މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Centre for Space Science and Technology Education in Asia and the Pacific Training Programs 2020-2021

Centre for Space Science and Technology Education in Asia and the Pacific

Training Programs 2020-2021

25th Post Graduate Course on Remote Sensing and Geographic Information System

12th Post Graduate Course on Satellite Meteorology and Global Climate

ކޯހުގެ ނަން

މި ޕްރޮގްރާމްތަކުގެ ޝަރުތުތަކާއި މަޢުލޫމާތު އަދި އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް http://www.mohe.gov.mv  އަދި www.cssteap.org  އިން ލިބެން ހުންނާނެއެވެ.

ކޯހުގެ ޝަރުތުތަކާއި، އިތުރު މަޢުލޫމާތު:

* އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

* މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ.

* ޕާސްޕޯޓް ކޮޕީ (ޑޭޓާ ޕޭޖް)

* ޕާރސަނަލް ޕްރޮފައިލް

* މެޑިކަލް ރިޕޯޓްގެ ކޮޕީ

* ހުށައަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރައްވާފައެވެ. އަދި ކިޔެވި ޔުނިވާރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ލިޔުމެއް ނަމަ އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސަސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

* މިކޯހަށް ހޮވޭ ކެނޑިޑޭޓުންގެ ކޯސް ފީއާއި، ސްޓައިޕެންޑް، ދެކޮޅު ޓިކެޓް އަދި ކޯހުގެ އިތުރު ޙަރަދު ހަމަޖައްސަންޖެހޭނީ ކެނޑިޑޭޓު އަމިއްލައަށެވެ.

* "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

* އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 26 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ12:00 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ: https://myedu.egov.mv  ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން http://www.mohe.gov.mv  އަދި 3026950 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

17 ފެބުރުވަރީ 2020
ހޯދާ