ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގެ ވަށާފާރު ރޭނުމާއި ގުޅޭ

   ފުޓްސަލް ދަނަޑުގެ ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތި ލާފައި ނުވާތި އެ އިއުލާން ބާތިލްކޮށް އަލުން ފުޓްސަލް ދަނޑުގެ ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މުންޑޫ ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފްކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެއެވެ.

ތަފްސީލް

ތާރީހް

ދުވަސް

ގަޑި

ތަން

  މައުލޫމާތު ސާފުކުރުން

23 ފެބްރުއަރީ 2020

އާދީއްތަ

10:00

މުންޑޫ ކައުންސިލް އިދާރާ

އެސްޓިމޭޓް ހުށައެޅުން

25 ފެބްރުއަރީ 2020

އަންގާރަ

10:00

މުންޑޫ ކައުންސިލް އިދާރާ

 

މައުލޫމާތު ސާފުކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށެވެ. މައުލޫމާތު ސާފުކުރަން ހާޒިރުވާއިރު ކުންފުނި ނުވަތަ ވިޔަފާރިތަކުންނަމަ އެކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. މައުލޫމާތު ސާފުނުކުރާ  ފަރާތްތަކުގެ ބިޑްބަލައި ނުގަނެވޭނެއެވެ. އަދި މައުލޫމާތު ސާފުކުރުމަށް އަދި  ބިޑް ހުށައެޅުމަށް ގަޑިއަށް ޙަޒިރުނުވާ ފަރާތްތަށް ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

16 ފެބުރުވަރީ 2020
ހޯދާ