ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 08/IUL)95-A/1/2020)

ތާރީޚް: 12 ފެބުރުވަރީ 2020

މަގާމް:     

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: GS3

ކޯޓް / ސެކްޝަން

ދިވެހިރާއްޖޭގެ ހައިކޯޓު

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

4465/- ރުފިޔާ

ސަރވިސް އެލަވަންސް                

1500/- ރުފިޔާ

ލިވިންގ އެލަވަންސް

2,850/- ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45)

އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުންއިތުރުގަޑީގެފައިސާދެވޭނެއެވެ.

މަގާމުގެ  ޝަރުތު:

  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް" ނުވަތަ " ހަޔަރ ސެކްނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

 

  • މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަގާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ރެކޯޑް ނެގުން. (ޝަރީޢަތް ހިނގަމުންދާއިރު ކުރެވޭ ރިކޯޑިންގ އަޑުއަހައިގެން ސްކްރިޕްޓް ލިޔުން).
  2. ނިމެމުންދާ މައްސަލަތަކުގެ ލިޔުންތައް ހަމަކޮށް، ފައިލްކުރުން.
  3. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް ދޫކުރުން.
  4. ކުށުގެ ރިކޯޑް ސާފުކޮށް ފޯމުތައް ޙަވާލްކުރުން.

 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

 

  1. ވަޒީފާއަށް އެދި ހުށަހަޅާފޯމް.
  2. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާ އެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.) އަދި ހުށަހަޅާ އެހެނިހެން ސެޓްފިކެޓާއި ލިޔުންތައް ހުށަހަޅާނީ އެޓެސްޓުކޮށްފައިވާ އަސްލު ކޮޕީއެވެ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް). މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ.

 

އިތުރު އިރުޝާދު

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

ޕޮއިންޓް ދެވޭ ގޮތް

-  ލިބިފައިވާ ތަޢުލީމާއި ތަމްރީން %30

-  ލިބިފައިވާ ތަޖުރިބާ

-  މަސައްކަތަށް ބޭނުންވާ ހުނަރު

-  ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50

 

ސުންގަޑި 

18 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

12 ފެބުރުވަރީ 2020
ހޯދާ