މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

 

(IUL)307/INDIV/2020/15ނަންބަރު:

އިޢުލާން

 

  

ޑްރައިވަރ

މަޤާމް:

1 ޓަނަށް ވުރެ ދަށުގެ މުދާ އުފުލާގޮތަށް ހުންނަ ޓަރައިސައިކަލް. 

2 ޓަނާއި 3 ޓަނާއި ދެމެދުގެ މުދާއުފުލާ ޕިކަޕް.

ދުއްވަންޖެހޭ އުޅަނދުގެ ބާވަތް:

1 (އެކެއް)

ބޭނުންވާ އަދަދު:

ވަގުތީ (6 މަސްދުވަސް)

މަޤާމުގެ ގިންތި:

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ.އިންނަމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކުނިކޮށި).

 

5,300.00 ރުފިޔާ

އަސާސީ މުސާރަ:

150.00 ރުފިޔާ (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް).

ހާޞިރީ އެލަވަންސް:

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 13:00 އިން ހަވީރު 17:00 އަށް.

މަސައްކަތް ކުރަންޖެހޭ ގަޑި:

  1. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.  (އިތުރު ގަޑީގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 50 ރުފިޔާ).

 

އިތުރު ޢިނާޔަތްތައް:

  1. ރަށު ފެންވަރުގައި  ކުނިމެނޭޖްކުރުމަށްޓަކައި ކައުންސިލްގެ ފަރާތުން ބޭނުންކުރަމުންދާ ވެހިކަލް ދުއްވުން.
  2. ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން ކުނިކޮށްޓަށް ގެނެވޭ އެންމެހާ ކުނިތައް ވަކިކުރުމަށް ލޭބަރުންނަށް އަންގާ އެމަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން.
  3. ކުނިކޮށީގެ ހާލަތު ބަލައި ކައުންސިލަށް މަޢުލޫމާތު ހިއްސާކުރުން.
  4. ކައުންސިލުން އަންގާ ގޮތެއްގެމަތިން ކުނިތައް ނައްތާލުމުގެ މަސައްކަތް ލޭބަރުން ލައްވާ ކުރުވުން.
  5. ކުނި އުފުލުމަށް ބޭނުންކުރާ ވެހިކަލްގެ އެންމެހާ ކަންކަން ކައުންސިލްގެ ފަރާތުން އަންގާ ގޮތެއްގެ މަތިން ކުރުން.
  6. ކުނި އުފުލާ ވެހިކަލް ގަވައިދުން ދޮވެ ސާފުކުރުމަށް ލޭބަރުންނަށް އަންގާ އެމަސައްކަތް މޮނިޓަރ ކުރުން.
  7. މަސައްކަތުގެ ދާއިރާއިން ކައުންސިލްގެ ފަރާތުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލިޔަންކިޔަން އެނގުން.
  2. އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ: C2 އަދި C3 އޮންނަ ފަރާތަކަށް ވުން.
  3. ދިވެއްސަކު ކަމުގައިވުން.
  4. އުމުރުން 55 އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް އިންނަމާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ލިބިފައިވާ ތަޢުލީމް.
  2. މަސައްކަތުގެ ދާއިރާގެ ތަޖުރިބާ.
  3. ލިބިފައިވާ އިތުރު ހުނަރުތައް (އިންޓަވިއު).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ފެބުރުއަރީ  2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 މާރިޗު 2020 އާއި 03 މާރިޗު 2020 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580052 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ      [email protected], [email protected]  އަށެވެ.

 

     

           18 ރަބީޢުލްއާޚިރާ 1441

           12 ފެބުރުއަރީ 2020

 

12 ފެބުރުވަރީ 2020
ހޯދާ