މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ރެފްރިޖިރޭޝަން އަދި އެއަރ ކޮންޑިޝަނިންގ މަސައްކަތް ކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމާ ބެހޭ

ކިގާލީ އެމެންޑްމެންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރއަށް ދިވެހި ރާއްޖޭގެ ފަރާތުން ގެނެވުނު ބަދަލުތަކާ ގުޅިގެން އައު ފްލޭމެބަލް ރެފްރިޖިރެންޓްތައް ރާއްޖެއަށް އެތެރެކުރެވޭނެއެވެ. އަދި މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ އިތުރުން ފްލޭމަބަލް ރެފްރިޖަރެންޓް އާއި ބެހޭ ތަމްރީނު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

 

ވީމާ، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޓެކްނީޝަން ތަމްރީނު ކުރުމާއި ސަޕޯރޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ މިދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނާއި ތަންތަން (ވާރކްޝޮޕްތައް) މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

 

މި ނޭޝަނަލް ޓްރެއިނިންގ އަދި ސަޕޯޓް ޕްރޮގްރާމްތަކުގައި ބައިވެރިވާ ފަރާތްތައް ނުވަތަ ކުންފުނިތަކަށް ޤައުމީ އަދި ބައިނަލްއަގުވާމި ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ބައިނަލްއަގުވާމި ފެންވަރުގެ ރިފްރިޖެރަންޓް ޑްރައިވިންގ ލައިސަންސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުތައް ހުޅުވިގެން ދާނެއެވެ.

މިފަދަ ޓެކްނިކަލް ސަޕޯޓް ޕްރޮގްރާމްތަށް މެދުވެރިކޮށް ކުރިއަށް އޮތް މުސްތަޤުބަލުގައި އަންނާނެ ބަދަލުތަކަށް ތައްޔާރުވުމުގެ ފުރުސަތު ޓެކްނީޝަނުންނަށް ހުޅުވިގެން ދާނެއެވެ. ވީމާ، ޝައުގުވެރި ފަރާތްތައް ނުވަތަ ކުންފުނިތައް މި ތިރީގައިވާ ކުރެވިފައިވާ ފޯމް ފުރިހަމަކޮށް މިމިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.

 

ސުންގަޑި: 27 ފެބްރުއަރީ 2020ވާ އާދިއްތަ ދުވަހުގެ މެންދުރު 12:30ގެ ކުރިން

 

އިތުރުމައުލޫމާތު:

ފޯނު: 3018369، 3018361

ފެކްސް: 3018301

އީމެއިލް:[email protected] 

09 ފެބުރުވަރީ 2020
ހޯދާ