ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Facilitator

ފެކަލްޓީ އޮފް އެޑިޔުކޭޝަން
  މާލެ، ދިވެހިރާއްޖެ.

ފެސިލިޓޭޓަރ


           މިފެކަލްޓީގެ ފަރާތުން ތިރީގައި މިދަންނަވާ އައުޓްރީޗް ސެންޓަރތަކުގައި ހިންގާ ކޯސްތައް ފެސިލިލޭޓް ކޮށްދެއްވާނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

 މަސައްކަތް އޮންނަ ސެންޓަރ:

  1. ޏ. ފުވައްމުލަކު އައުޓްރީޗް ސެންޓަރ
  2. ރ. ދުވަފަރު އައުޓްރީޗް ސެންޓަރ
  3. ޅ. ނައިފަރު އައުޓްރީޗް ސެންޓަރ
  4. ހއ. ދިއްދޫ އައުޓްރީޗް ސެންޓަރ
  5. ފ. ނިލަންދޫ އައުޓްރީޗް ސެންޓަރ
  6. ނ. ކެނދިކުޅުދޫ އައުޓްރީޗް ސެންޓަރ
  • މުއްދަތު: 1 އަހަރު ދުވަސް
  • އުޖޫރަ: ރަމްޒީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މީލާދީ މަހަކު -/1000 (އެއްހާސް ރުފިޔާ) ޑިސެމްބަރ 2020 ފިޔަވައި

 މަސްއޫލިއްޔަތު:

  • ކްލާސްތަކަށް ކިޔަވައިދޭން މާލެއިން ދަތުރުކުރައްވާ ފާރާތްތަކަށް ކޮއްތާއި ހުރުން ހަމަޖެއްސުމުގައި އެހީތެރިވުން (ކޮއްތާއި ހުރުމަށް ހިނގާ ޚަރަދު ޔުނިވަރސިޓީއިން ދޭނެއެވެ.)
  • ކިޔަވައިދޭން ރަށަށް ދަތުރުކުރައްވާ ލެކްޗަރަރއިންނަށް އިސްތިގުބާލުކުރުމާއި، ހަމަޖެހިފައިވާ ވަގުތަށް ރަށުން ފުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމު ހަމަޖައްސައިދިނުން.
  • ކުލާސްތައް ކުރިއަށްދާއިރު ކުލާސްތައް ހިނގާ ނުހިގާގޮތް ބަލައި، ފެކަލްޓީ އިން ކަނޑައަޅާފައިވާ ގޮތަށް ކްލާސްތައް ކުރިއަށްދާކަން ކަށަވަރުކުރުން.
  • ކުލާސްތައް ކުރިއަށް ދާއިރު ބޭނުންވާ ފޮޓޯ ކޮޕީ ހެދުން، ނުވަތަ ކިޔަވައިދިނުމާ ގުޅިގެން ކުއްލިއަކަށް ދިމާވާ ކަންކަން ކިޔަވައިދޭ ލެކްޗަރަރއިންނާ ގުޅިގެން ހައްލުކުރުން.
  • ކުލާސްތަކަށް އަންނަ ދަރިވަރުންނަށް ކިޔެވުމާ ގުޅިގެން ދިމާވާ ދަތިތައް، ކޯސް ކޯޑިނޭޓަރާ ގުޅިގެން ހައްލުކުރުން.
  • ދަރިވަރުން ހާޑްކޮޕީގެ ގޮތުގައި އެސައިންމެންޓް ހުށައަޅާނަމަ އެސައިމަންޓްތަކާއި، ދަރިވަރުންގެ ކިޔެވުމާގުޅޭ ރެކޯޑްތަކާއި ލިޔުންތައް (މިސާލަކަށް ކްލާސްތަކުގެ ހާޒިރީ އާއި ބައެއް އެސެސްމެންޓް ރެކޯޑް) ފަރުވާތެރިކަމާއެކު ބަލަހައްޓައި، ކޯސް ކޯޑިނޭޓަރު އަންގަވާ ގޮތެއްގެމަތިން ފެކަލްޓީއަށް ފޮނުވުން.
  • ކޯސް ކޯޑިނޭޓަރު / ކޯޑިނޭޓަރުންގެ ލަފާގެ މަތިން ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތަކާއި މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.
  • ދަރިވަރުންގެ ކޯހާ ގުޅޭ އަމަލީ ތަޖުރިބާ ހޯދުމަށް ކޯސް ހިންގާ ސަރަހައްދެއްގެ އެއްވެސް މުވައްސަސާއަކަށް ނުވަތަ ކާރު ޚާނާއަކަށް ދާންޖެހޭނަމަ، ފެކަލްޓީގެ ކޯސް ކޯޑިނޭޓަރުގެ އިރުޝާދުގެ މަތިން އެފަދަ ތަންތަނުގައި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ފުރިހަމަކުރެވޭނެ މަގު ފަހިކުރުމަށް އެހީތެރިވުން.
  • ކޮންމެ ސެންޓަރެއްގެ އިމްތިހާނުތައް ބޭއްވުމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ފެކަލްޓީގެ ލަފާގެ މަތިން ކުރުން.
  • އިސްވެދިޔަ ކަންތަކުގެ އިތުރުންވެސް ދަރިވަރުންނާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ކޯޑިނޭޓަރ/ކޯޑިނޭޓަރުންނާ ގުޅުއްވައިގެން ހައްލުކޮށްދިނުން.

           ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ފެބްރުވަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ސިޓީ ނުވަތަ އީމެއިލް ([email protected]) ފޮނުއްވުން އެދެމެވެ.

13 ފެބުރުވަރީ 2020
ހޯދާ