މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ކަމަށްވާ އެޗްސީއެފްސީ އަދި އެޗްއެފްސީ އެކުލެވޭ ރެފްރިޖިރެންޓްސް އަދި އެއަރ ކޮންޑިޝަނިންގގެ ބާވަތްތައް އޯޒޯން ފަޝަލައާ ރަށްޓެހި R-290/R-600a އަށް ބަދަލުކުރުން (2 ވަނަ އިއުލާނު)

9 ފެބްރުވަރީ 2020 ގައި ގެޒެޓުކޮށްފައިވާ ((IUL)438-ENV/438/2020/27) ނަންބަރު އިއުލާން އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިއުލާނު ބާތިލުކޮށް، އަލުން އިއުލާން ކުރަމެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ކަމަށްވާ އެޗްސީއެފްސީ އަދި އެޗްއެފްސީ އެކުލެވޭ ރެފްރިޖިރެންޓްސް އަދި އެއަރ ކޮންޑިޝަނިންގގެ ބާވަތްތައް އޯޒޯން ފަޝަލައާ ރަށްޓެހި R-290/R-600a ގޭހަށް ބަދަލުކުރުމަށް ޝައުގުވެރިވެލައްވާ ފަރާތަތަކަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމަވެ.

މި މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 24 ފެބްރުވަރީ 2020 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ. ނުވަތަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 26 ފެބްރުވަރީ 2020 ވާ ބުދަ ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބިޑް ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫއުގެ ނަން: އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ކަމަށްވާ އެޗްސީއެފްސީ އަދި އެޗްއެފްސީ އެކުލެވޭ ރެފްރިޖިރެންޓްސް އަދި އެއަރ ކޮންޑިޝަނިންގގެ ބާވަތްތައް އޯޒޯން ފަޝަލައާ ރަށްޓެހި R-290/R-600a ގޭހަށް ބަދަލުކުރުން.

އިޢުލާނު ނަންބަރު: IUL)438-ENV/438/2020/47)

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

18 ފެބުރުވަރީ 2020
ހޯދާ