މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ހ. ވަނަ އަހަރު ރަމަޟާންމަހު ދުވާފަރުގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީޚް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުން ބައިތިއްބާނެ ގެ ހޯދުމާއި ބެހޭ

            1441ހ. ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދުލް ފުރުޤާން އަދި މަސްޖިދުލް ޞިރާޠުގައި ޙިފުޡުކޮށް ތަރާވީޚް ނަމާދުކުރުމަށް ރާއްޖޭން  ބޭރުން ގެނެވޭ ދެ ޙާފިޡުން ހުންނެވުމާއި، ފަރިއްކޮޅާއި، ދޮވެ އިސްތިރިކޮށްދިނުމާއި މިފަދަ ކަންތައްތައް އިޚްލާޞްތެރިކަމާއިއެކު ކޮށްދިނުމާއިއެކު ދެ ޙާފިޡުން ރަނގަޅަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 27 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ދުވާފަރު ކައުންސިލްގެ އިދާރާގެ މީޓިންގރޫމްގައެވެ. އަދި އަންދާސީ ހިސާބު ބަލައި ގަތުން އޮންނާނީ 04 މާރިޗު 2020 ވާ ބުދަ ދުވަހުގެ 13:30 ގައި ދުވާފަރު ކައުންސިލްގެ އިދާރާގެ މީޓިންގރޫމްގައެވެ.

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެފުރުޞަތެއް ނުދެވޭނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މާރކްސް ދިނުމަށް ހަމަޖެހިފައިވާ ކަންތައް

  • އެންމެ ދަށް އަގު ހުށަހަޅާ ފަރާތަކަށް:          75 މާރކްސް
  • ޚިދުމަތަށް:                           25 މާރކްސް

            ވީމާ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.         

18 ފެބުރުވަރީ 2020
ހޯދާ