ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ޤުރުއާން ޕޫލް ދަރިވަރުންނަށް ކޯޗެއް ބޭނުންވެއްޖެ

`

ކަލާފާނު ސްކޫލް

މާލެ ދިވެހިރާއްޖެ

ނަމްބަރު: KS-R/IUL/2020/18

 ޤުރުޢާން ޕޫލްގެ ދަރިވަރުންނަށް ރާގު ދަސްކޮށްދިނުމަށް ކޯޗެއް ބޭނުންވެއްޖެ

 ތަފްޞީލް: 

މިސްކޫލްގެ ޤުރުޢާން ޕޫލްގެ ދަރިވަރުންގެ ތެރެއިން ބަލައިގެން ކިޔަވާ ދަރިވަރުންނަށް ރާގު ދަސްކޮށްދިނުމަށް ކޯޗެއް ބޭނުންވެއެވެ.

 

ފެންވަރު ނުވަތަ ޝަރުތު:  

ޤުރުޢާން ކިޔެވުމުގެ ގިނަ ރާގުތައް ދަންނަ، ކިޔަވައި ދިނުމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ އިން މަތީ ސެޓްފިކެޓެއް ހާސިލްކުރައްވާފައިވުން.

މުއްދަތު: 

3 މަސް ދުވަސް (3 މަސް ހަމުވުމުން އިތުރު މުއްދަތަށް މިމަސައްކަތް ކުރިއަށް ގެންދަން ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތަށް ބަލާ ކޮންމެ 3 މަހަކުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އިތުރުކުރެވޭނެއެވެ.)

އުޖޫރަ: 

މިމަސައްކަތުގެ އުޖޫރަ ކަންޑައެޅުމަށް ހަމަޖެހިފައިވަނީ ޓީޗަރުންގެ އޮނިގަނޑުގައިވާ އުޞޫލުން ހާޞިލްކުރައްވާފައިވާ  ތަޢުލީމީ ސެޓްފިކެޓް ތަކަށް ބަލައިގެން  ދެފަރާތުން އެއްބަސްވާ ގޮތަކަށެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން: 

މިމަގާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ތަޖުވީދު މަގުން ރީތިކޮށް ޤުރުޢާން ކިޔަން އެގޭ ފަރިތަކޮށްދެއްވުމުގެ ތަޖުރިބާއަށް އަދި ސްކޫލުން ހަމަޖައްސާ ގަޑިތަކަށް ހާޒިރުވެވޭ އަދި ޓީޗިންގ ދާއިރާއިން ތަޖުރިބާ ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

 

މި ވަޒީފާ ޝައުޤުވެރިލައްވާ ފަރާތްތަކުން 19 ފެބުރުއަރީ 2020 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ނުވަތަ ސިޓީ އަދި ސެޓްފިކެޓްތަކުގެ ކޮޕީ އާއި އައިޑީކާޑުގެ ކޮޕީ ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3326607 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 16 ޖުމާދުލްއާޚިރު 1441

10 ފެބުރުއަރީ 2020

10 ފެބުރުވަރީ 2020
ހޯދާ