މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
16000 ބޮނބިކާށި ގަންނަން ބޭނުންވެއްޖެ

މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބިންތަކާއި މަގުތަކުގައި އިންދުމަށާއި ރަށުގެ ރައްޔިތުންނަށް ބެހުމަށް 16000 (ސޯޅަހާސް) ކާށި (ބޮނބިކާށި) ގަންނަން ބޭނުންވެއްޖެ އެވެ. ގަންނަން ބޭނުންވާ ބާވަތްތައް ތިރީގައި އެވަނީއެވެ.

8000 ކާށި (ހައިބްރިޑް ޑްވާރފް، ގްރީން)

8000 ކާށި (ހައިބްރިޑް ޑްވާރފް، ޔެލޯ)

         ވީމާ މިއިދާރާއަށް މިތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން، 16 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މި ތަކެތި ސަޕްލައިކޮށްދިނުމަށް އެސްޓިމޭޓް ހުށަހެޅޭނީ ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓް ބަލައިގަތުމަށް ހަމަޖެހިފައެއްނުވެއެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ޖުމާދަލްއާޚިރާ 1441

11 ފެބުރުވަރީ 2020
ހޯދާ