ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (ކ.މާލެ)

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

35

މުސާރަ:

މަހަކު 10,582.19 ރ

ސަރވިސް އެލަވަންސް:

މަހަކު 4,535.22  ރ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 7/8ގެ ސެޓްފިކެޓަކަށްފަހު މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 5ގެ ސެޓްފިކެޓަކަށްފަހު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ  ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

  1. އިދާރީ މުވައްޒަފުން ޤަވާއިދުން މަސައްކަތްކުރޭތޯ ބަލާ، ސެންޓަރުގެ ވެރިޔާގެ ލަފާގެމަތިން މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުމާއި މަސައްކަތް ކުރުވުން.
  2. ސެންޓަރުން ތަންތަނަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް ލިޔެ، ފޮނުވުން.
  3. ތަކެތި އިންވެންޓްރީ ކުރުމާއި އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުން.
  4. ސްޓޮކުން މަދުވާތަކެތި ބަލައި އޮފީހަށް ބޭނުންވާ ތަކެތި އޮފީހަށް ދަތިނުވާނޭހެން ހޯދުމާއި ސްޓޮކްބެލެހެއްޓުން.
  5. ކްލާސްރޫމްތަކާއި، އޮފީހުގެ އެތެރެއާއި ބޭރު ކޮންމެމަހަކު އެއްފަހަރު މޮނިޓަރކޮށް، ކުރަންޖެހޭ މަރާމާތުތައް ފާހަގަކޮށް މަރާމާތުގެ އެންމެހައި ކަމެއް ބެލެހެއްޓުން.
  6. ބީލަމަށްލައިގެން އޮފީހުން ކުރަންޖެހޭ އެންމެހައި ކަމެއް ބެލެހެއްޓުން.
  7. ކްލާސްރޫމްތަކާއި، ފާޚާނާތަކާއި، އޮފީހުގެ އެހެންތަންތަން ރަނގަޅަށް ސާފުކުރޭތޯ ބަލައި، ކަމާގުޅޭ މުވައްޒަފުންލައްވާ އެކަންކަން ކުރުވުން.
  8. އޮފީސްހިންގުމަށް ހޯދަންޖެހޭ ފަރުނީޗަރާއި، އިކްއިޕްމަންޓާއި މެޝިނަރީފަދަ ތަކެތި ފާހަގަކޮށް، ސެންޓަރުގެ ވެރިޔާގެ ލަފަޔާއެކު އެތަކެތި ހޯދުމުގެ އެންމެހައި މަސައްކަތެއްކުރުން.
  9. އުކާލާ ތަކެއްޗާއި، ނީލަންކިޔާ ތަކެއްޗާއި، ނައްތާލާތަކެތި ފާހަގަކޮށް، އެފަދަ ތަކެތި އޮފީހުގައި ގިނަވެފައި ނުހުންނާނެ ގޮތެއްގެ މަތިން، ގަވާއިދާއެއްގޮތަށް ނައްތާލުން / އިންވެންޓްރީއިން އުނިކުރުން.
  10. އިދާރީގޮތުން ދިމާވާ ކަންކަމާއި ކުއްލިއަކަށް ދިމާވާ ކަންކަން އޮފީހުގެ ވެރިޔާގެ ލަފާގެ މަތިން ހައްލުކޮށް ނިންމުން.
  11. ފެކަލްޓީން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ހަރާކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އިސްނަގާ ހަރަކާތްތެރިވުން.
  12. ފެކަލްޓީގެ ފަރާތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2020 ފެބުރުވަރީ 18 ވާ އަންގާރަ ދުވަހުގެ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ ކޮންޓްރެކްޓް އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345408 ނަމްބަރު ފޯނަށެވެ.
11 ފެބުރުވަރީ 2020
ހޯދާ