މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމް 2021-2022

ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމް 2021-2022

       ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން ގްރެޖްއޭޓް ލެވެލް ނޮންޑިގްރީ އެކަޑަމިކް ކޯސްވަރކް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް އެކްޓިވިޓީގައި އަހަރެއް ޔުނައިޓެޑް ސްޓޭޓްސް ގައި ހޭދަކުރުމަށް ފުރުޞަތު ދެއްވުމަށް ހަމަޖެހިފައިވާކަން އެފަރާތުން ވަނީ އަންގާފައިވެއެވެ. މިޕްރޮގްރާމަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން  ލިބެން ހުންނާނެއެވެ.

 

         ވީމާ،ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 މެއި 2020 (ހޮނިހިރު)  ދުވަހުގެ ކުރިން ތިރީގައިވާ ލިންކްގައި ޔޫސަރ އެކައުންޓެއް ހުޅުވުމަށްފަހު އޮންލައިންކޮށް އެޕްލައިކުރުން އެދެމެވެ. އަދި އެޕްލައި ކުރިކަން [email protected] އީމެއިލަށް އެންގުން އެދެމެވެ. މިކޯހަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު މިއަހަރުގެ ޖޫން މަހު ކުރީކޮޅުގައި އޮންނާނެކަން ސްކޮލަރޝިޕް ދޭ ފަރާތުންވަނީ އަންގަވާފައެވެ.

 

Online application by creating user account: https://apply.iie.org/huberthhumphrey

 

17 ފެބުރުވަރީ 2020
ހޯދާ