މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ފޮޓޯކޮޕީ މެޝިން ވިއްކައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ނަމްބަރު:IUL)297/297/2020/14)

އިޢުލާން

ފޮޓޯކޮޕީ މެޝިނެއް ގަތުމަށް ބޭނުންވެއްޖެ

މިއިދާރާއަށް މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

ޢަދަދު

އައިޓަމް

1

ފޮޓޯ ކޮޕީ މެޝިން

މި އިއުލާނާއެކުވާ ސްޕެސިފިކޭޝަން ޝީޓްގައިވާ މަޢުލޫމާތާއި އެއްގޮތަށް 01 (އެކެއް) ފޮޓޯކޮޕީ މެޝިން ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ފެބްރުއަރީ  2020 ބުދަ ދުވަހުގެ 12:00 އަށް މި އިދާރާއަށް އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވިފައިވާ ދުވަހުގެ 12:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެވިފައިވާ ސްޕެސިފިކޭޝަންގައިވާ ގޮތުގެ މަތިން ، ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކާއެވެ. އަދި މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން SME ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމުގައިވާތީ އަންދާސީ ހިސާބާއެކު ބިޒްނަސް ރަޖިސްޓްރީ އަދި SME ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

60%

  • އަގަށް ޕޮއިންޓް ދިނުމުގައި ހުށައަޅާފައިވާ ހުރިހާ އަގެއް 0-60 އާއި ދެމެދުގެ ސްކޭލް އެއްގައި ޕޮއިންޓް ދީ ތަރުތީބު ކުރެވޭނެއެވެ. މިގޮތަށް ސްކޭލް ތަރުތީބު ކުރާނީ އެންމެ ދަށް އަގު ހުށައެޅި ފަރާތަށް 60 މާރކްސް ދިނުމަށް ފަހު ދެން ހުރި އަގުތައް ސްކޭލުން މިންކޮށްގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ވަރަންޓީ

20%

20 މާރކްސް - 3 އަހަރާއި އެއަށްވުރެ ގިނަ އަހަރު

( Submitted years of Warranty / Benchmark  years for Warranty  ) x Allocated Percentage

10 މާރކްސް - 2 އަހަރާއި 3 އަހަރާއި ދެމެދު

5 މާރކްސް -  1 އަހަރާއި 2 އަހަރާއި ދެމެދު

މުއްދަތު

20%

  • މުއްދަތަށް ޕޮއިންޓް ދިނުމުގައި ހުށައަޅާފައިވާ މުއްދަތު 0-20 އާއި ދެމެދުގެ ސްކޭލް އެއްގައި ޕޮއިންޓް ދީ ތަރުތީބު ކުރެވޭނެއެވެ. މިގޮތަށް ސްކޭލް ތަރުތީބު ކުރާނީ އެންމެ ކުރު މުއްދަތު ހުށައެޅި ފަރާތަށް 20 މާރކްސް ދިނުމަށް ފަހު ދެން ހުރި މުއްދަތުތަށް ސްކޭލުން މިންކޮށްގެންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

19 ޖުމާދަލްއާޚިރު 1441

13 ފެބްރުއަރީ 2020

13 ފެބުރުވަރީ 2020
ހޯދާ