ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ(ހއފިއްލަދޫ މެޖިސްޓްރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2020/43 

ތާރީޚް:12 ފެބުރުވަރީ 2020

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ   

ރޭންކް: އެމް.އެސް 1

ޢަދަދު

01

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

 ޖުޑީޝަލް އެލަވަންސް: -/1,122 (އަސާސީ މުސާރައިގެ %20)

 ސަރވިސް އެލަވަންސް: -/2,000

 ލިވިންގ އެލަވަންސް: -/2,550

 ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

 

 މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

ޝަރީޢަތާއި ގުޅުން ހުރި މަސައްކަތްތައް

  1. ކޯޓަށް ހުށަހެޅޭ މައްސަލަތައް އަތޮޅުގެ ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ބަލައިގަނެ، މައްސަލަތައް ފަނޑިޔާރާއި ޙަވާލުކުރުން.
  2. ކޯޓަށް ހުށަހެޅޭ މައްސަލަ ތަކާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަ ކުރުމާއި ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުން.
  3. ކޯޓަށް ޙާޟިރު ކުރަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ކޯޓަށް ޙާޟިރުވުމުގެ އަމުރު ތައްޔާރުކޮށް ފަނޑިޔާރު އަންގަވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
  4. ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން ޙާޟިރުވާ މީހުންގެ ޝަރީޢަތުގެ މަޖުލިސް ތައްޔާރުކޮށް ފަނޑިޔާރު އަންގަވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން. 
  5. ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން ގަޑިޖެހިގެން ކޯޓަށް ޙާޟިރުވާ މީހުންގެ ތެރެއިން ޖޫރިމަނާ ކުރަންޖެހޭ ފަރާތްތަށް ޖޫރިމަނާކޮށް ބެލެހެއްޓުން.
  6. ނިމޭ މައްސަލަތަކުގެ ރިޕޯޓް ލިޔުމާއި، ނިމޭ ޤަޟިއްޔާ ނޯޓުކުރާ ފޮތަށާއި، ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޮތަށް މަޢުލޫމާތު ނަގައި ފުރިހަމަކޮށް ބެލެހެއްޓުން.
  7. މަޙްޟަރު ބަޔާންތައް ލިޔެ ބެލެހެއްޓުން.
  8. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޤަވާޢިދުން ލިޔެ ބެލެހެއްޓުން.
  9. އަދަބު ކަނޑައެޅޭ މައްސަލަތަކުގެ ކުށުގެ ރެކޯޑާއި، ޤާނޫނާއި ޚިލާފަށް ކުރާ ވަރީގެ ރެކޯޑް ކަމާބެހޭ ފަރާތްތަކަށް ލަސްނޮކޮށް ފޮނުވާ ބެލެހެއްޓުން.
  10. އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށް އަންނަ މެސެޖުތަކާއި ގުޅިގެން ބަޔާން ނެގުމަށް ހަމަޖައްސަންޖެހޭ އިންތިޒާމް ހަމަޖައްސައި އެފަރާތްތަކަށް ޖަވާބު ފޮނުވުން.
  11. އަދަބު ކަނޑައެޅޭ މައްސަލަތަކުގެ ހުކުމް ތަންފީޒު ކޮށްދެއްވުމަށް ދަންނަވާ ޗިޓް ލަސްނޮކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  12. ކޯޓަށް ހުށަހެޅޭ ވަރި ކާވެއްޏާ ބެހޭ އެންމެހާ ކަންތައްތަކުގެ ތެރެއިން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހާ ކަންތައް ބެލެހެއްޓުން.
  13. ޝަރީޢަތުގެ މަޖުލިސް ޚުލާސާ ލިޔަންޖެހޭ މައްސަލަތަކުގެ ޚުލާސާ ލިޔެ ފައިލްކުރުން.
  14. އޯޑިއޯ ވީޑިއޯ ރެކޯޑް ބަޔާންތައް ޓައިޕްކޮށް ފައިލް ކުރުން.
  15. ދުވަސްވީ ޝަރުޢީ ލިޔުން ހޯދުމަށް އެދޭ ފަރާތްތަކަށް ލިޔުން ދޫކުރުމާއި ބެހޭ ކަންތައްތައް ޤަވާޢިދާއި އެއްގޮތަށް ބެލެހެއްޓުން.
  16. ކޯޓުން ނިންމާ މައްސަލަތަކުގެ ފައިލް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  17. ރަމަޟާން މަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާބެހޭ އެންމެހާ ކަންތައްތައް ހަމަޖައްސާ މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ރަނގަޅަށް އިންތިޒާމްކޮށް ބެލެހެއްޓުން.
  18. ފައިލްކުރަންޖެހޭ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން.

ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

  1. ކޯޓު ހުޅުވާ ލެއްޕުމުގެ އިންތިޒާމު ހަމަޖައްސާ، ކޯޓު ހުޅުވާ ލެއްޕުން ޙަވާލުކޮށްފިނަމަ ކޯޓު ހުޅުވައި ބަންދުކުރުމުގެ ކަންތައްތައް ކުރުން.
  2. ކުށުގެ ރެކޯޑް ސާފުކުރުމަށް ލިބޭ ލިޔުންތަކަށް އަވަހަށް ޖަވާބު ދިނުން.
  3. ކޯޓަށް ލިބޭ ހުރިހާ ލިޔުންތައް އެންޓްރީކޮށް ބެލެހެއްޓުން.
  4. ކޯޓުން ބޭރުކުރަންޖެހޭ ސިޓީ ނުވަތަ މެސެޖު ފަދަ ލިޔުންތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  5. ތަފާސް ހިސާބު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
  6. މެޖިސްޓްރޭޓުންގެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެއްސުން.
  7. ކޯޓުގެ ސެކިއުރިޓީއާއި ގުޅޭ، އެންމެހާ ކަންތައް ބެލެހެއްޓުން.

ޕްރޮކިޔުމަންޓް އަދި ފައިނޭންސްގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

1- ކޯޓަށް ގަންނަ ތަކެއްޗާއި، ލިބޭ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.

2- ކޯޓުގެ އިންވެންޓްރީ ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

3- ނީލަމަށް ފޮނުވަން ޖެހޭތަކެތި ނީލަންކިއުމާއި، އެކަމާއި ގުޅޭ އެންމެހާ ކަންތައްތައް ކުރުމާއި ބެލެހެއްޓުން.

4- ކޯޓުގެ މެޝިނަރީއާއި، ދުއްވާތަކެތި މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓުން.

5- ކޯޓުގެ ފައިސާއާއިބެހޭ އެންމެހައި ކަންތައްތައް ދާއިމީ އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ދަޢުލަތު މާލިއްޔަތު ޤަވާޢިދާ  އެއްގޮތަކަށް ކުރުން.

6- ކޯޓަށް ލިބޭ ފައިސާ ބަލައިގަތުމާއި ރަސީދު ހެދުމާއި، ފައިސާއާއި ބެހޭ އެންމެހައި ފޮތްތައް ފުރިހަމަކޮށް ބެލެހެއްޓުން.

7- ކޯޓުން އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ އެންމެހައި ފައިސާ ޤަވާޢިދުން އެފަރާތްތަކާއި ޙަވާލުކުރުން.

8- ކޯޓުގެ ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއެކު، ތިޖޫރީ ރިޕޯޓް ޤަވާޢިދުން ހެދުމަށްފަހު ކަމާބެހޭ އިދާރާތަކަށް ފޮނުވުން.

9- ފައިސާއި ބެހޭ އެންމެހައި ރިޕޯޓްތައް ހެދުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމަށް ހަމަޖައްސާފައިވާ ދުވަހަށް ޤަވާޢިދުން ރިޕޯޓްތައް ފޮނުވުން.

10- ފައިސާއާއިބެހޭ އެންމެހައި ލިޔުން ނުވަތަ ރިޕޯޓުތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

11- ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމަށްޓަކައި ކުރަންޖެހޭ ދަތުރުތައް ކުރުން.

12- ހޮވައިގެން ގެނެވޭތަކެތީ ބަލަހައްޓާ، ކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދުވަހުން ދުވަހަށް ޤަވާޢިދުން އަޅައި ތިޖޫރީގައި ބެހެއްޓޭފަދަ އެއްޗެއްނަމަ ތިޖޫރީގައި ބަހައްޓައި ރައްކާތެރިކަމާއެކު އެ އެއްޗެއްގެ މައްސަލަ ނިމެންދެން ބެލެހެއްޓުން.

13- ކޯޓުން ކުރަންޖެހޭ ދަތުރުތައް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތީން އިންތިޒާމްކޮށް ދަތުރުތަކުގެ ރެކޯޑްތައް ޤަވާޢިދުން ބެލެހެއްޓުން.

ހިއުމަން ރިސޯސް ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

1- މުވައްޒަފުން ބޭރަށްދާއިރު ލިޔާފޮތް ތައްޔާރުކޮށް ސޮއިކުރުވާ ބެލެހެއްޓުން.

2- މުވައްޒަފުންގެ މުސާރަ ކަނޑައެޅިފައިވާ މުއްދަތުގައި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

3- މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، ޗުއްޓީ ކަންތައް ހަމަޖެއްސުން.

4- މުވައްޒަފުންގެ އިތުރުގަޑީގެ ކަންތައް ބެލެހެއްޓުން.

5- މުވައްޒަފުންގެ ރެކޯޑް ފައިލްތައް އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6- ކޯޓުގެ އިދާރީ މުވައްޒަފުންނާއި ހަވާލުކޮށްފައިވާ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލުމާއި، ޤަވާޢިދުން މަސައްކަތްތައް ކުރުވުން.

7- ކޯޓުގެ އިދާރީ ކަންތައްތައް، ކޯޓުގެ އެހެން މުވައްޒަފުންނާއި ގުޅިގެން ފަރުވާތެރިކަމާއިއެކު ކުރުން.

8- ކޯޓުގެ އިދާރީ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.

އިންފޮރމޭޝަން ޓެކްނޮލެޖީގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

  1. މެމްސްގެ އެޗް.އާރު މޮޑިއުލްގައި ހިމެނޭ ކޯޓުގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށް ފަސޭހައަކަށް އެކުލަވާލެވިފައިވާ ރޯލްތައް ބޭނުން ކޮށްގެން މަސައްކަތް ފަށާފައިވޭތޯ ކަށަވަރުކޮށް، ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އިތުރުގަޑި އަދި ޗުއްޓީ އެޕްރޫވް ވެފައިތޯ ޗެކްކުރުން.
  2. މުވައްޒަފުން ޤަވާޢިދުން އެޓެންޑެންސް މެޝިން ބޭނުންކުރޭތޯ ބެލުން.
  3. ވަރިކައިވެނީގެ ރެކޯޑްސް ޤަވާޢިދުން މެމްސްއަށް އެންޓަރކުރަމުންދޭތޯ ބެލުމާއި ވައިޓަލް ސްޓެޓިސްޓިކްސްގެ ރިކޯޑުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. މެއިލް މެނޭޖްމަންޓް މޮޑިއުލްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ތަނަށް ވަންނަ ހުރިހާ ލިޔެ ކިޔުންތައް މެމްސްއިން ބަރާބަރަށް އެންޓަރ ކުރެވޭތޯ އާއި، އަދި ބޭރުވާ ލިޔުންތަކުގައި މެމްސްއިން ނަންބަރު ޖަހާތޯ ބެލުމާއި ޤަވާޢިދުން ފިޔަވަޅު އަޅައި މައްސަލަތައް ނިންމުން.
  5. ކޯޓުގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝެޑިއުލްތައް އާއްމު ކުރުން

އަދި މީގެ އިތުރުން ވެސް ޗީފް އެޑްމިނިސްޓްރޭޓަރ ޙަވާލުކުރާ އެންމެހާ ރަސްމީ މަސައްކަތް ކުރުން.

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް / އައިޓީ / ޤާނޫނީ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ޤާނޫނީ ދާއިރާ އަދި އައިޓީ   

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް ހުށަހެޅުން.

6- ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.

7- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

ސުންގަޑި

2020 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓާއި ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6500083 / 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ

 

 

 

 

ކަންތައް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ، އަތޮޅުގެ އެހެން ކޯޓުތަކަށް ދަތުރު ކުރަންޖެހޭ ހާލަތެއްގައި ދަތުރު ކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ޕޮރޮފެޝަނަލް ފެންވަރެއްގައި ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތަކަށްވުން.
  • ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި، ވަޒީފާއާ ބެހޭ ޤާނޫނާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގޭ ފަރާތަކަށްވުން.
  • ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އަހުލުވެރި ފަރާތަކަށްވުން.

 

12 ފެބުރުވަރީ 2020
ހޯދާ