ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް

މިސްކޫލަށް 02 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔައް ހިފަން ބޭނުންވެގެން ކޮށްފައިވާ އިއުލާން ނަންބަރ: (IUL)GS-63-B/GS-63/2020/1  އާއި ގުޅިގެން އެކަށީގެންވާ އަދަދަށް ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ ކުރިން ދެންނެވުނު އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އިޢުލާން ކުރަމެވެ.

މިސްކޫލަށް 01 އަހަރު ދުވަހުގެ މުއްދަތަށް 02 ކޮޓަރީގެ އެޕާޓްމަންޓެއް (ދެކޮޓަރިއާއި ސިޓިންގްރޫމް އަދި ބަދިގެ ފަރުނީޗަރާއެކު) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، އެޕާޓްމަންޓް ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކުން 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ބިޑްތައް ހުޅުވުން އޮންނާނީ މިކަމަށް އެދުނު ފަރާތްތަކުގެ ޙާޒިރުގައި 18 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ  ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައެވެ. ބިޑްހުށަހަޅާނީ ސްކޫލުން ދޫކުރާ ބިޑް ޑޮކިއުމެންޓާއި އެއްގޮތަށެވެ.

 އަދި ދަންނަވަމެވެ. ވެރިފަރާތް ނޫން އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ގޭގެ ވެރިފަރާތުގެ ސިޓީއަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާރޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.

 15 ޖުމާދުލްއާޚިރް 1441

09 ފެބްރުއަރީ 2020

09 ފެބުރުވަރީ 2020
ހޯދާ