މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ޑިވެލޮޕްމަންޓް،މާރކެޓިންގ،ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ

އިއުލާން ވަޒީފާގެ ފުރުސަތު:

މަޤާމް: 

މެނޭޖަރ/ބިޒްނަސް ޑިވެލޮޕްމަންޓް، މާރކެޓިންގ،ކޮމިއުނިކޭޝަންސް އެން ޕަބްލިކް ރިލޭޝަންސް

ކްލެސިފިކޭޝަން:

 މެނޭޖަރ

މުސާރަ:

މަހަކު 15،200 އާއި 17،900 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އެހެނިހެން އިނާޔަތްތައް: 

  • ލިވިންގް އެލަވަންސް: މަހަކު 4000 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: މަހަކު 3000 ރުފިޔާ
  • އެގްޒެކެޓިވް ރެސްޕޮންސިބިލިޓީ އެލަވަންސް: 5000 ރުފިޔާ

ބޭނުންވާ އަދަދު:

01 (އެކެއް)

ބޭނުންވާ ސެކްޝަން: 

ބިޒްނަސް ޑިވެލޮޕްމަންޓް،މާރކެޓިންގް، ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް ޑިޕާރޓްމަންޓް

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް: 

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ

މަޤާމުގެ ޝަރުތުތައް: 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓާއި ގުޅުން ހުރި ދާއިރާއަކުން،  ދަށްވެގެން މާސްޓަރސް ޑިގްރީއެއް ޙާސިލްކޮށްފައިވުން އަދި މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3-5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މިމަޤާމަށް މީހުން ހޮވުމުގައި ސްޕޯޓްސް ޑިވެލޮޕްމަންޓްގެ ދާއިރާގެ މީހުނަށް އިސްކަންދެވޭނެއެވެ.

 މަޤާމުގެ މަސްއޫލިއްޔަތު:

  • މަސްޢޫލުވާ ޑިޕާރޓްމަންޓުގެ ޔުނިޓްތަކުގެ މަސައްކަތްތައް މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓރގެ އިރުޝާދުގެ ދަށުން ރާވައި ހިންގާ ބެލެހެއްޓުން.
  • ކޯޕަރޭޝަންގެ ބޯޑުންނާއި އަދި SMT  އިން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ބައިވެރިވެ ނަތީޖާ ހާސިލް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުން.
  • ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓާ ގުޅުންހުރި މަސައްކަތްތައް ކުރުން.
  • ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓާ ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތައް ތައްޔާރު ކުރުމާއި ރޭވުންތައް ރާވައި ހިންގުން.
  • ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭން އަދި މާރކެޓިންގ ޕްލޭން އެކުލަވާލައި އެ ޕްލޭނާއި އެއްގޮތަށް އެކްޝަން ޕްލޭން އެއް ތައްޔާރުކޮށް އިންޕްލިމެންޓް ކުރުން.
  • ކުންފުންޏަށް ބިޒްނަސް ސްޓްރެޓީޖިކް ޕްލޭންއެއް ތައްޔާރުކުރުން،އަދި ކުންފުނިން ރެވެނިއު ޖެނެރޭޓްކުރުމަށް ޕްލޭން ކުރާ ހަރަކާތްތަކުގެ އިންކަމް ފޯކާސްޓް ނުވަތަ އިންކަމް ޕްރޮޖެކްޝަންސް ތައްޔާރުކުރުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ކުންފުންޏަށް ލިބެންހުރި އައު ވިޔަފާރި ފުރުސަތުތައް ދިރާސާކޮށް މެނޭޖްމަންޓަށް ހުށައެޅުން
  • ކޯޕަރޭޝަންގެ ވިޔަފާރި މޮޑެލް އެކުލަވާލައި ކޯޕަރޭޝަނުން އިންވެސްޓްކޮށް ވިޔަފާރި ކުރާނެ ދާއިރާތައް ކަނޑައެޅުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ކޯޕަރޭޝަންގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށް ބަލައި ވިޔަފާރި ތަރައްޤީ ކުރުމަށް ބޭނުންވާ ކޮންސެޕްޓް އަދި  ޕްރޮޕޯޒަލްތައް ތައްޔާރުކުރުން،
  • ކޯޕަރޭޝަންގެ ރިޕޯޓްތައް ގަވާއިދުން ތައްޔާރު ކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން،
  • ކޯޕަރޭޝަންގެ މާކެޓިންގ އާއި ޕަބްލިކް ރިލޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމާއި އަދި ގައިޑްލައިންތައް ތައްޔާރު ކުރުން
  • ރާއްޖޭގައި މަސައްކަތްކުރާ މީޑިއާތަކާ ގުޅުން ބަދަހިކުރުން
  • ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ ހުރިހާ ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި، ކޯޕަރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ޕްރޮގްރާމްތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ޕޮޓެންޝަލް ކްލައިންޓްސްގެ ޑޭޓާބޭސްއެއް ތައްޔާރުކޮށް އެކި ފަރާތްތަކާ ބައްދަލުވުން ހަމަޖެއްސުން.
  • ކުންފުނިތަކުގެ ޑިޒިޝަން މޭކަރސްއާ ބައްދަލުކުރުން.
  • އިންޑަސްޓްރީ ފަންކްޝަންސްތަކާއި، އިވެންޓްސް އަދި ކޮންފެރެންސްތަކަށް ދިއުމާއި، ކްރިއޭޓިވް އަދި މާރކެޓް ޓްރެންޑްސް ދެނެގަނެ މެނޭޖްމަންޓާ ހިއްސާކުރުން
  • މާރކެޓިންގް ކޮމިއުނިކޭޝަންސް ސްޓްރެޓަޖީއެއް ޑިވެލޮޕްކޮށް އިމްޕްލިމެންޓްކުރުން
  • ޑިޕާރޓްމަންޓްގެ ޕްރޮޖެކްޓްތައް ކަޑައެޅިފައިވާ އުސޫލާއި ބަޖެޓުގެ ތެރެއިން ޑެލިވަރކުރުން
  • ކުންފުނީގެ އެނުއަލް ރިޕޯޓް، ސޯޝަލް މީޑިއާ އަދި ވެބްސައިޓް މެނޭޖްކުރުން
  • ކުންފުނީގެ ނޫސް ބަޔާންތައް ރަނގަޅު ފެންވަރުގައި ތައްޔާރުކުރުން
  • އިންޓަރނަލް އަދި އެކްސްޓަރނަލް ކޯޕަރޭޓް ކޮމިއުނިކޭޝަންސް ތައްޔާރުކުރުން
  • ޤައުމުގެ އެކި ކަންކޮޅުތަކުގައި މާރކެޓިންގް ހަރަކާތްތައް ކުރިއަށް ގެންދިއުން
  • ކޮމިއުނިކޭޝަން އަދި މާރކެޓިންގް ސްޓްރެޓަޖީސްގެ އިފެކްޓިވްނަސް އިވެލުއޭޓްކުރުން
  • ކުންފުނީގެ ޕަބްލިކް ރިލޭޝަންސް ބެލެހެއްޓުން
  • ކުންފުނީގެ ވިޔަފާރި މޮޑެލްއަށް ސީ.އެސް.އާރް އިންޓަގްރޭޓްކުރުން
  • ސީ.އެސް.އާރް ސްޓްރެޓަޖީއެއް ޤާއިމްކޮށް އިންޓަރނަލް އަދި އެކސްޓަރނަލް ސްޓޭކްހޯލްޑަރުންނަށް ލަފާދިނުން
  • އެކްސްޓަރަނަލް ސީ.އެސް.އާރް ހަރަކާތްތަކުގައި ކުންފުނި ރިޕްރެސެންޓްކޮށްދިނުން އަދި ޕްރޯ-ސީ.އެސް.އާރް ކުންފުންޏެއްގެ ގޮތުގައި ކުންފުނި ތަމްސީލުކޮށްދިނުން
  • ކޮމާރޝަލް ސްޕޮންސަރޝިޕް ސްޓްރެޓަޖީއެއް ޤާއިމްކުރުން
  • ކުންފުނީގެ ޕަބްލިކް ރިލޭޝަންސް ފަންކްޝަން ބަލަހައްޓައި ޕްރެސް ރިލީސް އަދި މީޑިއާގައި ކުންފުނި ތަމްސީލުކުރުން
  • ކުންފުނީގެ ފަރާތުން މީޑިއާއަށް ހިއްސާކުރާ މަޢުލޫމާތު މީޑިއާއަށް ފޯރުކޮށްދެވޭނެ ނިޒާމެއްއެކުލަވާލައި މީޑިއާއާއި ގުޅުން ބަދަހިކުރުން.
  • ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ވަޒީފާ އާއި ގުޅިގެން ހަދާފައިވާ ވޯކް ޕްލޭން އަދި އެސް.އޯ.ޕީ އާއި އެއްގޮތަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިއުން.
  • ހަވާލުކުރެވޭ މަސައްކަތާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  • ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުން ޑިޕަރޓްމަންޓުގެ ތެރޭގައި ކުރަންޖެހޭ ކަމަށް ބެލެވޭ އިމަރޖެންސީ ކަންތައްތަކާއި ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތަކާއި މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

 އިތުރު އިނާޔަތްތައް:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

 އިންޓަވިއުކުރުން:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

 މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް: 

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލްކަން ހުރި މިންވަރު

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި: 

16 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

 އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00އިން ހަވީރު 0015:އަށް) ގުޅާނީ، 3336725 ނަންބަރު ފޯނަށް

 15 ޖުމާދަލް އާޚިރު 1441

09 ފެބްރުއަރީ 2020

09 ފެބުރުވަރީ 2020
ހޯދާ