ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލަށް ބޭނުންވާ ބައެއްތަކެތި ހޯދުމާއިބެހޭ

ފުވައްމުލަކު ސިޓީ ކައުންސިލަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)468-U01/468/2019/254 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ހޯދަން ބޭނުންވާ ތަކެތީގެ ތަފްޞީލް:

Heavy Vina Koshaa Machine

General Specifications

Length

1,815 mm (71.5 in)

Width

38 inch deck type: 1,270 mm (50.0 in)
42 inch deck type: 1,460 mm (57.5 in)

Height

1,050 mm (41.3 in)

Wheel base

1190 mm (46.9 in.)

Dry weight

38 inch deck type: 258.0 kg (569.0 lbs)
42 inch deck type: 270.0 kg (595.0 lbs)

Front tires size

15×6.0-6

Front tires pressure

98 kPa (1.0 kg/cm2, 14 psi)

Rear tires size

20.5×8.5-10

Rear tires pressure

79 kPa (0.8 kg/cm2, 11.4 psi)

Fuel tank capacity

9.0 l (2.38 US gal., 1.98 Imp gal.)

Battery

12V-30AH

Quantity

1

 

މާކްސްދޭނެގޮތް.

އަގަށް       

75%

(އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)

ޑެލިވަރީ މުއްދަތު  

-

ބިޑު ކާމިޔާބުވާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުދާ ކައުންސިލަށް ސަޕްލައިކޮށްދޭން ވާނެއެވެ.

ތަޖުރިބާ       

 15%

(އެކި މުއައްސަސާތަކަށް މިފަދަތަކެތި އެންމެ ގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތްތަކަށް އެންމެގިނަ ޕޮއިންޓްދޭގޮތަށް)

މާލީ ޤާބިލްކަން   

 10%

(އެކައުންޓް ސްޓޭޓްމެންޓަށް ބަލައިގެން)

 އަންދާސީ ހިސާބު ހުށަހަޅާ ފަރާތްކުން ސަމާލުކަންދޭންވީ ކަންތައްތައް.

-        އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ހިމަނާފައިވާ ކޮންމެ އައިޓަމަކަށް ވަކިން އަގު އެގެން ހުންނަ ގޮތަށް އެއް އަންދާސީ ހިސާބެވެ.

-        އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ ފުރިހަމަ މަޢުލޫމާތު )ސްޕެސިފިކޭޝަން) އެގޭނެހެން ހުށަހަޅަންވާނެއެވެ.

-        އިޢުލާނުގައިވާ މުއްދަތަށް އައިޓަމްތައް ކައުންސިލަށް ސަޕްލައިކޮށްދޭން ވާނެއެވެ.

-        އިޢުލާނުގައިވާ މުއްދަތަށް އައިޓަމްތައް ކައުންސިލަށް ސަޕްލައިކޮށް ނުދެވިއްޖެނަމަ، ދެވިފައިވާ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ކޮންމެ ދުވަހަކަށް 0.25% (އެފަރާތުން ހުށަހަޅާ އަގުގެ) ކައުންސިލަށް ދައްކަންޖެހޭނެއެވެ.

-        އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.

-        އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި. 

-        ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

-        ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

-        މާލީ ގާބިލްކަން އަންގައިދޭ ލިއުން: (ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް(

- ޓެކްސް ކްލިއަރެންސް ރިޕޯރޓް.

- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ. 

            (ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:

            (ށ) ފުރިހަމަ އެޑްރެސް:

            (ނ) ފޯން ނަންބަރ:

            (ރ) އީމެއިލް އެޑްރެސް:

            (ބ) މެނޭޖަރުން ފެށިގެން މަތީ ފަރާތްތަކުގެ ނަމާއި މަޤާމު

            (ޅ) ރަޖިސްޓްރީ ނަންބަރ

            (ކ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :

            (އ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:

            (ވ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ

            (މ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ

-        އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.

އަންދާސީހިސާބު ބަލައިގަތުން.

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާ ގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ.

 

" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"

ފުވައްމުލައް.

ދިވެހިރާއްޖެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

 ފޯން: 6862829،6862830، 6862828        

  އީމެއިލް: [email protected]  

09 ފެބުރުވަރީ 2020
ހޯދާ