާ ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި ކައުންސިލުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން.

4. މަގުމަތީ ބައްތިތައް ބެލެހެއްޓުން.

5. ސަރުކާރުގެ ފަރާތުންނާއި އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރާ ޚާއްސަ ދުވަސްތަކާއި އަދި މި ދުވަސްތަކާއި ގުޅިގެން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

6. ރަށުގެ ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން އެކުލާވާލަންޖެހޭ ޕްލޭން، ކައުންސިލްގެ ލަފާގެ މަތިން ތައްޔާރުކުރުމާއި ކުނި މެނޭޖްކޮށް ހިންގާ ބެލެހެއްޓުން.

7. ރައްޔިތުން ފެނަށް ޖެހުނަ ނުދީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ގުޅިގެން ފެން ފޯރުކޮށްދިނުމާއި މީރު ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރުން.

8. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓަރމިނަލް ހަދައި ހިންގުން އަދި އަތޮޅުގައި ޤާއިމުކުރެވިފައިވާ ފެރީ ނިޒާމު ކުރިޔަށްދާ ގޮތް ބެލުމާއި، ކަނޑައެޅިފައިވާ ޝެޑިއުލްއާއި އެއްގޮތަށް ކުރިޔަށް ނުދާނަމަ އެ މަޢުލޫމާތު ހޯދައި ކައުންސިލަށް ރިޕޯޓު ކުރުން.

9. ޞިއްޙީ ގޮތުން ރައްކާތެރިވުމަށްޓަކައި، ރަށުގައި ކުރެވޭ މަސައްކަތްތައް ބެލެހެއްޓުމާއި، ބަލިމަޑުކަމުން ރައްކާތެރިވުމަށް ދުރާލާ ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ގޮތުން، ކަމާގުޅުން ހުރި މުޢައްސަސާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި، އަދި މިކަމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން.

10. އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ރަށުގެ މަގުތަށް މަރާމާތުކޮށް މަގު ހެދުމާއި ޤަވާއިދާއި ޚިލާފަށް މަގުމަތީގައި ބަހައްޓައިފައިވާ ތަކެތި ނެގުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމާއި މަގުކޮނުމުގެ ހުއްދައާގުޅޭ މަސައްކަތްތައް ކުރުން.

11. މިސްކިތްތައް ބެލެހެއްޓުމާއި ޤަބުރުސްތާން ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.

12. ޕެސްޓު ކޮންޓްރޯލް ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

13. ބިމާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން އަދި ބިމުގެ ދަފްތަރު ބެލެހެއްޓުން.

 

މަގާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އަރބަން ސްޓަޑީޒްގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.  

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.


ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން (%40)
  • ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން (%5)
  • ލިބިފައިވާ މަސައްކަތު ތަޖުރިބާ (% 15)
  • ލިބިފައިވާ ހުނަރު (%40)

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހުގެ ގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 މާރިޗު 3 އާ 2020 މާރިޗު 19 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (މަޖީދީމަގު، މާލެ 20040) ގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

   

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމު ކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި ކޮމިޝަންގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307313 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.      

18 ފެބުރުވަރީ 2020
ހޯދާ