ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްފުރުޤާން މިސްކިތުގެ ބައެއް މަރާމާތުތައް ކުރުމާއިބެހޭ.

މިކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިރަށު މަސްޖިދުލްފުރުޤާން މިސްކިތުގައި އަންހެނުންނަށް ވަކިން ނަމާދުކުރެވޭގޮތް ހެދުމާއި އަދި މިސްކިތުގެ ބައެއް މަރާމާތު މަސައްކަތްތައް ކުރުމަށް ބޭނުންވާތީ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައިމިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

2020 ފެބުރުއަރީ 16 ވަނަ ދުވަހުގެ 13:45 ގައި

2020 ފެބުރުއަރީ 23 ވަނަ ދުވަހުގެ 13:45 ގައި

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ފެބުރުވަރީ 2020
ހޯދާ