ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޫލް އުޞޫލުން މިސްކިތްތަކުގެ މުދިމު، އިމާމު، މަސައްކަތު މީހުންގެ މަސައްކަތް ކުރުމާ ގުޅޭ

                         އިޢުލާން

        2020 ވަނަ އަހަރު މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުން، މުދިމުން، އަދި މަސައްކަތު މީހުން އަހަރީ ޗުއްޓީ އާއި ސަލާމާއި އަދި އާއިލީ ޒިންމާފަދަ ޗުއްޓީތައް ނެގުމުން (ޕޫލް އުޞޫލާއި އެއްގޮތަށް ) މަސައްކަތް ކުރާނެ މީހުން ހޯދުމަށް މިއިދާރާގެ ނަންބަރު : (IUL)262/262/2020/03 ( 21 ޖެނުއަރީ  2020 ) އިޢުލާންނަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ނުލިބުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް

އިމާމު/ މަސައްކަތު މީހުން

ބޭނުންވާ ޖުމްލަ ޢަދަދު:

6 (3 އިމާމު، 3 މަސައްކަތު)

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ ނޮޅިވަރަންފަރު  ކައުންސިލްގެ އިދާރާ

މަސައްކަތް ކުރަންޖެހޭ ތަން:

ހދ.ނޮޅިވަރަންފަރު މިސްކިތްތައް

މަޤާމު

ރޭންކް

ޝަރުޠު ފުރިހަމަވާނަމަ މަސައްކަތްކުރާ ގަޑިއަކަށް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

އިމާމު

ޖީ.އެސް: 03

61.00 ރުފިޔާ

05 ގަޑިއިރު

މުދިމް (އިމާމުކަމުގެ ޝަރުޠު ހަމަނުވާ ނަމަ)

ޖީ.އެސް: 01

53.00 ރުފިޔާ

05 ގަޑިއިރު

މަސައްކަތު

އެސް.އެސް: 01

45.00 ރުފިޔާ

05 ގަޑިއިރު

 

މަޤާމުގެ މަސްޢޫލިއްޔަތު

 1. ރަށުކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސް ނަމާދު، ނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.
 2. މިސްކިތައް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ރަށު ކައުންސިލް އިދާރާއަށް އަންގައި ކައުންސިލުގެ ލަފާގެމަތިން އެކަން ރަނގަޅުކުރުން.
 3. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ރަށު ކައުންސިލް އިދާރާއަށް އަންގައިގެން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
 4. ރަށު ކައުންސިލް އިދާރާއިން އަންގަވައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދު ކުރުން. އަދި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަންކުރުން.
 5. މިސްކިތްތަކުގެ މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތްބަލާ ރަށު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން އެމީހުންލައްވާ މަސައްކަތް ކުރުވުން. އަދި މަސައްކަތު މީހުންގެ ޙާޟިރީ ބެލެހެއްޓުން.
 6. މިސްކިތުގައި ކުރާ ކޭތަނަމާދާއި، ހުކުރުނަމާދާއި، ތަރާވީޙްނަމާދާއި ޢީދު ނަމާދަށް މިސްކިތަށް ޙާޟިރުވެ އެކަމަށް މިސްކިތް ތައްޔާރުކުރުން.
 7. ރަމަޟާންމަހު ތަރާވީޙް ނަމާދު އިމާމުވެ ކުރުން.
 8. މިސްކިތު މަސައްކަތު މީހާ ޙާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު/ މުދިމު މިސްކިތުގެ އެތެރެ ސާފްކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި އާއި ފަންކާ ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.
 9. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
 10. މިސްކިތުގެ ގޯތިތެރޭގައި އިންދާފައި ހުންނަ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައް ކުރުވުން.
 11. މިސްކިތާއި ބެހޭގޮތުން ރައްޔަތުން ކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް ރަށުކައުންސިލް އިދާރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން.
 12. ރަށުކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.
 13. މިސްކިތު ގޯތިތެރޭގައި ބަހައްޓާފައިހުންނަ ވާރެފެން އަޅާ ޢާއްމު ހަންތަކަށް ފެންއެޅުމަށް ކައުންސިލުންދޭ ލަފާގެމަތިން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު: އިމާމު/މުދިމް

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،ރީތިކޮށް ބަންގިގޮވާއި، ޤުރުއާނުގެ ތަޖުވީދުގެ ހަމަތަކާއެއްގޮތައް ޤުރުއާންކިޔަވަންދަންނަ މީހަކުކަމުގައިވުމާއެކު، ނުވަތަ ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން. އަދި މަސައްކަތާއިގުޅޭ ދާއިރާއެއްގައި  02 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ ސާނަވީ އިމްތިޙާނު 02 މާއްދާއަކުން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ ޝަރުޠު : މަސައްކަތު

ލިޔަންކިޔަން އެގުން.  ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްޢޫލިއްޔަތު

 1. ރަށުކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ރަށު ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި މަސައްކަތްކުރުން.
 2. މިސްކިތު މަސައްކަތު މީހުން ޢަމަލުކުމަށް ކަނޑައާޅުއްވާފައިވާ ގޮތެއްގެމަތިން މިސްކިތް ފޮޅާ ސާފްކުރުމާއި ފާޚާނާ އާއި އިސްކުރުބަރި ދޮވެ ސާފްކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެ އާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގައި މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން. (މީގެތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތައް ނުހިމެނެއެވެ.)
 3. ފަރުޟު ކޮންމެ ނަމާދު ވަގުތަކަށާއި، ޢީދުނަމާދު، ކޭތަނަމާދު، ތަރާވީޙްނަމާދު ވަގުތުގައި މިސްކިތަށް ޙާޟިރުވުން.
 4. މިސްކިތުގެ ވަޅު ދިޔަހިއްކާ ސާފްކުރުން.
 5. ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާ ސާފްކުރުން. އަދި ހޮޅިބުރިތަކާއި ފަންކާތައް ކޮންމެ ނަމާދަކަށްފަހު ދިއްލުމާއި ނިއްވުން.
 6. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަޥައިދުން މުދިމް/ އިމާމަށާއި، ރަށުކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.
 7. މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައް ކުރުވުން.
 8. މިސްކިތާއި ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް ރަށުކައުންސިލް އިދާރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން.
 9. ރަށުކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ،

    އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި

    މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން

    ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުއަރީ  17 ވާ ހޯމަ  ދުވަހުގެ 12:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ފެބުރުއަރީ 18 އާއި 20 އާއި ދެމެދު، ނޮޅިވަރަންފަރު  ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މައުލޫމާތު:

-          މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520045 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520045 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

-           

 

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ޖުމާދަލްއާޚިރު 1441

9 ފެބުރުއަރީ     2020 

09 ފެބުރުވަރީ 2020
ހޯދާ