ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކާރު ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: IUL)120/1/2020/21)

އިޢުލާން

 

ކާރު ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

       މިޑިޕާޓްމަންޓުން ހިންގާ އިމްތިޙާންތަކާއި ގުޅިގެން ކުރަންޖެހޭ ކާރާއި ޕިކަޕް ދަތުރުތައް އެއް އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)/120/1/2020/11 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

 ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުއަރީ 13 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ފެބްރުއަރީ 18 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް ޙާޒިރުވާ  ފަރާތްތަކަށް އެކަންޏެވެ.

          16 ޖުމާދުލް އާޙިރާ  1441

          10 ފެބްރުއަރީ     2020   

11 ފެބުރުވަރީ 2020
ހޯދާ