ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (އެޑްމިނިސްޓްރޭޓިވް އޮފިސަރ)

                                                           ނަންބަރު: (IUL)419-ESMSPL/419/2020/7

އިޢުލާން

 

 

ވަޒީފާގެ ފުރުޞަތު (އެޑްމިނިސްޓްރޭޓިވް އޮފިސަރ)

 

 

މަޤާމް:                        އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                        02 (ދޭއް)

މުއްދަތު:                       06 (ހައެއް) މަސް

މަޤާމުގެ ގިންތި:                        ވަގުތީ

މަޤާމުގެ ރޭންކް:                        GS3          

ވަޒިފާ އަދާކުރަންޖެހޭ ތަން:              ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލް އިދާރާ

މަޤާމުގެ މުސާރަ:                 -/4465 ރުފިޔާ

ސަރވިސް އެލަވަންސް:             1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:               މަހަކު 700.00 ރުފިޔާ

މުއްދަތު:                    06 (ހައެއް) މަސް

 

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1.އޮފީހަށް ލިބޭ ސިޓިއާއި މެސެޖް އަދި އެހެނިހެން ތަކެތި ބަލައިގަތުމާއި އެކު ދުވާލަކު 2 ފަހަރު އެންޓްރީކޮށް ޒިންމާދާރުވެރިޔާ އަށް އެރުވުމާއި، ސެކްޝަން ޔުނިޓް ތަކަށް ފޮނުވުމަށް ހަވާލުކުރެވޭ ތަކެތި އެފަރާތްތަކާއި އަވަހަށް ހަވާލުކުރުން.ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ދޫކުރަންޖެހޭ ފައިސާ ޤަވައިދާއި އެއްގޮތަށް އެފަރާތްތަކާއި ހަވާލުކުރުން.

2.އޮފީހަށް އަންނަ ފޯންކޯލްތަކަށް ވީހާވެސް އަވަހަށް ޖަވާބުދިނުމާއި އިދާރާގެ އީ މެއިލް އާއި ޖެމްސް މަދުވެގެން ދުވާލަކު 2 ފަހަރު ޗެކްކޮށް މެއިލާއި ޖެމްސްއިން އައިސްފައިވާ ލިޔުންތައް ޕްރިންޓްކޮށް އެންޓްރީ ކުރުމާއިއެކު ޒިންމާދާރުވެރިޔާއަށް އެރުވުން.

3.ކައުންޓަރުން ދޫކުރަންޖެހޭ އެޕްލިކޭޝަން ފޯމްތައް ދޫކުރުމައި އެނޫންވެސް ލިޔުންތަކާއި މަޢުލޫމާތާއި ޚިދުމަތްހޯދަން އަންނަ ފަރާތްތަކަށް ވިހާވެސް އަވަހަށް ފަސޭހައިން އޮޅުންފިލާގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ކައުންޓަރުން ބަލައިގަންނަ ފޯމްތައް ރަނގަޅަށް ފުރިހަމަކުރުމަށްފަހު ބަލައިގަތުން.

4.އޮފިހުން އެކި ފަރާތްތަކަށް ފޮނުވުމަށް ހަވާލުކުރެވޭ ސިޓީތަކާއި، އެހެނިހެން ލިޔުންތައް ވީއެންމެ އަވަހަކަށް އެފަރާތްތަކަށް ފޮނުވުމާއި، އެކިފަރާތްތަކަށް ރައްދުކުރުމަށް އޮފީހާއި ހަވާލުކުރެވޭ ތަކެތި ބަލައިގަތުމާއި އެތަކެތި ލިބެންޖެހޭ ފަރާތްތަކަށް އަވަހަށް ރައްދުކުރުން.

5.ނޯޓިސްބޯޑަށް އެރުވުމަށް ހަވާލުކުރެވޭ ލިޔުންތައް ބޯޑަށް އެރުވުމާއި މުއްދަތު ހަމަވުމުން އެ ލިޔުންތައް ނަގައި ނައްތާލަންޖެހޭ ލިޔުންތައް ނައްތާލުމުގެ ކަންތައް މަސައްކަތު މީހުންލައްވާ ކުރުވުން.

6.އެކިއެކި ސަބްސިޑީ ހޯދުމަށް ހުށައަޅާ ފަރާތްތަކަށް ކައުންސިލް އިދާރާގެ ފަރާތުން ދެއްވަންޖެހޭ މައުލޫމާތު ސެކްޝަންހެޑްގެ ލަފާގެމަތިން ދިނުންމާއި، އާންމު ފަރާތްތަކުން ހުށަހަޅާ ފޯމް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމާއެކު ފައިލްކޮށް ބެލެހެއްޓުން.

7.ކައުންސިލް އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޒިންމާދާރުވެރިޔާ ހަވާލުކުރާ މަސައްކަތްތައް ކުރުން.

ހަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި ސެކްޝަނުގެ އެހެން ޔުނިޓްތަކުގެ މުވައްޒަފުންނާއި އެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން އަދި ޔުނިޓް ތަކުގެ މަސައްކަތް ތަކުގައި އެހީތެރިވެދިނުން.

 

މަޤާމުގެ ޝަރުތު:  

 

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މާކްސް ދެވޭ ދާއިރާ

ތައުލީމް

ތަމްރީނަށް

ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނަށް

ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ

މަސައްކަތުގެ ހުނަރު

ލިބޭ މާކްސްގެ އިންސައްތަ (%)

35

5

5

10

45

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ފެބުރުވަރީ 2020 ވަނަ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލް އިދަރާއަށެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަންނާނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

ވަޒީފާއަށް  އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާއި ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ، 27 ފެބުރުވަރީ 2020 އާއި 05 މާރޗް 2020 އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލް އިދާރާގައެވެ.

 

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕްއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާއްމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒިފައަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކޮށް ފެންނާނެހެން މިއިދދާރާގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕްއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާއްމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:

     މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840003 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 68400013 އެވެ.

 

މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             

 

 

                                                                            

13 ފެބުރުވަރީ 2020
ހޯދާ