މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 5 ހެކްޓަރ ބިންހިއްކަން އީއައިއޭ ހެދުމާއިބެހޭ

 

 

 

އިޢުލާން

 

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 5 ހެކްޓަރ ބިންހިއްކަން އީއައިއޭ ހެދުމާއިބެހޭ؛

 

މިކުންފުނީގެ ދަށުން ހިންގާ ފެލިވަރު ފިޝަރީޒްކޮމްޕްލެކްސް (ޅ.ފެލިވަރު) ގެ އިރުމަތީފަރާތުން ރަށާއި ގުޅުވައިގެން 5 ހެކްޓަރުގެ ބިން ހިއްކުމަށް އެންވަޔަރަންމެންޓް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) އެއް ހަދަން ބޭނުންވެއެވެ.

 

މަސައްކަތުގެވެރިފަރާތް:  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީލިމިޓެޑް

 

ރަޖިސްޓަރީކުރުން:       މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ފެބްރުއަރީ 18 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން މި ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން ރަޖިސްޓަރީ ކުރައްވަންވާނެއެވެ. (ރަޖިސްޓްރީ ނުކުރާ ފަރާތަކަށް ބީލަމުގައި ބައިވެރި ވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ،)

 

އާރްއެފްކިޔުދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް އާރުއެފްކިޔު ދޫކުރާނީ 2020 ފެބްރުއަރީ 20  ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތުދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2020 ފެބްރުއަރީ 23 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް  މިފްކޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

 

ސުވާލާއިޖަވާބު:     ރަޖިސްޓަރީ ކުރެއްވުމަށްފަހު އާރު އެފްކިޔު ލިބުމުން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2020 ފެބްރުއަރީ 23 ވާ ހޯމަ ދުވަހު ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2020 ފެބްރުއަރީ 24 ވަނަ ދުވަހުގެ 14:00 ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

އަގު ހުށަހެޅުން:    އަގު ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ފެބްރުއަރީ 27  ވާ ބްރާސްފަތި ދުވަހު 14:00 އެވެ. އަގު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަގުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ހުށަހެޅި އަގުތައް ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 27 ވާ ބްރާސްފަތި ދުވަހުގެ 14:00 ގައި އަގު  ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަގު ހުށަހަޅާނީ މިފްކޯ ހެޑް އޮފީހަށެވެ.

 

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

 

ފޯނު:   3323932

ފެކްސްް:  3323935

އީމެއިލް: [email protected]

            

                   13 ފެބްރުއަރީ 2020

 

13 ފެބުރުވަރީ 2020
ހޯދާ