ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

     ޤައުމީ ކުތުބުޚާނާ ހިންގަމުންދާ މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް އިމާރާތާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އިމާރާތުގައި ހަރުކޮށްފައިވާ އެއާރކޯނުތައް ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށް  ބަލަހައްޓައިދޭނެ ފަރާތެއް  ހޯދުމަށް ކުރި މިއޮފީހުގެ ނަންބަރ: (05.02.2020)(IUL)56-CAS/56/2020/6) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.  

     ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2020 ފެބުރުވަރީ 18 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )

މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )

                         18 ޖުމާދަލްއާޚިރާ 1441

12 ފެބުރުވަރީ 2020
ހޯދާ