ދިވެހިރާއްޖެ
އިޢުލާން
މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.
| މަޤާމު | މެއިޓަނަންސް އޮފިސަރ | ||||||||||||||||||||||||||||||
| މަޤާމުގެ ނަންބަރު: | HCS021 | ||||||||||||||||||||||||||||||
| ބޭނުންވާ ޢަދަދު: | 01 (އެކެއް) | ||||||||||||||||||||||||||||||
| މަޤާމުގެ ގިންތި: | ކޮންޓްރެކްޓް (31 ޑިސެމްބަރ 2020 ގެ ނިޔަލަށް) | ||||||||||||||||||||||||||||||
| މަޤާމުގެ ރޭންކް: | ޖީ.އެސް 1 | ||||||||||||||||||||||||||||||
| މަޤާމުގެ ކްލެސިފިކޭޝަން: | އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 | އެސިސްޓެންޓް އޮފިސަރ ގްރޭޑް 2 | |||||||||||||||||||||||||||||
| މުސާރާއި އެލަވަންސް: | 
 
 | 
 
 | |||||||||||||||||||||||||||||
| މުސަރާއި އެލަވަންސް އިން އުނިކުރެވޭ ގޮތް: | 
 | 
 | |||||||||||||||||||||||||||||
| މަޤާމުގެ ޝަރުޠުތައް: | 
 | 
 | |||||||||||||||||||||||||||||
| މަޤާމާއި ގުޅޭ ތަޢުލީމީ ރޮނގު(ތައް) | މަޤާމާއި ގުޅޭ މަސައްކަތު ދާއިރާ(ތައް) | ||||||||||||||||||||||||||||||
| 
 | 
 | ||||||||||||||||||||||||||||||
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ / ހއ. ހޯރަފުށި މުނިސިޕަލް ސަރވިސް ޔުނިޓް | ||||||||||||||||||||||||||||||
| މަސައްކަތް ކުރަންޖެހޭ ދުވަހާއި ވަގުތު: | މަސައްކަތު ވަގުތު | ވަގުތު | |||||||||||||||||||||||||||||
| މަގު ބައްތިތައް ދިއްލުމަށް ކޮންމެ ދުވަހަކު ހަވީރު 17:45 ން 18:15 އަށް | 30 މިނެޓް | ||||||||||||||||||||||||||||||
| މަގު ބައްތިތައް ނިއްވުމަށް ކޮންމެ ދުވަހަކު ހެނދުނު 05:45 ން 06:15 އަށް | 30 މިނެޓް | ||||||||||||||||||||||||||||||
| އިދާރާގައި މަސައްކަތް ކުރުމަށް ކޮންމެ ރަސްމީ ދުވަހަކު 09:00 ން 13:00 އަށް | 04 ގަޑިއިރު | ||||||||||||||||||||||||||||||
| ޖުމްލަ: | 05 ގަޑިއިރު | ||||||||||||||||||||||||||||||
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1. ކޮންމެ ދުވަހެއްގެ ހެނދުނު 05:45 އާއި 06:15 އާއި ދެމެދު ހޯރަފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ އަދި އަލަށް ޖެހުމަށް ހަމަޖެހިފައިވާ ބައްތިތައް ނިއްވުން. 2. ކޮންމެ ދުވަހެއްގެ ހަވީރު 17:45 އާއި 18:15 އާއި ދެމެދު ހޯރަފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ އަދި އަލަށް ޖެހުމަށް ހަމަޖެހިފައިވާ ބައްތިތައް ދިއްލުން. 3. ހޯރަފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ އަދި އަލަށް ޖެހުމަށް ހަމަޖެހިފައިވާ ބައްތިތަކަށް ލިބޭ ގެއްލުންތައް ރަނގަޅުކުރުމާއި ބައްތިތަކުގައި ކުރަންޖެހޭ މަރާމާތުތައް ކައުންސިލްގެ އިދާރާއިން ތަކެތި ދިނުމުން ކުރުން. 4. ހޯރަފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ އަދި އަލަށް ޖެހުމަށް ހަމަޖެހިފައިވާ ބައްތި ތަކުގެ ހޮޅިބުރި، ފޮޓޯސެލް، އީ.އެލް.ސީ.ބީ، ސަރކެޓް ބްރޭކަރ ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކައުންސިލްގެ އިދާރާއިން ތަކެތި ދިނުމުން ކުރުން. 5. ހޯރަފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ އަދި އަލަށް ޖެހުމަށް ހަމަޖެހިފައިވާ ބައްތިތަކުގެ މަރާމާތުކުރުމާއި ހޮޅިދަނޑިގެ ތަށިގަނޑު ހަލާކުވެފައިވާ އަދި ތަށިގަނޑުނެތް ތަންތަނުގައި ތަށިގަނޑު ހަރުކުރުން. 6. ހޯރަފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ އަދި އަލަށް ޖެހުމަށް ހަމަޖެހިފައިވާ ބައްތިތަކުން ކަރަންޓް ކެނޑުމުންނާއި އެނޫންވެސް ޙާލަތެއްގައި ކަރަންޓް ވިއުގަ މަރާމާތުކުރަން ޖެހިއްޖެނަމަ އެމަސައްކަތް ކުރުން. 7. ހޯރަފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ އަދި އަލަށް ޖެހުމަށް ހަމަޖެހިފައިވާ ބައްތި ދަނޑިތަކުގެ ތެރެއިން ދަނބަރު ޖަހާފައިވާ ބައްތި ދަނޑިތަކުން ދަނބަރުކަހާ ދަވާދުލުން. މިކަންކުރާނީ ކައުންސިލްގެ އިދާރާއިން ތަކެތި ދިނުމުންނެވެ. 8. މަސައްކަތް ކުރުމަށް ޙަވާލުވާ ފަރާތުން ހޯރަފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި ޖަހާފައިވާ އަދި އަލަށް ޖެހުމަށް ހަމަޖެހިފައިވާ ބައްތި ތަކުގައި ޖެހުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް މިއިދާރާއިން ތަކެތި ދިނުމުން މިއދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ކުރުން. 9. މަސައްކަތް ކުރުމަށް ޙަވާލުވާ ފަރާތުން މަގުބައްތި ދިއްލުމަށް ކައުންސިލުން ފޯރުކޮށްދޭ ބައްތި ހަރުގަނޑު މަރާމާތުކޮށް ބައްތި ހަރުގަނޑު ހަދަން ޖެހިއްޖެނަމަ އެމަސައްކަތުގައި އެހީތެރިވެދިނުން. 10. މަސައްކަތް ކުރުމަށް ޙަވާލުވާ ފަރާތުން ހޯރަފުށީގެ އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރާއި، މަގުގޯޅިތަކުގައި އަލަށް ޖެހުމަށް ހަމަޖެހިފައިވާ ބައްތިތައް ޖެހުމުގައި އެހީތެރިވެދީ ކަރަންޓް ގުޅުމާއި ކަރަންޓް ވިއުގަ މަރާމާތުކުރުމުގައި އެހީތެރިވުން. 11. އަދި މަސައްކަތަށް ބޭނުންވާ އެނޫންތަކެތި (ބައްތި، ނަރު، ފޮޓޯސެލް، އީ.އެލް.ސީ.ބީ ސަރކެޓް ބްރޭކަރ،އިންސްލޭޝަން ޓޭޕް، ސިލިކަން ފަދަ ތަކެތި) ހޯދަންވާނީ މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތުންނެވެ. 12. މަސައްކަތް ކުރުމުގައި މަސައްކަތް ކުރާ މީހުންނާއި ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެކަށީގެންވާ ގޮތަށް ނޭޅުމުގެ ސަބަބުން މެދުވެރިވާ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ މަސައްކަތް ކުރުމަށް ޙަވާލުވި ފަރާތުންނެވެ. 13. ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިވާ މަގު ބައްތިތަކުގެ ތެރެއިން ލެޑަށް ބަދަލުނުކޮށް ހުރި ބައްތިތަށް ލެޑަށް ބަދަލުކުރުން. މިކަންކުރާނީ ކައުންސިލް އިދާރާއިން ތަކެތި ދިނުމުންނެވެ. 14. މިސްކިތްތަކާއި ގަބުރުސްތާނާއި ކުނިކޮށްޓާއި ދަނޑުތަކާއި ސްޓޭޑިއަމްތަކާއި (ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގެ) އަދި އެހެނިހެން ތަންތަނުގެ ކަރަންޓްގެ މައްސަލަތައް ޙައްލުކޮށްދިނުމުގައި ފުރިހަމަ އެހީތެރިކަން ދިނުން. 15. ރަށު ކައުންސިލްގެ އެދޭ ކަންކަމުގައި އެހީތެރިވެ ދިނުން. 16. ކައުންސިލްގެ އިދާރާއާއި ރައްޔިތުންގެ އިމާރާތްތަކާއި އަދި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އެންމެހައި އިމާރާތްތަކުގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުން | ||||||||||||||||||||||||||||||
| އެހެނިހެން ޝަރުތުތައް: | 
 | ||||||||||||||||||||||||||||||
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 | ||||||||||||||||||||||||||||||
| ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 
 ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ. | ||||||||||||||||||||||||||||||
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބްރުއަރީ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | ||||||||||||||||||||||||||||||
| ޝޯޓް ލިސްޓްކުރުން: | މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. | ||||||||||||||||||||||||||||||
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ފެބްރުއަރީ 19އާއި | ||||||||||||||||||||||||||||||
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން: | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޟީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | ||||||||||||||||||||||||||||||
| އިތުރު މައުލޫމާތު: | މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6500012 ނުވަތަ 6500030 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. | ||||||||||||||||||||||||||||||
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
17 ޖުމާދަލްއާޚިރާ 1441
 
                    