އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 ގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާއި ގުޅޭ:

ނަންބަރު: A)AB-2020/88)

އިޢުލާން

 

2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 ގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާއި ގުޅޭ:

މިކޮމިޝަނުގެ ނަންބަރު: A)AB-2020/28) އިޢުލާނުގައި އޮފިޝަލުންގެ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތެރޭގައި " މީގެ ކުރިން އިލެކްޝަންގެ މަސައްކަތެއް ކޮށްފައިވާ ފަރާތެއްނަމަ، އެކަން އަންގައިދޭ ލިޔެކިޔުން" ހުށަހަޅަން ޖެހޭކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ފޯމު ހުށަހަޅުއްވާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ ގޮތުން މިހާރު އެލިޔުން ހުށަނޭޅުއްވިޔަސް އެންމެ ރަނގަޅުކަމުގައި މި ކޮމިޝަނުންވަނީ ނިންމަވާފައެވެ.

ނަމަވެސް އެޕްލިކޭޝަން ފޯމުގައި " މަސައްކަތްކޮށްފައިވާ އިންތިޚާބުތަކާއި މަސައްކަތްކޮށްފައިވާ މަޤާމްތައް" މި ބައި ފުރިހަމަ ކުރެއްވުންއެދެމެވެ.

 

ވީމާ، މިކަން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020ގެއޮފިޝަލުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 

09 ފެބުރުވަރީ 2020
ހޯދާ