މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމުގެ މަޝްރޫޢެއް ހިންގުން

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ވަރލްޑް ބޭންކާއި ގުޅިގެން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ދަށުން ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމުގެ މަޝްރޫޢެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ މަޤްޞަދަކީ އިޤްތިޞާދު ކުރިއެރުވުމާއި އާމުދަނީ އިތުރުކުރުމާއި ވަޒީފާ އުފެއްދުމުގެ (ޚާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް) ވަޞީލަތެއްގެ ގޮތުގައި، އަމާޒުކުރެވޭ އަތޮޅުތަކެއްގައި މެރިކަލްޗަރ ތަރައްޤީކުރުމެވެ. ކޮށީގައި ފާނަ ބޮޑުކުރުމުގެ އަޖުމަ ބެލުމުގެ މަޝްރޫޢު ހިންގުމަށް ގަސްދުކުރެވިފައި ވަނީ  އަރިއަތޮޅު ދެކުނު ބުރީގައެވެ. މި މަޝްރޫޢު ހިނގާނީ 2019 ސެޕްޓެމްބަރުން ފެށިގެން 18 މަސްދުވަހުގެ މުއްދަތަށެވެ. މަޝްރޫޢުގެ ނަތީޖާއަށް ބަލައި ފާނަ ބޮޑުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރެވޭނެއެވެ. 

މިމަޝްރޫޢުގެ ދަށުން، އދ. އޮމަދޫ، ދިގުރަށް، ގަނގެތި އަދި މަހިބަދޫ ގެ ގޭ ބިސީ ތަކަށް ފާނަކޮށީގ މިލްކުވެރިކަން ހޯދުމަށް އިޢުލާންކޮށް ޖުމްލަ 19 ފަރާތަކަށް ވަނީ ނިމިދިޔަ ޖަނަވަރީ މަހުގައި ފާނަކޮށި ދޫކުރެވިފައެވެ. މިގޮތުން ފާނަ ކޮށި ލިބިފައިވާ ފަރާތްކަށާއި، މިމަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޚާއްސަކޮށްގެން 20-22 ފެބްރުއަރީ 2020 ގައި އދ. މަހިބަދޫގައި ބިޒްނަސް ޓްރެއިނިންގ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިޓްރެއިނިންގ ގައި ބައިވެރިވުމަށް ފާނަކޮށީގެ މަސްވެރިކަމަށް ޝައުގުވެރިވާ އދ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. މިޓްރެއިނިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް އދ. އަތޮޅު ކައުންސިލުގައި ނަން ލިސްޓު ކުރެއްވުން އެދެމެވެ.

13 ފެބުރުވަރީ 2020
ހޯދާ