އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އައްޑޫ ސިޓީގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން

ނަންބަރު:A)CA-2020/087)

އިޢުލާން

 

2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އައްޑޫ ސިޓީގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން މިދަންނަވަނީއެވެ.

 

ވޯޓުފޮށީގެ ނަންބަރު

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށި ބަހައްޓާ ތަން

366

S1.1

ހިތަދޫ މޫލެކެޑެ-1

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނު މަގާއި، ނަސީމީ ހިގުން ގުޅޭ ނުކުތާއިން ފެށިގެން ހުޅަނގަށް، ރަތްފުސް ގޯޅިން އުތުރަށް، ޑޭޒީމަގުން ހުޅަގަށް ގޮސް ޑޭޒީމަގު ނިމޭ ހިސާބުގެ އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ، ހިތަދޫ،

ހިތަދޫ ސްކޫލްގެ ހޯލްގައި

367

S1.2

ހިތަދޫ މޫލެކެޑެ-2

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނު މަގާއި، ނަސީމީ ހިގުން ގުޅޭ ނުކުތާއިން ފެށިގެން ހުޅަނގަށް، ރަތްފުސް ގޯޅިން އުތުރަށް، ޑޭޒީމަގުން ހުޅަގަށް ގޮސް ޑޭޒީމަގު ނިމޭ ހިސާބުން ދެކުނަށް، އަދި ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނު މަގާއި، ފިޔާތޮށި ހިނގުން ގުޅޭ ނުކުތާއިން ހުޅަނގަށް، ޒަމާނީ ހިނގުމުން އުތުރަށް، އޯކިޑް މަގުން ހުޅަނގަށް، ހިތިގަސްމަގުން ހުޅަނގަށް ނިމޭ ހިސާބުން އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހިތަދޫ،

ހިތަދޫ ސްކޫލްގެ ހޯލްގައި

368

S2.1

ހިތަދޫ ކޮރޮވައު-1

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނު މަގާއި، ފިޔާތޮށި ހިނގުން ގުޅޭ ނުކުތާއިން ހުޅަނގަށް، ޒަމާނީ ހިނގުމުން އުތުރަށް، އޯކިޑް މަގުން ހުޅަނގަށް، ހިތިގަސްމަގުން ހުޅަނގަށް ނިމޭ ހިސާބުން ދެކުނަށް، އަދި ޝަމްސުއްދީން ބޮޑު ފަޑިޔާރު ތަކުރުފާނު މަގާއި ޒިޔާރަތްމަގު ގުޅޭ ނުކުތާއިން ހުޅަނގަށް، ޒަމާނީ ހިނގުމުން އުތުރަށް، ސަންސެޓް ހިނގުމުން ހުޅަނގަށް، އެޅެދީދީމަގުން އުތުރަށް، ހަނދުވަރީ ހިނގުމުން ހުޅަނގަށްގޮސް ނިމޭހިސާބުން އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހިތަދޫ،

ހިތަދޫ ސްކޫލްގެ ކްލާސްރޫމް 1 ގައި

369

S2.2

ހިތަދޫ ކޮރޮވައު-2

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނުމަގާއި ޒިޔާރަތްމަގު ގުޅޭ ނުކުތާއިން ހުޅަނގަށް، ޒަމާނީ ހިނގުމުން އުތުރަށް، ސަންސެޓް ހިނގުމުން ހުޅަނގަށް، އެޅެދީދީމަގުން އުތުރަށް، ހަނދުވަރީ ހިނގުމުން ހުޅަނގަށްގޮސް ނިމޭހިސާބުން ދެކުނަށް، އަދި ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނު މަގާއި ކެނެރީމަގު ގުޅޭ ނުކުތާއިން ހުޅަނގަށް، ފިޔާތޮށިމަގުން އުތުރަށް، ރަށްދެބައިމަގުން ހުޅަނގަށް، އެޅެދީދީމަގުން އުތުރަށް، ޒިޔާރަތްމަގުން ހުޅަނގަށްގޮސް ނިމޭހިސާބުން އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހިތަދޫ،

ހިތަދޫ ސްކޫލްގެ ކްލާސްރޫމް 2 ގައި

370

S3.1

ހިތަދޫ ބޭރުމަތި-1

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނު މަގާއި ކެނެރީމަގު ގުޅޭ ނުކުތާއިން ހުޅަނގަށް، ފިޔާތޮށިމަގުން އުތުރަށް، ރަށްދެބައިމަގުން ހުޅަނގަށް، އެޅެދީދީމަގުން އުތުރަށް، ޒިޔާރަތްމަގުން ހުޅަނގަށްގޮސް ނިމޭހިސާބުން ދެކުނަށް، އަދި ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނު މަގާއި ޝަބްނަމްހިނގުން ގުޅޭ ނުކުތާއިން ހުޅަނގަށް، ހުސައިނީމަގުން އުތުރަށް، ކަނީރުމަގުން ހުޅަނގަށް، އެޅެދީދީމަގުން އުތުރަށް، ޗާނދަނީހިނގުމުން ހުޅަނގަށް ގޮސް ނިމޭހިސާބުން އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހިތަދޫ،

ނޫރާނީ ސްކޫލްގެ ހޯލްގައި

371

S3.2

ހިތަދޫ ބޭރުމަތި-2

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނު މަގާއި ޝަބްނަމްހިނގުން ގުޅޭ ނުކުތާއިން ހުޅަނގަށް، ހުސައިނީމަގުން އުތުރަށް، ކަނީރުމަގުން ހުޅަނގަށް، އެޅެދީދީމަގުން އުތުރަށް، ޗާނދަނީހިނގުމުން ހުޅަނގަށް ގޮސް ނިމޭހިސާބުން ދެކުނަށް، އަދި ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނު މަގާއި ސަންލައިޓްހިނގުން ގުޅޭ ނުކުތާއިން ހުޅަނގަށް، އެޅެދީދީމަގުން ދެކުނަށް، ނަރުގިސްމަގުން ހުޅަނގަށްގޮސް ނިމޭ ހިސާބުން އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހިތަދޫ،

ނޫރާނީ ސްކޫލްގެ ހޯލްގައި

372

S4.1

ހިތަދޫ މެދެވައު-1

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީން ބޮޑުފަޑިޔާރުތަކުރުފާނު މަގާއި ސަންލައިޓްހިނގުން ގުޅޭ ނުކުތާއިން ހުޅަނގަށް، އެޅެދީދީމަގުން ދެކުނަށް، ނަރުގިސްމަގުން ހުޅަނގަށްގޮސް ނިމޭ ހިސާބުން ދެކުނަށް، އަދި ޝަމްސުއްދީންބޮޑުފަޑިޔާރުތަކުރުފާނު މަގާއި ފަރީދީމަގު ގުޅޭ ނުކުތާއިން ހުޅަނގަށްގޮސް ނިމޭ ހިސާބުން އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހިތަދޫ،

ނޫރާނީ ސްކޫލްގެ ކްލާސްރޫމް 1 ގައި

373

S4.2

ހިތަދޫ މެދެވައު-2

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީން ބޮޑު ފަޑިޔާރުތަކުރުފާނު މަގާއި ފަރީދީމަގު ގުޅޭ ނުކުތާއިން ހުޅަނގަށްގޮސް ނިމޭ ހިސާބުން ދެކުނަށް، އަދި ލިލީމަގާއި ޝަމްސުއްދީން ބޮޑު ފަޑިޔާރު ތަކުރުފާނުމަގު ގުޅޭ ނުކުތާއިން އުތުރަށް، ހިޔާގޯޅިން ހުޅަނގަށް، ހަވީރީމަގުން ދެކުނަށް، އާޒާދީމަގުން ހުޅަނގަށް، އާބާދީމަގުން އުތުރަށް، ފެންފިޔާޒުމަގުން ހުޅަނގަށް ގޮސް ނިމޭ ހިސާބުން އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހިތަދޫ،

ނޫރާނީ ސްކޫލްގެ ކްލާސްރޫމް 2 ގައި

374

S5.1

ހިތަދޫ ރަސްގެދަރަ-1

ލިލީމަގާއި ޝަމްސުއްދީން ބޮޑު ފަޑިޔާރު ތަކުރުފާނުމަގު ގުޅޭ ނުކުތާއިން އުތުރަށް، ހިޔާގޯޅިން ހުޅަނގަށް، ހަވީރީމަގުން ދެކުނަށް، އާޒާދީމަގުން ހުޅަނގަށް، އާބާދީމަގުން އުތުރަށް، ފެންފިޔާޒުމަގުން ހުޅަނގަށް ގޮސް ނިމޭ ހިސާބުން ދެކުނަށް، އަދި ޝަމްސުއްދީން ބޮޑު ފަޑިޔާރު ތަކުރުފާނު މަގާއި އަލިވާމަގު ގުޅޭ ނުކުތާއިން ހުޅަނގަށް، ހަވީރީމަގުން އުތުރަށް، މަދިރިކޮލުމަގުން ހުޅަނގަށް، ހަވީރީހިނގުމުން އުތުރަށް، ކާމިނީހިނގުމުން ހުޅަނގަށް ގޮސް ނިމޭ ހިސާބުން  އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހިތަދޫ، ޝަރަފުއްދީން ސްކޫލްގެ ހޯލްގައި

375

S5.2

ހިތަދޫ ރަސްގެދަރަ-2

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީންބޮޑުފަޑިޔާރުތަކުރުފާނު މަގާއި އަލިވާމަގު ގުޅޭ ނުކުތާއިން ހުޅަނގަށް، ހަވީރީމަގުން އުތުރަށް، މަދިރިކޮލުމަގުން ހުޅަނގަށް، ހަވީރީހިނގުމުން އުތުރަށް، ކާމިނީހިނގުމުން ހުޅަނގަށް ގޮސް ނިމޭ ހިސާބުން  ދެކުނަށް، އަދި އަލިވާމަގާއި ޝަމްސުއްދީންބޮޑުފަޑިޔާރުތަކުރުފާނު މަގާއިގުޅޭ ނުކުތާއިން ހުޅަނގަށް، ސޯސަންމަގުން ދެކުނަށް، އަމީނީމަގުން ހުޅަނގަށް، ޕޮމްޕިޔާމަގުން އުތުރަށް، ފޮނިތޮށިމަގުން ހުޅަނގަށްގޮސް ނިމޭ ހިސާބުން އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހިތަދޫ، ޝަރަފުއްދީން ސްކޫލްގެ ހޯލްގައި

376

S6.1

ހިތަދޫ މާމެންދޫ-1

މި ފޮށްޓަށް ވޯޓުލާނީ އަލިވާމަގާއި ޝަމްސުއްދީންބޮޑުފަޑިޔާރުތަކުރުފާނު މަގާއިގުޅޭ ނުކުތާއިން ހުޅަނގަށް، ސޯސަންމަގުން ދެކުނަށް، އަމީނީމަގުން ހުޅަނގަށް، ޕޮމްޕިޔާމަގުން އުތުރަށް، ފޮނިތޮށިމަގުން ހުޅަނގަށްގޮސް ނިމޭ ހިސާބުން ދެކުނަށް، އަދި ޝަމްސުއްދީންބޮޑުފަޑިޔާރުތަކުރުފާނު މަގާއި އަމީނީމަގު ގުޅޭ ނުކުތާއިން ހުޅަނގަށް، ރަސްގެދަރިމަގުން ދެކުނަށް، ހަތްމިސްކިތްމަގުން ހުޅަނގަށް، އައިމަލިމަގުން ދެކުނަށް، އަލިނަރުމަގުން ހުޅަނގަށް، ހަވީރީހިނގުމުން ދެކުނަށް، ކަށިނަރި ހިނގުމުން ހުޅަނގަށް، އެޅެދީދީމަގުން ދެކުނަށް، ވަލިމާމިސްކިތްމަގުން ހުޅަނގަށްގޮސް ނިމޭ ހިސާބުން އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހިތަދޫ،

އައްޑޫ ހައިސްކޫލްގެ ކްލާސްރޫމް 1 ގައި

377

S6.2

ހިތަދޫ މާމެންދޫ-2

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީންބޮޑުފަޑިޔާރުތަކުރުފާނު މަގާއި އަމީނީމަގު ގުޅޭ ނުކުތާއިން ހުޅަނގަށް، ރަސްގެދަރިމަގުން ދެކުނަށް، ހަތްމިސްކިތްމަގުން ހުޅަނގަށް، އައިމަލިމަގުން ދެކުނަށް، އަލިނަރުމަގުން ހުޅަނގަށް، ހަވީރީހިނގުމުން ދެކުނަށް، ކަށިނަރި ހިނގުމުން ހުޅަނގަށް، އެޅެދީދީމަގުން ދެކުނަށް، ވަލިމާމިސްކިތްމަގުން ހުޅަނގަށްގޮސް ނިމޭ ހިސާބުން ދެކުނަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. 

އައްޑޫ ސިޓީ ހިތަދޫ،

އައްޑޫ ހައިސްކޫލްގެ ކްލާސްރޫމް 2 ގައި

378

S6.3

ހިތަދޫ އެހެނިހެން-1

މި ފޮށްޓަށް ވޯޓުލާނީ މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ ސިޓީ ހިތަދޫ، ޝަރަފުއްދީން ސްކޫލްގެ ކްލާސްރޫމް 1 ގައި

379

S7.1

މަރަދޫ-1

މި ފޮށްޓަށް ވޯޓުލާނީ މަރަދޫ ގައުސަންދޮންމަގުން އިރު ދެކުނަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ

މަރަދޫ، އިރުޝާދިއްޔާ ސްކޫލްގެ ހޯލްގައި

380

S7.2

މަރަދޫ-2

މި ފޮށްޓަށް ވޯޓުލާނީ މަރަދޫ ގައުސަންދޮންމަގާއި އަލަދަޑިމަގާއި ދެމެދު ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި  ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އައްޑޫ ސިޓީ މަރަދޫ،

މަރަދޫ ސްކޫލްގެ ހޯލްގައި

381

S7.3

މަރަދޫ-3

މި ފޮށްޓަށް ވޯޓުލާނީ މަރަދޫ އަލަދަޑިމަގުން ފެށިގެންހުޅަނގު އުތުރުކޮޅަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއިފުވައްމުލައް ސިޓީ، މާލެ ސިޓީގެ މީހުންނާއި އައްޑޫސިޓީ ހުޅުދޫ އަދި މީދޫ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އައްޑޫ ސިޓީ މަރަދޫ،

މަރަދޫ ސްކޫލްގެ ހޯލްގައި

382

S8.1

މަރަދޫފޭދޫ-1

މި ފޮށްޓަށް ވޯޓުލާނީ މަރަދޫފޭދޫ ފަރިވާމަގުގެ ހުޅަނގު އުތުރުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އައްޑޫސިޓީ ހުޅުދޫ އަދި މީދޫ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި، މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ ސިޓީ މަރަދޫފޭދޫ، މަރަދޫފޭދޫ ސްކޫލްގެ ހޯލްގައި

383

S8.2

މަރަދޫފޭދޫ-2

މި ފޮށްޓަށް ވޯޓުލާނީ މަރަދޫފޭދޫ ފަރިވާމަގުގެ އިރު ދެކުނުގައިވާ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ މަރަދޫފޭދޫ، މަރަދޫފޭދޫ ސްކޫލްގެ ހޯލްގައި

384

S9.1

ފޭދޫ މަގުއްދޫ-1

މި ފޮށްޓަށް ވޯޓުލާނީ ފޭދޫ ރޯޝަނީ ހިނގުމުން ދެކުނަށް، އޯކިޑްމަގުން އިރަށް، ނަސީމީ ހިނގުމުން ދެކުނަށް، ރިޔާޟީ ހިގުމުން އިރަށް، ޗަނބޭލީ ހިގުމުން އުތުރަށް ޑޭޒީމަގުން އިރަށް ނޫރީހިނގުމުން އުތުރަށް ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނު ހުޅަނގަށް ރޯޝަނހިނގުމާއި ހަމައަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ފޭދޫ،

ފޭދޫ ސްކޫލްގެ ހޯލުގެ މެދުގައި

385

S9.2

ފޭދޫ މަގުއްދޫ-2

މި ފޮށްޓަށް ވޯޓުލާނީ ފޭދޫ ރޯޝަނީ ހިނގުމުން ދެކުނަށް، އޯކިޑްމަގުން އިރަށް، ނަސީމީ ހިނގުމުން ދެކުނަށް، ރިޔާޟީ ހިގުމުން ހުޅަނގަށް ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުމަގުން އިރަށް ރޯޝަނހިނގުމާއި ހަމައަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ފޭދޫ،

ފޭދޫ ސްކޫލްގެ ހޯލުގެ އުތުރުފަރާތުގައި

386

S10.1

ފޭދޫ މާދެލަ-1

މި ފޮށްޓަށް ވޯޓުލާނީ ފޭދޫ ލަޠީފީ ހިނގުމުން ދެކުނަށް، އޯކިޑްމަގުން އިރަށް، ފޭދޫ ކުޑަކުދިންގެ ޕާރކް ވަށާ ރިޔާޟީ ހިނގުމުން ހުޅަނގައް ޗަނބޭލީ ހިގުމުން އުތުރަށް ދޭޒީމަގުން އިރަށް ނޫރާނީ ހިގުމުން އުތުރަށް ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުމަގުން އިރަށް ލަޠީފީ ހިނގުމާއި ހަމައަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ފޭދޫ،

ފޭދޫ ސްކޫލްގެ ހޯލުގެ ދެކުނުފަރާތުގައި

387

S10.2

ފޭދޫ މާދެލަ-2

މި ފޮށްޓަށް ވޯޓުލާނީ ފޭދޫ ލަޠީފީ ހިނގުމުން ދެކުނަށް، އޯކިޑްމަގުން އިރަށް، ފޭދޫ ބޯޅަދަނޑު ވަށާގޮސް ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުމަގުން ހުޅަނގަށް ގޮސް ލަޠިފީ ހިނގުމާއި ހަމައަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ފޭދޫ،

ފޭދޫ ސްކޫލްގެ ބައުއިމާރާތުގެ ތިރީބައިގެ ކްލާސްރޫމް 1A ގައި

388

S10.3

ފޭދޫ އެހެނިހެން-1

މި ފޮށްޓަށް ވޯޓުލާނީ މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ ސިޓީ ފޭދޫ، ފޭދޫ ސްކޫލްގެ ބައުއިމާރާތުގެ ހުޅަނގު ކްލާސް (ޕްރީކްލާސް) ގައި

389

S11.1

ހުޅުދޫ-1

މި ފޮށްޓަށް ވޯޓުލާނީ ހުޅުދޫ ރަތްވިލާމަގުން ފެށިގެން ބަހާއުއްދީންމަގުގެ ހުޅަނގުފަޅީގައިވާ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހުޅުދޫ،

ހުޅުދޫ ސްކޫލްގެ ހޯލްގައި

390

S11.2

ހުޅުދޫ-2

މި ފޮށްޓަށް ވޯޓުލާނީ ހުޅުދޫ ބަހާއުއްދީން މަގުން ފެށިގެން ފޮކޮޅުމަގުން އިރަށް ގޮސް  ވާރުގޭދީދީމަގުން އުތުރަށް ގޮސް ޢަލީޢަބްދުﷲމަނިކުފާނުމަގުން އިރަށް ދާ  ސަރަޙައްދުގެ އިރުދެކުނުފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ ހުޅުދޫ،

ނަސްރިއްޔާ ޕްރީސްކޫލްގެ ހޯލްގައި

391

S11.3

ހުޅުދޫ-3

މި ފޮށްޓަށް ވޯޓުލާނީ ހުޅުދޫ ރަށްވިލާމަގުން އިރަށް ގޮސް ބަހާއުއްދީންމަގުން ދެކުނަށް ގޮސް  ފޮކޮޅެމަގުން އިރަށް ގޮސް ވާރުގޭދީދީ މަގުން އުތުރުރަށްގޮސް ޢަލީ ޢަބްދުﷲ މަނިކުފާނުމަގުން އިރަށްދިޔަ މަގުތަކުގެ އުތުރުގައިވާ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މީދޫ ފިޔަވައި އައްޑޫސިޓީގެ އެހެނިހެން އަވަށްތަކުގެ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ ސިޓީ ހުޅުދޫ،

ސ. އަތޮޅު މަދަރުސާގެ ހޯލުގެ ހުޅަނގުފަރާތުގައި

392

S12.1

އައްޑޫ މީދޫ-1

މި ފޮށްޓަށް ވޯޓުލާނީ މީދޫ ނަރުގިސްމަގު ފެށޭ ހިސާބުން ހުޅަނގަށް ގޮސް، ކޯގަންނުމަގުން އުތުރަށް ގޮސް، ގުލްފާމްމަގުން ހުޅަނގަށް ގޮސް، ބަހާއުއްދީންމަގުން ދެކުނަށް ގޮސް، އަޅިވިލާމަގުން ހުޅަނގަށް ގޮސް، މަހުމޫދީ ހިނގުމުން ދެކުނަށް ގޮސް، ޒިޔާރަތް ގޯޅިން ހުޅަނގަށް ގޮސް އެމަގު ނިމޭ ސަރަހައްދުގެ ދެކުނު ފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ މީދޫ، ޝަމްސުއްދީން ސްކޫލްގެ ދެކުނު ކްލާސްރޫމްގައި

393

S12.2

އައްޑޫ މީދޫ-2

މި ފޮށްޓަށް ވޯޓުލާނީ މީދޫ ބަހާއުއްދީންމަގު ފެށޭ ހިސާބުން ދެކުނަށް ގޮސް،  އަޅިވިލާމަގުން ހުޅަނގަށް ގޮސް، މަހުމޫދީހިނގުމުން ދެކުނަށް ގޮސް، ޒިޔާރަތްގޯޅިން ހުޅަނގަށް ގޮސް އެމަގު ނިމޭ ސަރަހައްދުގެ އުތުރު ފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި އައްޑޫސިޓީ ހުޅުދޫ ފިޔަވައި އައްޑޫސިޓީގެ އެހެނިހެން އަވަށްތަކުގެ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ ސިޓީ މީދޫ، ޝަމްސުއްދީން ސްކޫލްގެ ދެކުނު ކްލާސްރޫމްގައި

394

S12.3

އައްޑޫ މީދޫ-3

މި ފޮށްޓަށް ވޯޓުލާނީ މީދޫ ބަހާއުއްދީންމަގު ފެށޭ ހިސާބުން ދެކުނަށް ގޮސް،  އަޅިވިލާމަގުން ހުޅަނގަށް ގޮސް، މަހުމޫދީހިނގުމުން ދެކުނަށް ގޮސް، ޒިޔާރަތްގޯޅިން ހުޅަނގަށް ގޮސް އެމަގު ނިމޭ ސަރަހައްދުގެ އުތުރު ފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި އައްޑޫސިޓީ ހުޅުދޫ ފިޔަވައި އައްޑޫސިޓީގެ އެހެނިހެން އަވަށްތަކުގެ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ ސިޓީ މީދޫ،

ސ. އަތޮޅު މަދަރުސާ ހޯލުގެ އިރުމަތިފަރާތުގައި

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

16 ޖުމާދަލް އާޚިރާ 1441

 

10 ފެބުރުވަރީ 2020
ހޯދާ