އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަ މުބާރާތް - 2020

ފެންފުށީ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން، މިރަށުގެ ޒުވާނުންގެ މެދުގައި ނެޓްބޯޅަ މުބާރާތެއް 2020 ފެބްރުއަރީ 25 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ގަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯމް، ފެންފުށީ ކައުންސިލް އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ވުމާއެކު، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ޓީމްތަކުން ބައިވެރިވުމަށް އެދޭ ފޯމް  ފުރިހަމަ ކުރުމަށްފަހު، މެނޭޖަރުގެ މަޢުލޫމާތު ހިމެނޭގޮތަށް 2020 ފެބްރުއަރީ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލް އަށް ވަޑައިގެން ހުށަހެޅުމަށް ދަންނަވަމެވެ.

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7939313 އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.  

13 ފެބުރުވަރީ 2020
ހޯދާ