މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމް 2021-2022

ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމް 2021-2022

      ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ކަނޑައެޅިފައިވާ ދާއިރާތަކަކުން އެއްދަރިވަރަކަށް އެމެރިކާގައި މާސްޓަރސް ޑިގްރީ ހެދުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން އަންގާފައިވެއެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ.

 

       ވީމާ، ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 މެއި 2020 (ހޮނިހިރު) ދުވަހުގެ ކުރިން ތިރީގައިވާ ލިންކްގައި ޔޫސަރ އެކައުންޓެއް ހުޅުވުމަށްފަހު އޮންލައިންކޮށް އެޕްލައި ކުރުން އެދެމެވެ. އަދި އެޕްލައި ކުރިކަން [email protected] އީމެއިލަށް އެންގުން އެދެމެވެ. މިކޯހަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު މިއަހަރުގެ ޖޫން މަހު ކުރީކޮޅުގައި އޮންނާނެކަން ސްކޮލަރޝިޕް ދޭ ފަރާތުންވަނީ އަންގަވާފައެވެ.

 

Online application by creating user account: http://apply.iie.org/ffsp2021

 

17 ފެބުރުވަރީ 2020
ހޯދާ