އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ފުވައްމުލައް ސިޓީގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން

ނަންބަރު:A)CA-2020/086)

އިޢުލާން

 

2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ފުވައްމުލައް ސިޓީގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން މިދަންނަވަނީއެވެ.

 

ވޯޓުފޮށީގެ ނަންބަރު

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށި ބަހައްޓާ ތަން

354

R1.1

ފުވައްމުލައް ހުޅަނގު އުތުރު-1

މި ފޮށްޓަށް ވޯޓުލާނީ ދަޑިމަގު އަވަށުގެ ކޮއްކިރިމަގުން ދެކުނަށް، ގެންމިސްކިތް މަގުން ހުޅަނގަށް، ކޮއްކިރިގޯޅިން ދެކުނަށް ގޮސް ކޮއްކިރިގޯޅި ނިމޭ ހިސާބުން ހުޅަނގަށް ފިނިވާމަގާއި ނޫމަރާގޯޅި އާއި ގުޅިގެން އުތުރަށް އަދި ޕްލާޒާގޯޅި އާއި ހަނދުވަރީގޯޅީގެ އުތުރުން ހުރި ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި  ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް ހުޅަނގު އުތުރު، މަދަތުސަތުލް ޝައިޙް މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ ހޯލްގައި

355

R1.2

ފުވައްމުލައް ހުޅަނގު އުތުރު-2

މި ފޮށްޓަށް ވޯޓުލާނީ ފިނިވާމަގާއި ނޫމަރާގޯޅި އާއި ގުޅިގެން ދެކުނުން އަދި ޕްލާޒާގޯޅި އާއި ހަނދުވަރީގޯޅީގެ ދެކުނުން ހޯދަޑު އަވަށާއި ދިގުވާޑު އަވަށާއި ގުޅޭ ނުކުތާއިން ފިނިވާމަގުން އުތުރަށް، ކުރިކީލަގޯޅިން ހުޅަނގަށް، ސޯސަންމަގުން އުތުރަށް، ޑައިމަންޑް ކިޔާގޭގެ ކަންމަތިން ހުޅަނގަށް ގޮސް، ލިޝްކިޔާގެ ކަންމަތިން އުތުރަށް، އަރުއްފައްނުމަގުން ހުޅަނގަށް، ޖަމާލުއްދީނު ނައިބުތުއްތު މަގުން ދެކުނަށް، މާދަޑު އަވަށާއިގުޅޭ ނުކުތާއިން އުތުރަށް ހުރި ދިގުވާޑު އަވަށުގެ ހުރިހާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް ހުޅަނގު އުތުރު، މަދަތުސަތުލް ޝައިޙް މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ ހޯލްގައި

356

R2.1

ފުވައްމުލައް އިރު އުތުރު-1

މި ފޮށްޓަށް ވޯޓުލާނީ ހަވިއްތަމަގުގެ ހޯދަޑު ފުޓްސެލް ދަނޑުގެ އުތުރަށް ހުރި ހުރިހާގެއަކާއި އަދި ދަޑިމަގު އަވަށުގެ ކޮއްކިރިމަގުން ދެކުނަށް، ގެންމިސްކިއްމަގުން ހުޅަނގަށް، ކޮއްކިރިގޯޅިން ދެކުނަށް ގޮސް ކޮއްކިރިގޯޅި ނިމޭ ހިސާބަށް އިރަށް ހުރި ފުވައްމުލަކު ހުޅަގު އުތުރު ދާއިރާގެ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް އިރު އުތުރު، ކުރީގެ ދަނޑިމަގު ކައުންސިލް އިދާރާގެ ހޯލުގައި

357

R2.2

ފުވައްމުލައް އިރު އުތުރު-2

މި ފޮށްޓަށް ވޯޓުލާނީ ހަވިއްތަމަގުގެ ހޯދަޑު ފުޓްސެލް ދަނޑުގެ ދެކުނަށް ހުރި ފުވައްމުލަކު ހުޅަގު އުތުރު ދާއިރާގެ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް އިރު އުތުރު،  ނާއިބް އަބޫބަކުރު ސްކޫލްގެ ހޯލުގައި

358

R3.1

ފުވައްމުލައް މެދު އުތުރު-1

މި ފޮށްޓަށް ވޯޓުލާނީ  ހޯދަޑު އަވަށާއި ދިގުވާނޑު އަވަށާއި ގުޅޭ ނުކުތާއިން ފިނިވާމަގުން އުތުރަށް، ކުރިކީލަގޯޅިން ހުޅަނގަށް، ސޯސަންމަގުން އުތުރަށް، ޑައިމަންޑް ކިޔާގޭގެ ކަންމަތިން ހުޅަނގަށް ގޮސް، ލިޝްކިޔާގެ ކަންމަތިން އުތުރަށް، އަރުއްފައްނުމަގުން ހުޅަނގަށް، ޖަމާލުއްދީނު ނައިބުތުއްތު މަގުން ދެކުނަށް، މާދަޑު އަވަށާއިގުޅޭ ނުކުތާއިން ދެކުނަށް ހުރި ހުރިހާ ގެއެއް، (ދިގުވާނޑުން މެދުއުތުރުދާއިރާ އަށް ނިސްބަތްވާ ހުރިހާ ގެއެއް)، މާދަޑު އޯކިޑްމަގުގެ ދެކުނުން، ރުވާޖެހިމަގުގެ އުތުރަށް ވަލިގެދަރިމަގުގެ ދެކުނުން މިރިރިގޯޅީގެ އިރުން މޫނިމާގެ ގޯޅީގެ ދެކުނުން ހުރި މާދަޑު އަވަށުގެ ހުރިހާ ގެއަކާއި  (ލޮމޭ ކަންމަތިން ފެށިގެން ޒަމީން ހޭޒްލީން އާއި ހަމައަށް ، އަދި ޝެރީ ގޯތި ހިމެނޭ ގޮތަށް މޫނިމާގޯޅީގެ ހުޅަގު ދެކުނުން ހުރިހާ ގެއަކާއި، އޯކިޑްމަގުގެ މޫނިމާގެއިން ފެށިގެން ލޮމޭއާ ހަމައަށް ހުރިހާ ގެއެއް) ނާރޮވައްމަގުގުގެ އިރުން މުޙައްމަދު ޖަމާލުއްދީންނާއިބު ތުއްތުމަގުގެ އުތުރުން ފީނދިފަންނުމަގުގެ ހުޅަގުން ފެންފުވައްމަގުގެ ދެކުނުން ހިމެނޭ މާދަޑު އަވަށުގެ ހުރިހާ ގެއަކާއި (ފެންފުވައްމަގުގެ ރިހިވިއު ގޯތިން އިރަށް ވެސެލް ގޯއްޗާއި ހަމައަށް ހުރިހާ ގެއަކާއި) ނާރޮވައްމަގުގުގެ އިރުން ފެންފުވައްމަގުގެ އުތުރުން ޒިޔާރަތްފަންނުމަގުގެ ހުޅަގުން ރުވާޖެހިމަގުގެ ދެކުނުން ހުރި މާދަޑު އަވަށުގެ ހުރިހާ ގެއެއް (ފެންފުވައްމަގުގެ މަދެށި ގޯތިން ފެށިގެން ބޮންސާއި ގޯއްޗާއި ހަމައަށް، ޒިޔާރަތްފަންނަމަގުގެ ބޮންސާއީ ގޯތިން ފެށިގެން ސައިބޯނި ގޯއްޗާއި ހަމައަށް، ރުވާޖެހިމަގުގެ ސައިބޯނިގެ ގޯތިން ފެށިގެން ޖަރީ / މަސްޖިދުލްއިހްސާން އާއި ހަމައަށް، ނާރޮވައްމަގުގެ މަސްޖިދުލްއިހްސާން އިން ފެށިގެން މަދެށި ގޯއްޗާއި ހަމައަށް ހުރި މާދަޑު ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް މެދު އުތުރު،  ފުވައްމުލަކު އިޖްތިމާއީ މަރުކަޒުގެ ކުޅިވަރު ހޯލުގައި

359

R3.2

ފުވައްމުލައް މެދު އުތުރު-2

މި ފޮށްޓަށް ވޯޓުލާނީ  މާލެގަން އަވަށާއި ޣާޒީމަގާއި ގުޅޭ ނުކުތާއިން ޣާޒީމަގުން ހުޅަނގަށް، އޯކިޑުމަގުން އުތުރަށް، ހަނދާނީގޯޅިން ހުޅަނގަށް، ކުދިމާގޯޅިން ދެކުނަށް، ޤާޒީމަގުން ހުޅަނގަށް، ވައިލެޓްމަގުން އުތުރަށް، އާބާދީހިނގުމުން ހުޅަނގަށް، ކާނޭޝަން މަގުން ދެކުނަށް، ޤާޒީމަގުން ހުޅަނގަށް ގޮސް ޖަމާލުއްދީނު ނައިބުތުއްތު މަގާއި ގުޅޭ ނުކުތާއަށް އުތުރަށް ހުރި މިސްކިތްމަގުގެ ހުރިހާ ގެއަކާއި، ރުވާޖެހިމަގުގެ އިރުދެކުނުން، ޒިޔާރަތްފަންނުމަގުގެ އިރުން ފެންފުވައްމަގުގެ ދެކުނުން ފީނދިފަންނުމަގުގެ ހުޅަގުން، ނަސްރީނުގޯޅީގެ ދެކުނުން، ރަށްދެބައިމަގުގެ ހުޅަގުން، މާދަޑު ހުރިހާ ގެއެއް، (މާދަޑު މަސްޖިދުލް އިނާރާ ނުކުތާއިން ފެށިގެން ސާވަން ގޯތި ފެށޭ ނުކުތާއިން، ވިނަރެސް ގޯތި ފެށޭ ނުކުތާއިން،  ގިލަފަށި ފެށޭ ނުކުތާއިން ވާދޫގެ ފެށޭ ނުކުތާއިން މަސްޖިދުލްއިނާރާ އާއި ހަމައަށް)، މާދަޑު އޯކިޑްމަގުގެ ދެކުނުން، ނަރުގިސްމަގުގެ ހުޅަގުން ބަހާރުމަގުގެ ދެކުނުން ހިރިމާގޯޅިން އިރަށް ކަރަންކާގޯޅިން އުތުރަށް ހުރި މާދަޑު އަވަށުގެ ހުރިހާ ގެއަކާއި (ސަމާ ގޯތިން ދޫނޑޭރެ ފެށޭ ނުކުތާއިން ކުޑަ ގޯތި ފެށޭ ނުކުތާއިން ހިރިމާގޯޅި އާއި ކަރަންކާމަގުގައި ހިމެނޭ މާދަޑު އަވަށުގެ ހުރިހާ ގެއެއް.) ނަރުގިސްމަގުގެ އިރުދެކުނުން ދުވައްފާނޑުމަގުގެ އިރުން މަލިލަނބުގޯޅީގެ ހުޅަގުން ހިމެނޭ ހުރިހާ ގެއެއް (ނަރުގިސްމަގުގެ މުތީ ގޯތި ފެށޭ ނުކުތާއިން ދުވައްފާނޑުމަގުގެ ބައިތުއްސަޢާދާ ގޯތި ނިމޭ ނުކުތާއަށް، މުތީ ގޯތިން ފެށިގެން ފެންގަޑިމަގުގާއި ހަމައަށް މަހިލަނބުގޯޅީގައި ހިމެނޭ މާދަޑު އަވަށުގެ ހުރިހާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް މެދު އުތުރު، 

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި

360

R4.1

ފުވައްމުލައް ހުޅަނގު ދެކުނު-1

މި ފޮށްޓަށް ވޯޓުލާނީ  ހާނޖިއެޅެމަގުގެ ދެކުނުން، ފުނަމާމަގުގެ އިރުދެކުނުންގޮސް މިދިލިމާގޯޅިއާއި ހަމައަށް، މިދިލިމާގޯޅީ އާއި އިރުދޭމާގޯޅީގެ ދެކުނަށް ހުސްނުހީނާމަގުންގޮސް ދެގަންދެމެދެމަގުގެ އިރު އަދި ހުޅަނގު ހިމެނޭގޮތަށް، ބޮޑުފަންނުމަގުން ބާރިޝްގޯތި ހިމެނޭގޮތަށް ނާއިބުތުއްތުމަގުން އުތުރުން ހާނޖިއެޅެމަގާއި ގުޅޭ ހިސާބަށް ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް ހުޅަނގު ދެކުނު،  ހާފިޒް އަޙްމަދު ސްކޫލްގެ ހޯލުގައި

361

R4.2

ފުވައްމުލައް ހުޅަނގު ދެކުނު-2

މި ފޮށްޓަށް ވޯޓުލާނީ އިރުދޭމާ ގޯޅީއާއި މިދިލިމާގޯޅީގެ އުތުރުން ފުނަމާމަގާއި ގުޅުނު ހިސާބަށް، އަދި ފުނަމާމަގުން ހުޅަނގުއުތުރަށް ހާނޖިއެޅެމަގާއި ހަމައަށް، ހާނޖިއެޅެމަގުން އުތުރަށް ނާއިބުތުއްތުމަގާއި ގުޅުނު ނުކުތާއަށް،ޖަމާލުއްދީނު ނައިބުތުއްތު މަގާއި މިސްކިތްފަންނެ މަގާއި ގުޅޭ ނުކުތާއިން، މިސްކިތްފަންނު މަގުން އިރަށް، ރޯޝަނީމަގުން އުތުރަށް، އަލިވާ މަގުން އިރަށް، ގުލްހަޒާރުމަގުން ދެކުނަށް، މާޑިގޯޅިން އިރަށް، ނޫރާނީ ގޯޅިން އިރަށް، ހުސްނުހީނާމަގުން ގޮސް އިރުދޭމާގޯޅީއާއި ގުޅުނު ހިސާބުން އުތުރަށް ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް ހުޅަނގު ދެކުނު، ޒިކުރާ ކޮލެޖްގެ ހޯލުގައި

362

R5.1

ފުވައްމުލައް މެދު ދެކުނު-1

މި ފޮށްޓަށް ވޯޓުލާނީ ވައިލެޓްމަގުން އުތުރަށް، އާބާދީހިނގުމުން ހުޅަނގަށް، ކާނޭޝަން މަގުން ދެކުނަށް، ޤާޒީމަގުން ހުޅަނގަށް ގޮސް ޖަމާލުއްދީނު ނައިބުތުއްތު މަގުން ދެކުނަށް، މިސްކިތްފަންނު މަގުން އިރަށް، ރޯޝަނީމަގުން އުތުރަށް، އަލިވާ މަގުން އިރަށް، ގުލްހަޒާރުމަގުން ދެކުނަށް، މާޑިގޯޅިން އިރަށް، ނޫރާނީ ގޯޅިން އިރަށް، ހުސްނުހީނާމަގުން ގޮސް ފުނާޑު އަވަށާއި ގުޅޭ ނުކުތާއަށް އުތުރަށް ހުރި މިސްކިތްމަގުގެ ހުރިހާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް މެދު ދެކުނު، 

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި

363

R5.2

ފުވައްމުލައް މެދު ދެކުނު-2

މި ފޮށްޓަށް ވޯޓުލާނީ މާލެގަން އަވަށުގެ ހުރިހާ ގެއަކާއި މާލެގަން އަވަށާއި ޣާޒީމަގާއި ގުޅޭ ނުކުތާއިން ޣާޒީމަގުން ހުޅަނގަށް  ހުސްނުހީނާ މަގާ ހަމައަށް، އަދި އޯކިޑު މަގުން ހުޅަގު ދެކުނުން ހަނދާނީގޯޅި ގުޅުނު ނުކުތާ އަށް (މާލެގަން އަވަށު ހުރިހާ ގެއަކާއި މިސްކިތްމަގު އަވަށުގެ މައިމޫންވިލާ، ރަމްޒީގެ، ޒެމް، ޗިޗަންޑާގެ، ސޯސަންވިލާ، ޖަވާހިރުމާގެ، ބިނާ، މޫރިތިގެ، އަދި އާލަމް.)  ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް މެދު ދެކުނު، ޒިކުރާ ޕްރީ ސްކޫލްގެ ހޯލުގައި

364

R6.1

ފުވައްމުލައް އިރު ދެކުނު-1

މި ފޮށްޓަށް ވޯޓުލާނީ ބަހާރުމަގުގެ ދެކުނުން މީރަންގެ ހިމެނޭ ގޮތަށް އިރުދެކުނު ދާއިރާގެ ހުރިހާ ގެއަކާއި  ބަހާރުމަގުގެ އުތުރުން ބިޅިފޭށިމަގުގެ އިރުން ހިމެނޭ އިރުދެކުނު ދާއިރާގެ ހުރިހާ  ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް އިރު ދެކުނު، ފުވައްމުލަކު ސްކޫލްގެ ހޯލުގައި

365

R6.2

ފުވައްމުލައް އިރު ދެކުނު-2

މި ފޮށްޓަށް ވޯޓުލާނީ ބިޅިފޭށިމަގުގެ ހުޅަގުން މުޙައްމަދު ޖަމާލުއްދީނުނާއިބުތުއްތުމަގުގެ އުތުރުން އިރުދެކުނު ދާއިރގެ ހުރިހާ ގެއަކާއި، ބޮޑުފަންނުމަގުގެ އުތުރާއި ދެކުނުން ހުރި ހުރިހާ ގެއަކާއި، ބަހާރުމަގުގެ ދެކުނުން، މައްސާގުގެ ހިމެނޭގޮތަށް މައްސާގުގޯޅިގެ ހުރިހާ  ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ފުވައްމުލައް ސިޓީ،

ފުވައްމުލައް އިރު ދެކުނު، ފުވައްމުލަކު ސްކޫލްގެ ހޯލުގައި

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

16 ޖުމާދަލް އާޚިރާ 1441

 

 

10 ފެބުރުވަރީ 2020
ހޯދާ