ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
ޑެޕިއުޓީ މެނޭޖަރ
|
ވަޒީފާގެ ދާއިރާ:
|
ހިއުމަންރިސޯސަސް އެންޑް ޓްރޭނިންގ ޑިޕާރޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
-/11,490ރ އާއި -/22,000ރ ދެމެދު
|
ޝަރުޠު:
|
- ހިއުމަން ރިސޯސަސް ދާއިރާއިން ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން އަދި މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު މެނޭޖްމަންޓް ހދާއިރާއިން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- 250 އަށްވުރެ މުވައްޒަފުން ގިނަ ކުންފުންޏެއްގައި ހިއުމަން ރިސޯސަސް މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- މުވައްޒަފުންނާއި ގުޅޭ ޤަވާއިދުތައް ތަންފީޒުކުރުމުގައި މެނޭޖްމަންޓަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމާއި އެޤަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
- ކުންފުނީގެ މުވައްޒަފުންނަށް ވަޒީފާދިނުމާއި، ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުމާއި އަދި މިނޫންވެސް ވަޒީފާއާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ އެމަސައްކަތްތައް ކުރުން.
- މުވައްޒަފުން މަސައްކަތުގެ އަޙްލާޤް ކުންފުނީގެ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމާއި، އަދި އެޤަވާއިދުތަކަށް ޢަމަލުނުކުރާ މުވައްޒަފުންނާ މެދު ވަޒީފާއާއި ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން.
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގާ ބެލެހެއްޓުމުގެ ޒިންމާ އުފުލުން.
- މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް ދިނުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި ރެކޯޑް ބެލެހެއްޓުން.
- މުވައްޒަފުންގެ މަޢުލޫމާތު ފައިލްތައް އަޕްޑޭޓް ކުރުވައި ބެލެހެއްޓުން
- އެކިއެކި ފަރާްތްތަކަށް ބޭނުންވާ ރިޕޯޓްތަކާއި ތަފާސްހިސާބުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
- އަދި މިނޫންވެސް ހިއުމަން ރިސޯސަސް އެންޑް ޓްރޭނިންގ ޑިޕާރޓްމަންޓްގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
2020 ފެބުރުވަރީ 24 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2020 ެބުރުވަރީ 24 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
19 ޖުމާދަލްއާޚިރާ 1441
13 ފެބުރުވަރީ 2020
|